Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ - ޔޫކްރެއިން ހަނގުރާމަ

ކެމިކަލް ހަތިޔާރު ބޭނުން ނުކުރުމަށް ނޭޓޯގެ ލީޑަރުން ރަޝިޔާއަށް އިންޒާރު ދީފި

ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އެކަން ވެގެންދާނީ، މިހާތަނަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކާއި، ކޮންވެންޝަންތަކާވެސް ޚިލާފު ކަމަކަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2022 | ހުކުރު 02:01
ރަޝިޔާގެ ބޮމުގެ ހަމަލާތަކުގައި ޔޫކްރެއިންގެ ސިޓީތައް ދަނީ ހަލާކުވަމުން

ރަޝިޔާގެ ބޮމުގެ ހަމަލާތަކުގައި ޔޫކްރެއިންގެ ސިޓީތައް ދަނީ ހަލާކުވަމުން

ރަޝިޔާ އާއި ޔޫކުރެއިން ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފިނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރު، ހުޅަނގާއި ނޭޓޯގެ ލީޑަރުން ރަޝިޔާއަށް ދީފިއެވެ.

ބްރަސަލްސްގައި ކުރިޔަށްދިޔަ ނޭޓޯގެ ލީޑަރުންގެ އިމަރޖެންސީ ބައްދަލުވުމުގައި ވަނީ، ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައެވެ. އަދި ނޭޓޯގެ ގައުމުތަކުގެ ރައްކާތެރިކަށް އިތުރުކުރުމަށާއި، ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިނުވެ، އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ލީޑަރުންވަނީ، ކެމިކަލް ހަތިޔާރު ބޭނުން ކޮށްފިނަމަ، ޕުޓިން ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނެފައެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވަނީ، ރަޝިއާއިން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބަލައި، ނޭޓޯގެ ގައުމުތަކުން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރާއި، ދިފާއީ ވަސީލަތްތައް އިތުރު ކުރަމުން ގެންދާ ކަމަށެވެ. ރަޝިޔާއިން ޔޫކުރެއިންގައި ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އެކަން ވެގެންދާނީ، މިހާތަނަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކާއި، ކޮންވެންޝަންތަކާވެސް ޚިލާފު ކަމަށާއި އެކަން ނުކުރުމަށް ލީޑަރުންވަނީ އިންޒާރު ދީފައެވެ.

ރަޝިއާޔުކްރެއިން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު