Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމަށް ބަދަލު ގެންނަން ޖެހޭ

މިޒަމާނުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެންނަން ޖެހޭ - މެމްބަރު ޝަރީފް

25 މާރިޗު 2022 | ހުކުރު 02:18

ފިލިޕީންސް އަދި ސްޕެއިން ފަދަ ޤައުމުތަކަކީ މިހާރު މާ ގިނަ މަސް ބާނާ ޤައުމުތައް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2022 | ހުކުރު 02:18
މަސް ބާނާ ގޮތަށް ބަދަލު ގެނެސްގެން ނޫނީ މަހަށް ހަމަ އަގު ލިބުން ދަތިކަމަށް މެމްބަރު ޝަރީފް ވިދާޅުވި

މަސް ބާނާ ގޮތަށް ބަދަލު ގެނެސްގެން ނޫނީ މަހަށް ހަމަ އަގު ލިބުން ދަތިކަމަށް މެމްބަރު ޝަރީފް ވިދާޅުވި

މި ޒަމާނުގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަމަށް އިންގިލާބީ ބަދަލެއްގެންނަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ، މަހަށް ހެޔޮ އަގު ލިބުން ނުވަތަ ހަމައަގު ލިބުން މިއީ އަބަދުވެސް މިހާރަކަށްއައިސް ކުރެވެމުންދާ ބަހުސެއް ކަމަށެވެ. ރާއްޖޭގެ މަހަށް ހަމައަގު ހޯދަން ބޭނުންނަމަ، މަސް ރައްކާކޮށްގެން، މަސް ދަމަހައްޓައިގެން، މަހުގެ އަގު ހޯދުމަށް ފުރުސަތު އޮތް ކަމަށް ޝަރީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދެމެހެއްޓޭނެ ގޮތަކަށް ނޫން މެނުވީ މަހުގެ އަގު ކަނޑައަޅައިގެން އުޅުމަކީ ސަރުކާރަށް އޮބިއޮންނާނެ ވަރު ކަމެއް ނޫން ކަމަށާއި، ޚަރަދު ކުޑަކޮށް މަސް ބޭނޭނީ މި ޒަމާނުގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްގެން ކަމުގައި ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ، ހަމައެކަނި ޕޯލް އެންޑް ލައިނުން ބާނާ މަހަކުން އެކަށީގެންވާ އަގެއް މަހަށް ނުލިބޭނެ ކަމަށެވެ.

މަހަކީ ސީޒަނަލް އެއްޗަކަށް ވާތީ، ލޯ ސީޒަނުގައި މަހުގެ އަގު މައްޗަށް ދާނެ ކަމަށާއި، އެ ހިސާބަށް މަސް ރައްކާތެރިކުރެވޭނެ ޚަރަދު ކުޑަ ގޮތްތައް ހޯދައިގެން ނޫނީ، ހޯދަން އުޅޭ ހަމަ އަގު ހޯދުމަކީ ވެސް އަދި އެ އަގު ފޯރުކޮށްދިނުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މިހާ ގިނަ ދުވަހު މަސްވެރި ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް މި ހުރިހާ ކަމަކަށް ކުރަންޖެހޭ އިންވެސްޓްމަންޓް އަދިވެސް ވަރަށް ބޮޑު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ ޚަރަދުގައި ހުވަދޫ އަތޮޅުގައި މިހާރު ހުރި ފެކްޓަރީގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރިއަށްދާއިރު އެފަދަ ސްޓޯރޭޖު ކެޕޭސިޓީތައް އިތުރުކުރެވި މަސް ބަންދުކުރެވޭނެ ގޮތް ވެގެން ނޫނީ މާކެޓް މައްޗަށް ދާ ވަގުތު ހަމަ އަގު ނުލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ފެލިވަރު ޕްލާންޓުގައި ވެސް އިތުރު އިންވެސްޓުކޮށް މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސް ބަންދު ކުރުމުގެ މަސައްކަތް ނުކުރާނަމަ ފައިދާއެއް ނުކުރާނެ ކަމަށެވެ.

ފިލިޕީންސް އަދި ސްޕެއިން ފަދަ ޤައުމުތަކަކީ މިހާރު މާގިނަ މަސް ބާނާ ޤައުމުތައް ކަމަށާއި ކުރީގައި ހިކިމަސް ރާއްޖެއިން އެތެރެކުރާ ސްރީލަންކާއަކީ، އެއްގޮތަކަށްވެސް މަސް ނުބާނާ ޤައުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ސްރީލަންކާއިން ވެސް މިދިޔަ އަހަރު ބޭނި މަސް ދިވެހިރާއްޖެއަށް ވުރެ 15000 ޓަނު އިތުރުކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ދުނިޔޭގެ މާކެޓަށް އަންނަ ބަދަލު ދިރާސާކޮށް މަސް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމަސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް