Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ- ބަންގްލަދޭޝް މެޗު

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މިރޭ ނުކުޅެވޭނެ

24 މާރިޗު 2022 | ބުރާސްފަތި 09:16

ހަމްޒާ ހުރީ އަނިޔާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 މާރިޗު 2022 | ބުރާސްފަތި 09:16
ހަމްޒާ މުޙައްމަދު ޤައުމީ ޓީމްގެ ޕްރެކްޓިސްގައި

ހަމްޒާ މުޙައްމަދު ޤައުމީ ޓީމްގެ ޕްރެކްޓިސްގައި

މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް މިރޭ ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުޅެވޭނެއެވެ.

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ ގަލޮޅު ދަނޑުގައި ބަނގްލަދޭޝް އާއި ވާދަކުރާއިރު ހަމްޕުއަށް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ. އޭނާއަށް އަނިޔާވީ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ކުޅުނު ފަހު މެޗުގައި ވެލެންސިޔާއާ އަތުން މޮޅުވި މެޗުގައެވެ. އެމެޗުގައި ހަމްޕު ވަނީ ބަދަލުކޮށްފައެވެ.

އަނިޔާގައި ހުރި ނަމަވެސް ބަންގްލަދޭޝް މެޗަށް ނެގި ސްކޮޑްގައި ކޯޗު މޮރިއޭރޯ ވަނީ ހަމްޕު ހިމަނާފައެވެ. ކޯޗު ބުނީ މުޅިން ފިޓްނޫން ހަ ކުޅުންތެރިން ސްކޮޑްގައި ހިމަނާފައިވާކަމަށެވެ. އޭގެތެރެއިން ކުޅެވޭނެ ކުޅުންތެރިން ކަނޑައަޅާނީ ފަހު ޕްރެކްޓިސްއަށްފަހު ކަމަށް ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުންޏެވެ. އެކަމަކު ހަމްޕު މިއަދު ވަނީ އޭނާއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަމަށް ބުނެފައެވެ.

ހަމްޕުއަކީ މިދިޔަ ތިން އަހަރަށް ބަލާ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އޭނާއާ ވާދަކުރި އަލީ ފާސިރު (ސެންޓޭ) ވެސް ހުރީ އަނިޔާގައެވެ. އެކަމަކު ސެންޓޭއަށްވެސް ސްކޮޑުން ވަނީ ފުރުޞަތު ދީފައެވެ. ސެންޓޭއަށް އަނިޔާވީ ޕްރެޒިޑެންޓް ކަޕް ފައިނަލްގައި މާޒިޔާ އަތުން ވެލެންސިޔާ މޮޅުވި މެޗުގައެވެ. މިދެކުޅުންތެރިންގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާޤު ސްކޮޑްގައިވެސް ނުހިމަނައެވެ. އޭނާ ސީޒަން ހުޅުވަން ކުޅުނު މެޗުން ފެނުނު ނަމަވެސް, އޭގެ ފަހުން ޕްރެޒިޑެންޓްކަޕާއި, ލީގުގެ ފުރަތަމަ ބުރުންވެސް ނުފެނެއެވެ.

ކޯޗު މޮރިއޭރޯ ބުނީ ޒުވާން ކުޅުންތެރިންތަކަކަށް ބަންގްލަދޭޝް މެޗުގައި ފުރުޞަތު ދޭނެކަމަށެވެ. ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެއިން އެންމެ ފަހުން ކުޅުނު މެޗުގައި މިދިޔަ އަހަރު ވަނީ ބަލިވެފައެވެ. އެކަމަކު އޭގެކުރިން ވާދަކުރި ހަތަރު މެޗުންވެސް ރާއްޖެ މޮޅުވިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ހަމްޒާ މުޙައްމަދު (ހަމްޕު)

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް