Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރާއި މަޖިލީހުގެ ކޯޅުން

ހަޑިހުތުރު ބަހުން ކޮށްފައިވާ ޓްވީޓުތަކަކީ އެކައުންޓް ހެކް ކޮށްގެން ބަޔަކު ކުރި ޓްވީޓުތަކެއް: އަލީ ޒާހިރު

މަޖިލީހުގެ ޖަލްސާތަކުންވެސް ވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކުލަވަރު ފެނިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 08:10
އަލީ ޒާހިރު

އަލީ ޒާހިރު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓަރ އެކައުންޓް ހެކް ކޮށްފައިވާ ކަމަށާއި، މިހާރު އެކައުންޓް އަނބުރާ ހޯދިފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝައްމޫނު ޖަލީލް (ލޫކަސް ޖަލީލް) ސަރުކާރުގެ ވަޒީރަކަށް ފާޑުކިޔައި ކޮށްފައިވާ ޓްވީޓަކަށް އަލީ ޒާހިރުގެ އެކައުންޓުން ވަނީ ރައްދު ދީ، ހަޑިހުތުރު ބަސް ބޭނުން ކޮށްފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ އެކި ފަރާތްތަކުން ގެންދަނީ އަލީ ޒާހިރަށް ފާޑު ކިޔަމުންނެވެ.

މިކަމާއި ގުޅޭގޮތުން އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ އެކައުންޓް ހެކްކޮށް، ސައްޙަ ނޫން ޓްވީޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެކައުންޓް އަނބުރާ ލިބިވަޑައިގެންފައިވާ ކަމަށާއި، އެކައުންޓުގެ އިތުރު ސެކިއުރިޓީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު އޭނާ ވަނީ ފުލުހުންނަށްވެސް ހުށައަޅުއްވާފައެވެ.

އަލީ ޒާހިރު ވިދާޅުވާ ގޮތުގައި މިއީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބުތަކުގައި އޭނާގެ ދައުރެއްވާކަން ދައްކައި، ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެކެވެ.

ކުރިޔަށް އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެވެ. އެމްޑީޕީގެ ޗެއާޕާރސަންގެ މަޤާމަށް އެއްކޮޅުން ރައީސް ސޯލިހުގެ އެންމެ އަރިސް އެއް މިނިސްޓަރު ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވާއިރު، އަނެއްކޮޅުން އެމަޤާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. 

އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އުފެދި، ސަރުކާރާއި މަޖިލީހުގެ ބައެއް މެމްބަރުންގެ ކޯޅުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުންވެސް ވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކުލަވަރު ފެނިފައެވެ. މިދިޔަ އަހަރު ކުރިޔަށްދިޔަ ޖަލްސާތަކުގައި ބައެއް ޖަލްސާތައް ހޫނުވެގެން ދިޔައީ އެމްޑީޕީގެ މެމްބަރަކު އަނެއް މެމްބަރަކަށް ދެއްވަމުންގެންދެވި ބަހުގެ ހޫނު ހަމަލާތަކުންނެވެ.

އަލީ ޒާހިރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު