Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫން މީހުން ބޭލި ހާދިސާ

ތިނަދޫ އިން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިޔަރިންގ ތައް ހޮނިހިރު ދުވަހު ފަށަނީ

ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 މާރިޗު 2022 | ހޮނިހިރު 03:53
ގދ. ތިނަދޫ

ގދ. ތިނަދޫ

ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ އާއި ގުޅިގެން ބާއްވާ ޕަބްލިކް ހިޔަރިންގ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެފިއެވެ.

ޕަބްލިކް ހިޔަރިންގ ގައި ދޭ ބަޔާންތައް އަޑުއެހުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. ޕަބްލިކް ހިޔަރިންގ އޮންނާނީ މަރޗް 19އިން 22އަށް އެމް.އެން.ޔޫ ގދ ތިނަދޫ ކެމްޕަހުގައެވެ. ޕަބްލިކް ހިޔަރިންގ އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 9:00ން 12:00އަށް އަދި މެންދުރު 14:30ން 18:00އަށެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން މާލޭގައި ބާއްވާ ޕަބްލިކް ހިޔަރިންގ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޮމްބަޑްސްޕަރސަން ޖިހާދާ އަނީސް ވިދާޅުވީ، ޕަބްލިކް ހިއަރިންގ ގެ ދަށުން ހޯދާ މައުލޫމާތުތަކަށްފަހު އެ އޮފީހުން މައްސަލައިގެ ތަހުގީގާއި ގުޅޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ތަހުގީގުން ހޯދޭ މައުލޫމާތުތަކުގެ އަލީގައި މައްސަލައިގެ ހޯދުންތައް ފާހަގަކޮށް ނިންމުމަކާއި ހަމައަށް ދިއުމުން، މި މައްސަލަތަކާއި ގުޅޭ ދިރާސާތަކެއްވެސް ހައްދަވާނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އެއަށްފަހު މުޅި މައްސަލައިގެ ހޯދުންތަކުގެ މައްޗަށް ރިޕޯޓު އެކުލަވާލައި، އޮންނަ އުސޫލުގެ ތެރެއިން އާންމު ކުރައްވާނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އެގޮތުން ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސްދުވަހުގެ ތެރޭގައި ރިޕޯޓު އާންމުކުރާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

ޖިހާދާ ވިދާޅުވީ، ތަހުގީގުތަކުގެ އަލީގައި ހޯދާ ހޯދުންތަކަށްފަހު، އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އެ އޮފީހުން ކަމާގުޅުންހުރި އިދާރާތަކަށް ރެކޮމެންޑޭޝަންތައް ދޭނެ ކަމަށެވެ. އެ ރެކޮމެންޑޭޝަންތައް މައްސަލައިގެ ރިޕޯޓުގައިވެސް ހިމަނުއްވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް

06 މެއި 2017
ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް
06 މެއި 2017

ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި

06 މެއި 2017
ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި
16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު