Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަސް މާރުކޭޓް ތަރައްގީކުރުން

މާލޭގެ މަސްމާރުކޭޓު ތަރައްގީ ކުރަމުންދާއިރު، ބޮޑެތި ބަދަލުތަކެއް މިހާރު ގެނެވިފައިވޭ: ކައުންސިލް

18 މާރިޗު 2022 | ހުކުރު 07:06

ކުދިމަހަށް ޚާއްސަކޮށް 10 އަށްޓެއް އަލުން ރޭނުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2022 | ހުކުރު 07:06
މާލޭގެ މަސްމާރުކޭޓު

މާލޭގެ މަސްމާރުކޭޓު

މާލޭގެ މަސްމާރުކޭޓު ތަރައްގީ ކުރަމުންދާއިރު، ބޮޑެތި ބަދަލުތަކެއް މިހާރު ގެނެވިފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މަސްމާރުކޭޓު މަރާމާތު ނުކޮށް އޮންނަތާ އެތައް އަހަރެއް ފަހުން މާލެ ސިޓީ ކައުންސިލުން ދަނީ އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްމާރުކޭޓަށް ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި މަސްއަށިތައް ތަޅައި އަލުން ރާނައި އަށީގެ އެތެރެ ފައިބަރުކޮށް ބޭރުގައި މުށިޖެހުމާއި، ކުދިމަހަށް ޚާއްސަކޮށް 10 އަށްޓެއް އަލުން ރޭނުމާއި، ހުރިހާ އަށްޓެއްގައި ނަންބަރު ޖެހުމާއި، ތަނބުތައް މަރާމާތުކޮށް ފައިބަރުކުރުން ހިމެނޭ ކަމަށެވެ. އަދި މަސްވިއްކާ ސަރަހައްދުގެ ދެބައިކުޅަ އެއްބައިގައި މިހާރު ވަނީ ކުލަވެސް ލެވިފައެވެ. މަސްމާރުކޭޓަށް ކަރަންޓު ވަޔަރު އަލުން އަޅައި ލެޑް ލައިޓް ހަރުކުރުމާއި، މާރުކޭޓުގެ ފެންޑާގައި މުށި ޖެހުން ވެސް ނިމިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މަސް މާރުކޭޓަކީ މާލޭގެ ރައްޔިތުން ވަރަށް ގިނައިން ބޭނުންކުރާ ތަނަކަށް ވުމުން އެތަން ވީހާވެސް ރަގަޅަށް ބަލަހައްޓައި ތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެތަން މަރަމާތު ކުރަމުންދަނީ ދާއިމީ މާރުކޭޓު އެޅެންދެން ވެސް މިހާރު ބޭނުންކުރަމުންދާ މަސްމާރުކޭޓުގެ ފެންވަރު ރަގަޅުކޮށް އާންމުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތަށް ހެދުމަށެވެ.

މަސްމާރުކޭޓު މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާއިރު ޒަމާނީ މަސްމާރުކޭޓެއް އެޅުމަކީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމެކެވެ. އެކަމާއި ގުޅޭގޮތުން މޭޔަރު ވިދާޅުވެފައިވަނީ އެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުގެ ވިސްނުމަކީ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެއްފުރާޅެއްގެ ދަށަށް ގެނެސް، ޒަމާނީ ރީތި އިމާރާތެއްގެ ތެރެއިން ރައްޔިތުންނަށް އެ ޚިދުމަތްތައް ލިބޭނެ ގޮތް ފަހިކުރުމެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2018

ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރެޑްވޭވް އަހަރީ ބާޒާރު 2018 ފަށައިފި

27 ނޮވެމްބަރު 2018
ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރެޑްވޭވް އަހަރީ ބާޒާރު 2018 ފަށައިފި
25 ނޮވެމްބަރު 2018

ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް

25 ނޮވެމްބަރު 2018
ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް
19 އޯގަސްޓު 2018

ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން

19 އޯގަސްޓު 2018
ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން
16 މެއި 2018

ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ

16 މެއި 2018
ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ
07 އެޕްރީލު 2018

ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ

07 އެޕްރީލު 2018
ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ
30 މާރިޗު 2018

ކެތޭ ޕެސިފިކްގެ ކެބިން ކްރޫ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ!

30 މާރިޗު 2018
ކެތޭ ޕެސިފިކްގެ ކެބިން ކްރޫ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ!
12 ޖެނުއަރީ 2018

ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

12 ޖެނުއަރީ 2018
ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި
05 ޖުލައި 2017

ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
24 އެޕްރީލު 2017

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް