Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝީރީންގެ މަރު

ސުޕްރީމް ކޯޓުންވެސް ނިންމީ ޝީރީންގެ މަރުގެ މައްސަލަ ނަޖާހުގެ މައްޗަށް ސާބިތުވާކަމަށް

ނަޖާހު 12 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ 2020 ވަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މާރިޗު 2022 | ބުރާސްފަތި 08:18
ޝީރީން އަދި ނަޖާހު: ޝީރީން މަރުގެ މައްސަލާގައި ނަޖާހުގެ މައްޗަށް ހައިކޯޓުން ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

ޝީރީން އަދި ނަޖާހު: ޝީރީން މަރުގެ މައްސަލާގައި ނަޖާހުގެ މައްޗަށް ހައިކޯޓުން ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

މީގެ 13 އަހަރު ކުރިން، މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ގަން، ތުޑިވިލާ، މުހައްމަދު ނަޖާހު، 12 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.

މީގެ 13 އަހަރު ކުރިން ހިނގި މި ލާއިންސާނީ އަމަލުގެ ސަބަބުން ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނަޖާހުއެވެ.

Advertisement - newsAdvertisement

ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މިމައްސަލާގައި ހުށަހެޅިފައިވާ ޤަޠުޢީ ޤަރީނާތަކުން ޤަތުލު ޝުބުހު ޢަމުދުގެ ކުށް (ޤަޞްދުމަރާއި ވައްތަރުގެ މަރު) ޝަރީއަތަށް ސާބިތު ވާކަމަށް ކަނޑައަޅައި، މިކުށުގެ ތައުޒީރީ ޢުޤޫބާތެއްގެ ގޮތުން، ނަޖާހު 12 އަހަރަށް ޖަލަށްލުމަށާއި، ޝީރީންގެ ވާރިޘުންގެ ފަރާތުން މަރުގެ ދިޔަ މަޢާފް ނުކުރާހާ ހިނދަކު، ޝިރީންގެ މަރުގެ ދިޔައަކީ ނަޖާހުގެ ޢާޤިލާއިން ނުވަތަ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބިގަތުމަށް ޝިރީންގެ ވާރިޘުންނަށް ދަށު ކޯޓުގައި ދައުވާ ކުރުމުގެ ހައްޤު އެބައޮތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ނަޖާހުގެ ފަރާތުން ހުށައެޅި ނުކުތާތަކަށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ޝުބުހު ޢަމުދުގެ ކުށް ސާބިތުވާވަރަށް ހެކި ލިބިފައިވާކަމަށް ހައިކޯޓުން ނިންމާފައިވާއިރު، އެގޮތަށް ކަނޑައަޅާފައިވަނީ ހަމައެކަނި ޤަރީނާތަކުގެ މައްޗަށް ބިނާކޮށްކަން ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަ ކުރެއްވިއެވެ. އެ ޙާލަތުގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމަށް ބަލާއިރު، އެއީ ވަރުގަދަ ޤަރީނާތަކަަކަށް ވާން ޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޤަރީނާގެ މައްޗަށް ކުށް ސާބިތު ކުރާނަމަ، ހެކީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވުން ފަދަ ޝަރުތުތަކާއި، ވަށައިގެންވާ ކަންކަމުގެ ޖުމުލަ ނަތީޖާވެސް ދައުވާ ސާބިތުވުމާ އެއްކީލިވާން ޖެހޭނެކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ ހެކިތަކަށް ބަލާއިރު، ނަޖާހު ޝީރީންއަށް ގެވެށި އަނިޔާ ކޮށްފައިވާކަމަށް ޝީރީން ވަނީ އޭނާގެ ގާތް މީހުން ގާތުގައި ބުނެފައެވެ. އެ މަންޒަރު ބައެއް މީހުންނަށް ފެނިފައިވެސް ވެއެވެ. އަދިއެތައް ފަހަރަކު މަރުގެ އިންޒާރު ދީފައިވާކަމަށްވެސް ހެކިވެރިން ހެކިބަސް ދީފައިވެއެވެ.

ބައެއް ހެކިވެރިން ވަނީ ޝީރީންއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ މަންޒަރުތަކެއް ފެނިފައިވާކަމަށް ބުނެފައެވެ. އެގޮތުންއޭނާ ބަރަހަނާކޮށް އަނިޔާ ކޮށްފައިވާކަމަށްވެސް ހެކިވެރިން ވަނީ ހެކިބަސް ދީފައެވެ. އަދި އަނިޔާ ކުރެވުނީ ޝީރީން އޭނާ ގާތުން ދުރަށް ދާން އުޅޭތީ ކަމަށް ނަޖާހު މީހެއް ގާތުގައި ބުނެފައިވާކަންވެސް އެ ހެކިވެރިން ފާހަގަ ކުރެއެވެ. އެއީ ހައްތަހާވެސް މީހަކު މަރުވެދާނެފަދަ އަނިޔާތަކެއްކަމަށް ހެކިވެރިންގެ ހެކިބަހުން ދޭހަވާކަމަށް ހައިކޯޓުގެ ޙުކުމުގައިވެސް ފާހަގަ ކޮށްފައިވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުވެސް ވިދާޅުވީ، ޝީރީންގެ މަރުގެ ޙާދިސާއާ ގުޅޭ ވާހަކަތަކާއި ގުޅޭގޮތުން ނަޖާހުދޮގު ހަދާފައިވާކަން ސާބިތުވާކަމަށެވެ.އެއްވެސް ވާޤިއާއަކުން ނަޖާހުގެ މައުސޫމުކަން ސާބިތުނުވާކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ނަޖާހުގެ ފަރާތުން ހުށައެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރީ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ދައުވާ ނުކުރާ ކުށެއް ކަމަށްވާ ޝުބުހު ޢަމުދުގެ ކުށަށް ކަމަށެވެ. ނަމަވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ އެ ކުށް ކުރަން އުޅުނުކަން ނުވަތަ އެހީތެރިވިކަމަށް އެކަށީގެންވާ ހެކި ހުރިނަމަ، އެ ކުށުގެ އަމަލުން ފުރިހަމަވާ އަނެއް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމަށެވެ.

ނަޖާހުގެ ފަރާތުން ހުށައެޅި 3 ވަނަ ނުކުތާގައި ބުނެފައިވަނީ ފަހުން ވުޖޫދުވި ޤާނޫނެއްގެ މައްޗަށް އޭނާގެ މައްޗަށް އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ނަޖާހުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅެން ނެތްކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ވުމާއެކު، މި މައްސަލައިގައި ހައިކޯޓުން ކުރި ޙުކުމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވާފައެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ.

ޝީރީންގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ތިންދުވަސްވީ ފަހުންނެވެ. އޭނާ ގެއްލުމާއި ހަމައަށްވެސް އުޅެމުންދިޔައީ ނަޖާހުއާއެކު އެއްތަނެއްގައިކަމަށް ބުނެ މި މައްސަލައިގަ ބައެއް މީހުން ހެކިބަސްވެސް ދީފައިވެއެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ޝީރީން މަރާލުމަށްފަހު ފޮއްޓަކަށް ލައިިގެން ކާރެއްގައި ނަޖާހު ގެންގޮސް އެއްލާލިކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެ ފޮށި ހިފައިގެން ނަޖާހު މަގުމަތިން ފެންނަ ވީޑިއޯވެސް ފުލުހުން ވަނީ ދައްކާފައެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވަނީ، 2009 ވަނަ އަަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. ދައުލަތުން ނަޖާހުގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް، އޭރު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ، މ. އަންގާގިރީގައި ހުރި ކުނިތަކެއްގެ ތެރެއަށް އެފޮށިލުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު