Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުލޫފުގެ މައްސަލަ

މަހުލޫފުގެ މައްސަލައިގެ އިސްތިއުނާފް: މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅޭ ގިނަ ސުވާލުތަކެއް

ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު ހުށައެޅީ އެއް ނުކުތާގެ މައްޗަށް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މާރިޗު 2022 | ބުރާސްފަތި 07:04
މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހު

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލުކުރުމާއި ގުޅިގެން، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގައި ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށްފަހުގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހުއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ޙުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 6 މާރޗުގައެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންދިޔައީ 13 މާރޗު 2022 ގައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާ ހުށައަޅައި، އެ ނުކުތާއަށް ދެފަރާތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ދައުލަތުގެ އިސްތިއުނާފީ ނުކުތާއަކީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަށް ކްރިމިނަލް ކޯޓުން ނިންމުމެވެ. އެގޮތުން ދައުލަތުން ހުށައެޅި ވަކިވަކި ހެކިތައް ވަޒަން ކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އެ ހެކިތަކުން ނުކުންނާނެ ނަތީޖާ ބަޔާން ކުރައްވައި، މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވިކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މަހުލޫފުގެ ފަރާތުން އިސްތިއުނާފަށް ޖަވާބުދެއްވަމުން އޭނާގެ ވަކީލާ ވިދާޅުވީ، މައްސަލަ ބެއްލެވި ގާޒީ ބެއްލެވީ ކުށުގެ އުންސުރުތަކާއި، އެ ހެކިތަކުން އުންސުރުތައް ސާބިތުވޭތޯކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި، މުޅި މައްސަލައިގައި ގާޒީގެ ވިސްނުންފުޅު ހުރި ގޮތުން ފެނިގެންދާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުން:

މި މައްސަލައިގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމަކީ އިސްތިއުނާފާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައި ހައިކޯޓުން ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި، ފަނޑިޔާރު އަލީ ސަމީރުއެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް އެދިލައްވާފައެވެ.

އޭގެ އިތުރުން، ޝަރީއަތުން ވަނީ ދައުލަތުން ހުށައަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަންކަންވެސް މި އަޑުއެހުމުގައި ސާފު ކުރައްވާފައެވެ. އެ ރިޕޯޓަކީ މަހުލޫފާއި އަހުމަދު އަދީބާމެދު ވެފައިވާ ޗެޓްލޮގްތަކަކާއި ގުޅޭ ރިޕޯޓެކެވެ.

އެ ޗެޓްލޮގްތަކާއި ގުޅޭގޮތުން ދަށު ކޯޓުގެ މަރުޙަލާފައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އަދީބާއި މަހުލޫފާ ދެމެދު ފޮނުވާފައިވާ މެސެޖުތަކަށް ބަލާއިރުވެސް އަދީބުގެ ހެކިބަހަށް ބާރު ލިބިދޭ ކަންކަން ހުރި ކަމަށެވެ. އެގޮތުން "ޕްލީޒް އެރޭންޖް އިޓް އޮން ސަންޑޭ" އޭ ވިދާޅުވެ މަހުލޫފުގެ ފަރާތުން މެސެޖެއް ކޮށްފައިވާއިރު، އެ ވިދާޅުވި ތާރީޚުގައި ޗެކް ޖަމާވެފައިވާކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

އަދި ޗެކް ޖަމާވުމާއެކު މަހުލޫފުގެ ފަރާތުން "ތެންކްސް ބްރޯ" އޭ ބަޔާންކުރައްވައި މެސެޖެއް ފޮނުވާފައިވާއިރު، މިއީ ހައްތަހާވެސް އަދީބުގެ ބަޔާނަށް ބާރު ލިބިދޭ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވާ އަޑުއެހުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު