Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުތުފަރުގެ މަރުގެ މައްސަަލަ

ލުތުފަރުގެ މަރު: ޝަރީއަތުގެ މަރުޙަލާ ފެށުން މާރޗު 28 ގައި

17 މާރިޗު 2022 | ބުރާސްފަތި 05:51

ލުތުފަރަކީ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2022 | ބުރާސްފަތި 05:51
ލުތުފަރު މަރާލި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަލަމިން އާއި ނޫރުލްއިސްލާމް

ލުތުފަރު މަރާލި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަލަމިން އާއި ނޫރުލްއިސްލާމް

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

Advertisement - newsAdvertisement

ލުތުފަރު މަރާލި މައްސަލައިގައި ބުރާސްފަތި ދުވަހު ތާވަލު ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަލަމިން އާއި ނޫރުލްއިސްލާމްގެ މައްޗަށެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ތާވަލު ކޮށްފައިވަނީ 10 މާރޗު 2022 ގައެވެ. ނަމަވެސް އެމީހުންގެ އައު ވަކީލުންނަށް ލިޔެކިޔުންތައް ލިބިފައިނުވާތީ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި މައްސަލައިގައި އިބްތިދާއީ މަރުޙަލާ މިހާރު ވަނީ ނިމިފައެވެ. އަދި ކުރިއަށް އޮތީ ޝަރީއަތް ފެށުމާއި ހެކިބަސް ނެގުމެވެ.

އެ މީހުންގެ މައްޗަށް އިއްވި ދައުވާގައި ބުނެފައިވަނީ، އަލަމިނާއި އިތުރު ދެމީހަކާއެކު 21 އޭޕްރީލް 2019 ވަނަ ދުވަހު 21:30 އެހާކަންހާއިރު، އެމީހުން މަސައްކަތްކުރާ ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ލުތުފަރު ރަހްމާނު މަރާލުމަށްފަހު ށ. ޅައިމަގު ބަނދަރާއި ދިމާލު ބޭރުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރު ހިސާބަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތާފައިވާކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި މި މައްސަލައިގެ ދިފާއީ ވަކީލުން ވިދާޅުވީ، މައްސަލައިގެ ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށާއި، ލިޔެކިޔުންތައް ބޭނުންވާ ކަމަށެވެ. ލިޔެކިޔުންތައް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ނޫރުލްއިސްލާމްގެ ވަކީލުވެސް ވަނީ މި މައްސަލަ ގޮސްފައިވާ ހިސާބު ސާފުކުރުމަށް ބޭނުންވާ ކަމާއި، ލިޔެކިޔުންތައް ބޭނުންވާކަން ފާހަގަ ކޮށްފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ ލިޔެކިޔުންތައް ހަމަ ކުރުމަށް ފުރުސަތެއް ދެއްވުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

ގާޒީ ވަނީ މިހިނގާ މާރޗު މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 14:00ށް އަޑުއެހުމެއް ތާވަލު ކުރައްވާފައެވެ. އެ ދުވަހު އޮންނާނީ ޝަރީއަތް ފަށައި، ހެކިންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ވަނީ 14 ޝަފަވީ ހެއްކެއް ހުށައަޅާފައެވެ.

ލުތުފަރު މަރާލިކަމަށް އެމީހުން އިއުތިރާފްވެފައިވަނީ، މި މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގައެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހުޤީޤްގެ ތަފްސީލްތައް ހާމަކުރުމަށް އިސްކަންދަރުކޮށީގައި 16 މެއި 2016 ވަނަ ދުވަހު ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް އެމީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށެވެ.

އަދި ބޯޓު ތެރޭގައި ޖިިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ތިން ބިދޭސީއަކު ވެގެން ލުތުފަރުގެ ނޭވާ ހާސްކޮށް މަރާލީކަމުގައި ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް