Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޕުޓިންއަކީ 'ވޯރ ކްރިމިނަލް' އެއް، އޭނާގެ ކުށްތައް އައިސީސީން ބަލަން ޖެހޭ: އެމެރިކާގެ ސެނެޓް

16 މާރިޗު 2022 | ބުދަ 07:37

ޕުޓިންގެ ކުށްތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 މާރިޗު 2022 | ބުދަ 07:37
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަކީ 'ވޯރ ކްރިމިނަލް' އެއްކަމަށް ކަނޑައަޅައި އޭނާގެ ކުށްތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ބަލައި ފިޔަވަޅުއަޅަން ޖެހޭނެ ކަމަށް އެމެރިކާގެ ސެނެޓުން ފުރިހަމަ އަގުލަބިއްޔަތާއެކު އެއްބަސްވެއްޖެއެވެ.

ރިޕަބްލިކަންސް އާއި ޑިމޮކްރަޓުންގެ މެދުގައި ހިޔާލުތަފާތުކަން ބޮޑު އެމެރިކާގެ ސެނެޓުގެ ފުރިހަމަ އަގުލަބިއްޔަތު މިކަމަށް ލިބިފައިވާއިރު، މި މައްސަލަ ސެނެޓުގެ ތަޅުމަށް ހުށަހަޅުއްވާފައި ވަނީ ރިޕަބްލިކަން ސެނެޓަރ ލިންޑްސީ ގްރަހަމްއެވެ. މި މައްސަލައަށް ސެނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ ތާއިދު ލިބިވަޑައިގަންނަވާފައިވާއިރު، އެ މެމްބަރުންވަނީ އައިސީސީގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް ޕުޓިންއާއި ރަޝިއާގެ އަމަލުތައް ކުށްވެރިކޮށް އެކަންތައް ތަހުގީގުކުރުމަށް ގޮވާލަން ބާރުއަޅުއްވާފައެވެ.

ސެނެޓުގެ މެޖޯރިޓީ ލީޑަރު، ޗަކް ޝުމަރ ވަނީ ޔޫކްރެއިނަށް ހަމަލާދީ އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންމިދާ އަމަލުތަކުން ވްލެޑްމިއަރ ޕުޓިން އަށް ސަލަމާތް ނުވެވޭނެ ކަމަށް ޑިމޮކްރަޓުން އަދި ރިޕަބްލިކަންސް ގުޅިގެން އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސެނަޓަށް ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ މައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ.

ސެނެޓުގައި ހިމެނޭ ހަމައެކަނި ޔޫކްރެއިން-އެމެރިކަން ކޮންގްރެސް މެމްބަރު ވިކްޓޯރިއަރ ސްޕަރޓްޒް ވަނީ ޔޫކްރެއިނަށް އެންމެ ރަނގަޅަށް އެހީތެރިވެވޭނެ ގޮތްތަކާމެދު މަޝްވަރާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި އެގައުމަށް އެހީވުމަށް އަސްކަރީ އަދި އިންސާނީ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އިތުރުން ކެނެޑާއިންވެސް ވަނީ ރަޝިއާގެ މި އަމަލުތައް ކުށްވެރިކޮށް މިމައްސަލަ އައިސީސީއަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ޕުޓިންގެ އަމަލުތައް ކުށްވެރިކޮށް އެއީ ވޯރ ކްރައިމްސްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރަޝިއާއިން ބުނަމުން އަންނަނީ އެގައުމުން ޔޫކްރެއިންގައި ހިންގަމުން ދަނީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ. މިއީ ޔޫކްރެއިން 'ޑިމިލިޓަރައިޒް' އަދި 'ޑިނާޒިފައި' ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ރަޝިއާއިން ބުނެއެވެ. އަދި ޔޫކްރެއިނަކީ އަމިއްލަ މިނިވަންކަމެއް ނެތް އެމެރިކާގެ 'ޕަޕެޓެއް' ކަމަށްވެސް ރަޝިއާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައި ވަނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. އެގައުމުގެ އަސްކަރިއްޔާގެ އަމާޒު ހުރީ ޔޫކްރެއިންގެ ވެރިރަށް ކިއެވް ހިފުމަށެވެ. ރަޝިއާގެ އަސްކަރިއްޔާއިން މިހާރު ދަނީ ކިއެވްއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މިއީ 1945 ގެ ފަހުން ޔޫރަޕުގައި މިފަދަ ހަނގުރާމައެއް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 މާރިޗު 2019

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ފިިލިޕީންސް ވަކިވެއްޖެ

18 މާރިޗު 2019
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ފިިލިޕީންސް ވަކިވެއްޖެ
20 ފެބުރުއަރީ 2019

ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި

20 ފެބުރުއަރީ 2019
ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
22 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލުމަށް ފަހު އޭނާގެ ހެދުމުގައި މީހަކު ހިނގާފައިވާ ކަމަށް ތުރުކީގެ މަސްދަރުތަކުން ބުނެފި

22 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލުމަށް ފަހު އޭނާގެ ހެދުމުގައި މީހަކު ހިނގާފައިވާ ކަމަށް ތުރުކީގެ މަސްދަރުތަކުން ބުނެފި
17 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!

17 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!
03 ޖޫން 2018

ރަޒާންގެ ޖަނާޒާއަށް އޭނާގެ ބައްޕަ ދިޔައީ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން!

03 ޖޫން 2018
ރަޒާންގެ ޖަނާޒާއަށް އޭނާގެ ބައްޕަ ދިޔައީ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން!
03 މެއި 2018

ޓްވިޓަރ ޕާސްވޯރޑްތައް ފެންނަގޮތްވުމުން ޕާސްވޯރޑްތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފި

03 މެއި 2018
ޓްވިޓަރ ޕާސްވޯރޑްތައް ފެންނަގޮތްވުމުން ޕާސްވޯރޑްތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފި
29 މާރިޗު 2018

މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ: ރިޕޯޓް

29 މާރިޗު 2018
މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ: ރިޕޯޓް
30 އޮކްޓޯބަރު 2017

ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި

30 އޮކްޓޯބަރު 2017
ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި
20 އޮކްޓޯބަރު 2017

ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި

20 އޮކްޓޯބަރު 2017
ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި
26 އެޕްރީލު 2017

ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!

26 އެޕްރީލު 2017
ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް