Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ޕީޕަލްސް ޗޮއިސް

ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަސްމީކޮށް ހުޅުވައިފި

15 މާރިޗު 2022 | އަންގާރަ 18:57

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އެއް ފުރާޅެއްގެ ދަށުން ފަސެހައިން ވިޔަފާރިކޮށްލެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 މާރިޗު 2022 | އަންގާރަ 18:57
އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަސްމީކޮށް ހުޅުވުން

އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަސްމީކޮށް ހުޅުވުން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސް ފިހާރަ ރަސްމީކޮށް ހުޅުވައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގިނަ ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވާފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރު މީގެ ކުރިންވެސް ހުރި އިމާރާތުގައެވެ. މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން، ހޯމް އިމްޕްރޫވްމެންޓުގައި ވިއްކާ އިލެކްޓްރޯނިކް ސާމާނާއި، ސުޕަރމާޓުން ލިބެން ހުންނަ ތަކެތި އެއް ފުރާޅެއްގެ ދަށުން ލިބޭނެއެވެ. އަދި އެއް ފުރާޅެއްގެ ދަށުން ވިޔަފާރި ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ޕީޕަލްސް ޗޮއިސްގެ ތެރެއިން އެހެން ވިޔަފާރިތަކަށް ސްޓޯލްތައް ދޫކުރުމުގެ މަސައްކަތްވެސް އެސްޓީއޯއިން ވަނީ ފަށާފައެވެ. މިގޮތުން މިހާރުވެސް ވަނީ ސްޓޭޝަނަރީ ޕަރފިއުމް އަދި ކޮސްމެޓިކްސްފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ސްޓޯލްތައް ދޫކޮށްފައެވެ. މިގޮތުން ނޯޓް ކޮސްމެޓިކްސް، މެކްސްކޮމް، ޕޮއިސް، ސިޓީ ބޭކަރީ ފަދަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ސްޓޯލްތައް ފާހަގަކުރެވެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިދެއްވައި ވާހަކަދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ރައްޔިތުންނަށް އެންމެ ބޭނުންވާ ތަކެތި ފޯރުކޮށްދޭ އެއްކުންފުނި ކަމަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް މިއަދު ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި، އަދި އެހެނިހެން ވިޔަފާރިވެރިންނަށް އެސްޓީއޯއާއެކު ޕާޓްނަރޝިޕް ހަދައިގެން ކުރިއަށްގެންދެވޭނެ މަގު ފަހިވެފައިވާކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ނާއިބުރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރ ރަނގަޅުކުރުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އިގްތިސާދެއް ކުރިއަރައި ދާނީ ޕްރައިވެޓް ސެކްޓަރއާވެސް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަަށެވެ.

ނާއިބުރައީސް ވަނީ ކޮވިޑް-19 ޕެންޑަމިކުގެ ތެރޭގައި އެސްޓީއޯއިން ކޮށްފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން ބޭހާއި، ކާޑުގެ ބާވަތްތަކާއި، ގޭސް ފަދަ ތަކެތި އެސްޓީއޯއިން ފޯރުކޮށްދީފައިވާކަމަށް ނާއިބުރައީސް ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުވެސް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައްތައް ބައްޓަންވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އަދި ތަކެތީގެ އަގު އުފުލިގެން ނުދާނެ ގޮތަކަށް ކަންތައްތައް ރޭވިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

02 އޮކްޓޯބަރު 2017
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
27 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
24 އެޕްރީލު 2017

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް