Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ކޯޓުގެ ފަނޑިޔާރުން ހުވާކުރެއްވުން

ކޯޓުން ބޭރުން ލިބޭ މައުލޫމާތަށް ބަލައި ފަނޑިޔާރުން ޙުކުމް ކޮށްގެން ނުވާނެ: ޝުޖޫން

ފަނޑިޔާރުކަމަކީ މީހުންގެ ޙައްޤުތަކާއި ގުޅިފައިވާ، އެކަނިވެރި، އަދި ބުރަބޮޑު މަސައްކަތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މާރިޗު 2022 | އަންގާރަ 07:54
ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރު ޝުޖޫން ވާހަކަދައްކަވަނީ

ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރު ޝުޖޫން ވާހަކަދައްކަވަނީ

ފަނޑިޔާރުން ގޮތް ނިންމަވަން ޖެހިވަޑައިގަންނަވާނީ ހުށައެޅޭ ޤާނޫނީ ނުކުތާތަކުގެ މައްޗަށް ކަމަށާއި، ކޯޓުން ބޭރުން ލިބޭ މައުލޫމާތަށް ބަލައި ފަނޑިޔާރުން ޙުކުމް ކޮށްގެން ނުވާނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ފަނޑިޔާރުކަމަކީ މީހުންގެ ޙައްޤުތަކާއި ގުޅިފައިވާ، އެކަނިވެރި، އަދި ބުރަބޮޑު މަސައްކަތެއް ކަމަށެވެ. މިއީ ހަމައެކަނި އަމިއްލަ ކުރިއެރުމާއި މަންފާއަށް އެދިގެން ކުރެވޭ ބާވަތުގެ ކަމެއް ނޫންކަންވެސް ފަނޑިޔާރު ޝުޖޫން ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރުކަމަކީ ކަން ކުރެވޭ ގޮތުން މީހުންގެ އިހުތިރާމާއި އިތުބާރު ލިބޭ، އަދި ހިތްހަމަ ނުޖެހުމާއި ބަދު ބަސްވެސް ރައްދުވާ ކަމެއްކަން ފާހަގަ ކުރައްވައި ޝުޖޫން އިތުރަށް ވިދާޅުވީ، ފަނޑިޔާރުން މަސައްކަތް ކުރަންވާނީ ނުހަނު ފަރުވާތެރިކަމާއެކު ކަމަށެވެ. އެކަމަށްޓަކައި ވަގުތާއި މަސައްކަތް މެނޭޖްކޮށް، ތިމާއަކީ ޚިދުމަތްތެރިއެއްކަން ދަނެގެން މަސައްކަތް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭނީ ވަކި ކޮޅަކަށް ބުރަ ނުވެ، ހަމަހަމަކަން މަތީގައި ކަމަށް ޝުޖޫން ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ފަނޑިޔާރުން ގޮތް ނިންމަން ޖެހޭނީ ހުށައެޅޭ ޤާނޫނީ ސަބަބުތަކުގެ މައްޗަށް ކަމަށެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް ބުރަވެވޭ ގޮތެއް ނުވަތަ ކޯޓުން ބޭރުން ލިބޭ މައުލޫމާތަށް ބުރަވެވޭ ގޮތް އޮވެގެން ނުވާނެކަމުގައިވެސް ވިދާޅުވިއެވެ.

ޝުޖޫން ވިދާޅުވީ ފަނޑިޔާރުންގެ ވިސްނުމާއި އަމަލުވެސް ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވަކީލެއްގެ ޙައިސިއްޔަތުންނާއި ފަނޑިޔާރެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރާއިރު މަންޒަރު ފެންނަ ގޮތް ގިނަ ފަހަރު ނުހަނު ތަފާތުވެދާނެކަމަށް ވިދާޅުވިއެވެ.

ޝުޖޫން ވިދާޅުވާ ގޮތުގައި ބައެއް ފަހަރު މަޤާމާއި ޙަވާލުވެވަޑައިގަންނަވާއިރު ފަނޑިޔާރުން ތިއްބަވަނީ އެ ހުރިހާ ކަމަކަށް ތައްޔާރަކަށް ނޫނެވެ. އެގޮތުން ނިޒާމުގެ ހުރި ކަންކަމާއި، އެފަދަ އެނޫންވެސް ކަންކަމަށް އަހުލުވެރިވެ، "ޖަޖް މޯޑް އޮންވުމަށް" ވަގުތުކޮޅެއް ނަގާކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ތިއްބެވިކަންވެސް ޝުޖޫން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަނޑިޔާރުގެއަށް އާންމުން ކުރާ އިތުބާރު ހިފެހެއްޓުމުގައިވެސް ފަނޑިޔާރުންގެ ދައުރު ބޮޑުކަމުގައި ޝުޖޫން ވިދާޅުވިއެވެ.

ފަނޑިޔާރު ޝުޖޫން ވަނީ ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަދި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު