Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު ޚިޔާނަތް: ދިފާއީ ހެކި ހާމަކޮށް، މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމާމެދު ވާހަކަދެއްކުން ދެން އޮންނަ އަޑުއެހުމުގައި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މާރިޗު 2022 | ހޯމަ 06:26
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިޔަށްގެންދަމުން

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިޔަށްގެންދަމުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 16 ފެބްރުއަރީ 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުވާ އިއްވުމާއި ޖަވާބުދާރީ ވުމުގެ މަރުޙަލާ ވަނީ އެއްކޮށް ނިންމާލާފައެވެ. އެގޮތުން ރައީސް ޔާމީނާއި، މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްވެސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

އޭގެ އިތުރުން، ޝަރީއަތް ލައިވް ކުރެވެންދެން އާރަށު ޚިޔާނަތުގެ އަޑުއެހުންތައް ލަސްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެ ދުވަހުގެ އަޑުއެހުމުގައިވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ދެފަރާތުން ހެކި ހާމަކުރުމެވެ. އެހެންނަމަވެސް، ރައީސް ޔާމީނުގެ ފަރާތުންނާއި، ޔޫސުފް ނައީމްގެ ފަރާތުން ވަނީ ބައެއް ލިޔެކިޔުންތައް ހޯދުމާއި ދިރާސާ ކުރުމަށް އިތުރު ވަގުތުކޮޅެއް ބޭނުންވާކަން ފާހަގަކޮށް، ލިއުމުން ހެކި ހުށައެޅުމަށް މުއްދަތެއް ދެއްވުމަށް އެދިލައްވާފައެވެ. ވުމާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ލިބޭ ދެ ފަރާތަށްވެސް ލިޔުމުން ހެކި ހުށައެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެއަށްފަހު ޝަރީއަތުން ވަނީ ދައުލަތުން ހުށައަޅާ ހެކިތައް ހާމަކުރުމަށް ދަންނަވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވަނީ ލިޔުމުން ހެކި ހުށައަޅުއްވާފައިވާނެކަން ފާހަގަކުރައްވައި ޚުލާސާ ގޮތެއްގައި އެކަން ބަޔާން ކުރައްވާފައެވެ. އަދި ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ އޯޑިއޯ އެނާލިސިސް ރިޕޯޓު ފިޔަވައި ހުރިހާ ހެއްކެއް ކޯޓަށް ހުށައަޅާފައިވާނެކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ ހެކިވެސް މިހާރު ދައުލަތަށް ލިބިފައިވާކަމަށެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ދިފާއީ ހެކި ޚުލާސާ ގޮތެއްގައި ހާމަކުރުމާއި، މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމާމެދު ދެފަރާތުން ވާހަކަ ދެއްކުން އޮންނާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނަނީ 31 މާރޗު 2022 ގެ ހެނދުނު 09:30 ގައެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރަނީ ރިޝްވަތު ޤަބޫލު ކުރުމާއި، މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގެ ޚުލާސާއެއް:

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުޙުމަތުކުރެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

އަބްދުﷲ ރިޔާޒްގެ ޝަރީއަތް: ހެކި ބަސް ނެގުން މިއަދު!

26 އެޕްރީލު 2017
އަބްދުﷲ ރިޔާޒްގެ ޝަރީއަތް: ހެކި ބަސް ނެގުން މިއަދު!
19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު