Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާފިލްގެ ކުއްލި މަރު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

މާފިލާފުއްޓަށް ޓްރެއިނިންއަށް ފުރީ މިމަހުގެ 5 ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 14:47
މުހައްމަދު ރާފިލް އޭނާގެ ފޯނުން ސަރއަށް ކޮށްފައިވާ އެންމެ ފަހު މެސެޖްތަކާއި، ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔެކިއުންތައް

މުހައްމަދު ރާފިލް އޭނާގެ ފޯނުން ސަރއަށް ކޮށްފައިވާ އެންމެ ފަހު މެސެޖްތަކާއި، ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔެކިއުންތައް

''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ. ކިހިނެތް ހަދަންވީ''މިއީ މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ތަމްރީން ފުރިހަމަ ކުރަމުން ދަނިކޮށް މި ދުނިޔެއާ އަލްވަދާ ކިޔުމުގެ ކުރިން މުހައްމަދު ރާފިލް އޭނާގެ ފޯނުން ސަރއަށް ކޮށްފައިވާ އެންމެ ފަހު މެސެޖެއެވެ.

ނޭވާލާން އުނދަގޫވެ، މީހާ ހާސްވަމުން ދިޔަ ވަގުތު ވެސް އޭނާ ދިޔައީ އެހީތެރިކަމަށް އެދެމުންނެވެ. ސަރއަށް މެސެޖް ކުރުމުގެ އިތުރުން އޭނާ ވަނީ އިމަރޖެންސީ ނަންބަރަށް މިމަހުގެ 5 ވީ ހޮނިހިރު ދުވަހުގެ މެންދަމު 3:45ން ފެށިގެން ފަތިހު 5:45 އާ ހަމައަށް ގުޅަން މަސައްކަތް ކޮށްފައެވެ. ޖުމްލަ 11 ފަހަރު އެ ނަންބަރަށް އޭނާ ގުޅާފައިވެއެވެ. އެހެންނަމަވެސް އެހީތެރިކަމަށް އެދި ކުރި އެ ފޯނު ކޯލަށް ޖަވާބު ލިބުނީ ފަތިހު 5:49 އެއްގައެވެ. ފޯނު ނަގާ 31 ސިކުންތު ވަންދެން ވާހަކަވެސް ދައްކާފައިވެއެވެ.

އެ ހާދިސާއަށް ފަހު އޭގެ ދެން އިވިގެން ދިޔައީ ރާފިލް ނިޔާވި ޚަބަރެވެ. މުޅި ސޯޝަލް މީޑިއާގައި މީހުން އެކަމުގެ ހިތާމަ ފާޅުކުރަމުން ދިޔައިރު އާއިލާގައި އެންމެ ބޮޑަށް ހުރި ފިރިހެން ދަރިފުޅު ނިޔާވި ޚަބަރު އިވިގެން ދިޔުމާއެކު ރާފިލްގެ ބައްޕަ އަހްމަދު ރަބީލު ހޭނެތުނެވެ. ހޭ ޖެހުނުއިރު އޭނާ އޮތީ ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައެވެ. އޭރުވެސް އާއިލާގެ އެހެން މެމްބަރުންނަށް ރާފިލް މި ދުނިޔެ ދޫކުރިކަމެއް ނޭނގެއެވެ. ރާފިލް ނިޔާވި ޚަބަރު އާއިލާގެ މީހުންނަށް ލިބުމާއެކު އެންމެންނަށް ވެސް އެކަން ޤަބޫލުކުރަންވީ ދަތިކަމަކަށެވެ. ސަބަބަކީ އިއްޔެ ހެވިފައި، އެންމެންނާއި ވާހަކަ ދެއްކި ރާފިލް މިއަދު އެންމެންނާއި ވަކިވުމުންނެވެ. ކޮންމެ މީހެއްގެ އަނގައިން ވެސް ބޭރުވި ބަހަކީ، "ތީ ދޮގެއް، ނުވާނެއް އެހެނެއް" މިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން، ރާފިލްގެ ބައްޕަ، ރަބީލު ބުނީ ރާފިލް އަކީ ކުޑަ އިރުއްސުރެ ގައުމަށް ޚިދުމަތް ކުރުމަށް އެމްއެންޑީއެފްއާ ގުޅެން ބޭނުންވި ކުއްޖެއް ކަމަށެވެ. އެގޮތުން ސްކޫލުގެ ދައުރު ގދ. ގައްދޫ ސްކޫލުން ނިންމާލާފައިވަނީ ކެޑޭޓްގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ، މަތީ ވަނަތަކާއެކުއެވެ. އަދި ސީއެޗްއެސްސީން އޭލެވެލް ނިންމާލުމަށްފަހު އެމްއެންޑީއެފްއަށް ވަނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާފިލް ފެށީ ގައުމަށް ޚިދުމަތް ކުރުމަށް ހިތުގައި އޮތް އަޒުމާއެކުއެވެ.

ރަނގަޅު ސިއްޙަތެއްގައި ހުރި މިޒުވާނާ އެމްއެންޑީއެފްގެ ތަމްރީނަށް ފުރުމުގެ ކުރިން ހެދި މެޑިކަލް ރިޕޯޓުގައި ސިއްޙީ އެއްވެސް މައްސަލައެއް ފާހަގަވެފައެއް ނެތެވެ. އަދި ދުވަހަކު ވެސް ނޭވާލާން އުނދަގޫވެ، ސިއްޙީ ބޮޑު ބައްޔަކަށް ފަރުވާ ހޯދާފައެއް ވެސް ނުވެއެވެ.

ރާފިލް ތަމްރީނަށް ދިއުމަށް މާފިލާފުއްޓަށް ފުރާފައިވަނީ 5 މާޗް 2022 ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުރަމުން އާއިލާއަށް ގުޅައި، ހާލު ރަނގަޅު ކަމަށް ބުންޏެވެ. އަދި ފޯނަށް ނުގުޅޭނެކަމަށް ބުނެ އޭނާގެ ބައްޕައަށް އެމެޖެންސީ ނަންބަރު ދިނެވެ. ވަރުގަދަ އަޒުމަކާއެކު ތަމްރީނަށް ފުރި ރާފިލްއަށް ކަންތައް ދިމާވީ އުއްމީދުކުރި ގޮތާއި މުޅިން ޚިލާފަށެވެ. ތަމްރީނަށް މާފިލާފުށްޓަށް އޭނާ ދިޔަ ރޭގެ މެންދަމުގެ ވަގުތު ރާފިލްގެ ފޯނުން އެބެޗާއި ހާވަލުވެ ހުންނެވި އެމްއެންޑީއެފްގެ ބޭފުޅާއަށް ގުޅިއެވެ.

މިކަން ހާމަވެގެންދިޔައީ ރާފިލްގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމި، އާއިލާއަށް ރާފިލްގެ ފޯނު ލިބުނު ހިސާބުންނެވެ. މިކަމަށް އިޝާރާތްކޮށް ރާފިލްގެ ބައްފަ، ވަނީ އެމްއެންޑީއެފްގެ އިހުމާލު މިކަމުގައި އޮތް ކަމަށް ބުނެފައެވެ. ކަންތައްތަކެއް ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރާފިލްގެ ބައްޕަ ތުހުމަތުކުރެއެވެ.

ރާފިލް ނިޔާވި ދުވަހުގެ ކަންކަން ހިނގާދިޔަ ގޮތް ހިއްސާކުރަމުން ރާފިލްގެ ބައްޕަ ބުނީ މިމަހުގެ 7 ވީ ހޯމަ ދުވަހު ޅ. އަތޮޅު ހޮސްޕިޓަލަށް ރާފިލް ގެންދިޔައިރު އޮކްސިޖަން ހުރީ ޒީރޯގައި ކަމަށާއި، އޭރު ވެސް ނިޔާވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޭވާއަށް އުނދަގޫވެގެން ފަރުވާއަށް ގެންދާ ކަމަށް އާއިލާއަށް އެންގި ނަމަވެސް މާފިލާފުށީގައި ހުރި ވަގުތުކޮޅު ސިއްހީ އެއްވެސް ފަރުވާއެއް ދީފައިނުވާ ކަމަށާއި، އޮކްސިޖަން ވެސް ގުޅާފައިނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ބުނެފައިވެއެވެ. ނޭވާ އުނދަގޫވާ މީހަކަށް އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާއަކީ އޮކްސިޖަން ދިނުމުގެ ފަރުވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ރާފިލްގެ ބައްޕަގެ ތުހުމަތުތަކާއެކު ރާއްޖެމްވީން ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲށް ގުޅާލުމުން ވިދާޅުވީ ނިޔާވި ކަމަށް ނިންމީ ފަރުވާ ދިނުމަށްފަހު ޑޮކްޓަރު ޑިކްލިއަރ ކުރުމުން ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެނައިއިރު ވެސް ހަށިގަނޑުގައި ވިންދު ނެތް ކަމަށެވެ. އަދި ލޯންޗް މަތީގައި ރާފިލްގެ ހަރަކާތް އެއްކޮށް ހުއްޓުމާއި ގުޅިގެން ނޭވާލެއްވުމަށްޓަކައި ސީޕީއާރް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާފިލާފުށީގައި ކްލިނިކެއް ގާއިމްކޮށްފައި ހުންނައިރު، ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމަށް މެޑިކަލް ޓީމާއި ގުޅޭގޮތުން ވެސް ސުވާލު އުފައްދާފައިވެއެވެ.

ރާފިލްގެ ހަށިގަނޑު އިރުއޮއްސި 6:20 ގައި މާލެއަށް ގެނެވޭނެ ކަމަށް އެންގުމާއެކު، އޭނާގެ އާއިލާއިން ވެސް މާލެއަށް އައުމަށް ދަތުރު ފެށިއެވެ. ނަމަވެސް ދަތުރުގެ ވަކި ހިސާބަކުން ރާފިލް ނިޔާވެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްގެން ކަމަށް އެމްއެންޑީއެފުން އާއިލާއަށް އެންގިއެވެ. މިއީ ވެސް ލިބުނު އިތުރު ހިތްދަތިކަމެއްގެ ގޮތުގައި ރާފިލްގެ ބައްޕަ ސިފަކުރިއެވެ. ކުއްލިއަކަށް ދަރިފުޅު ކޮވިޑް-19ށް ޕޮޒިޓިވްވީތޯ މިއީ ވެސް އޭނާ ކުރި ސުވާލެކެވެ. އެއީ ޅ. އަތޮޅު ހޮސްޕިޓަލުން ދޫކޮށްފައިވާ މަރު ފޯމުގައި ނިޔާވެފައިވަނީ ހިތް ހުއްޓިގެން ކަމަށް ލިޔެފައިވާތީއެވެ.

އިތުރު ހިތްދަތި ކަމެއް އާއިލާއަށް ލިބިގެންދިޔައީ ރާފިލްގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހުޅުމާލެ ސަހަރާގައި އެތައް އިރަކު ބާއްވަން ޖެހުމުންނެވެ. އެއީ ކޮވިޑް މަރެއްކަން ނޭނގޭތީ އެތަނުގެ އިންތިޒާމުތައް ކުރިން ހަމަޖެހިފައި ނެތުމުންނެވެ.

ރާފިލްގެ ބައްޕަ އަސަރާއެކު އެދެނީ ރާފިލް ނިޔާވި ގޮތް ހާމަކޮށްދިނުމަށެވެ. އެދުވަހުގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓު ދިނުމަށެވެ. އިހުމާލެއްވާނަމަ ފިޔަވަޅު އަޅައިދިނުމަށެވެ. އަދި މިފަދަ ހިތާމެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ހަރުދަނާ ކުރުމަށް ވެސް ވަނީ އެދިފައެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ ޓްރެެއިނިންގ ހަދަން މާފިލާފުއްޓަށް ދިޔަ ޓްރެއިނިންގ ބެޗުން ތިން ޒުވާނަކަށް ސިއްހީ މައްސަލަ ދިމާވެ, އެކަކު ނިޔާވި މައްސަލަ ބެލުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައި ތަހުގީގު ފަށާފައިވާ ކަމަށެވެ. ބަލަން ޖެހޭކަންކަން ބެލުމަށް އެކިދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން ކޮމިޓީއެއް އެކުލަވާލެވި މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިކަންކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހާމަކުރެވޭނީ ކޮމެޓީން އެ މައްސަލަ ބަލައި ތަހުގީގުކޮށް ނިމުމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާފިލް އެމްއެންޑީއެފްނިޔާވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު