Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު

އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު ފަށައިފި

މުބާރާތުގެ ޓެކްނިކަލް ޓީމު ޝާމިލްވާހެން ޖުމްލަ 650 އަށްވުރެން ގިނަ ސިފައިން މި މުބާރާތުގައި ބައިވެރިވެފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 10:05
އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2022

އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2022

ސިފައިންނަށް އަމާޒުކޮށްގެން ބާއްވާ "އެމްއެންޑީއެފް ފުޓްސަލް ޗެލެންޖް 2022" ފަށައިފިއެވެ.

މާރިޗު 12 ވަނަ ދުވަހުގެ ރޭ ކަޅުތުއްކަލާ ކޮށީ ފުޓްސަލް ދަނޑުގައި ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

އެމްއެންޑީއެފްގެ ހުރިހާ ޔުނިޓުތަކާއި، ވެޓެރަންސް ކެޓަގަރީއަށް އަދި އަންހެން ޑިވިޝަން ހިމެނޭހެން ކުރިއަށްދާ މި މުބާރާތަކީ ސިފައިންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާކޮށް، ދުޅަހެޔޮ، ހަށިހެޔޮ ސިފައިން އުފައްދައި، ވާދަވެރި މާޙައުލެއްގައި ސިފައިން ފުޓްބޯޅަ ކުޅުމުގެ ހުނަރު ދައްކައި، ސިފަވަންތަ ފުޓުބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީން އަދި މެޗު އޮފިޝަލުން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އެމްއެންޑީއެފްގެ 24 ޔުނިޓަކުން ޖުމްލަ 22 ޓީމު ބައިވެރިވެއެވެ. އޭގެ ތެރޭގައި ކޮމްބައިންޑް ޓީމުތައް ވެސް ހިމެނެއެވެ. މި މުބާރާތުގައި ކުޅޭ ވެޓެރަންސް ކެޓަގަރީގައި ނުވަ ޔުނިޓަކުން އަށް ޓީމު ބައިވެރިވާއިރު، މުބާރާތުގެ އަންހެން ކެޓަގަރީގައި ހަތަރު ޓީމެއް ވާދަކުރެއެވެ. ކުޅުންތެރިންނާއި، އޮފިޝަލުން، އަދި މުބާރާތުގެ ޓެކްނިކަލް ޓީމު ޝާމިލްވާހެން ޖުމްލަ 650 އަށްވުރެން ގިނަ ސިފައިން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ފުޓްސަލް މުބާރާތަށް ތައްޔާރުކުރި ޚާއްޞަ ލަވައެއް ވަނީ ހުށަހަޅައިދީފައެވެ. މި ލަވަ ހުށަހަޅައިދެމުންދިޔަ ވަގުތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓްރޮފީ ދަނޑަށް ގެނެސްދިނީ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ސިފައިންނެވެ. މި ޓްރޮފީ އިފްތިތާޙުކޮށްދެއްވައި، ޓްރޮފީ ސްޓޭންޑްގައި ބަހައްޓަވައި ދެއްވީ ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހު ބަންޑާރަކޮށި އަދި ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރައްވާ އޮފިސަރުންގެ މެދުގައި ޚާއްޞަ ފުޓްސަލް މެޗެއް ކުޅެފައިވެއެވެ. މި މެޗުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން އޮފިސަރުން ބައިވެރިވެވަޑައިގެން ކުޅުއްވިއެވެ. މި މެޗުން މޮޅުވެފައިވަނީ ކަޅުތުއްކަލާ ކޮށީ އޮފިސަރުންގެ ޓީމެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން ފާތިމަތު ފިރާޝާގެ އިތުރުން ދިވެހި ސިފައިންގެ ކްލަބުގެ ރައީސް ކާނަލް ޙުސައިން ޢަލީއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން، އަދި ގިނަ އަދަދެއްގެ އެހެނިހެން ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ.

އެމްއެންޑީއެފްއެމްއެންޑީއެފް ފުޓްސަލް ޗެލެންޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު