Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގައި 81 މީހަކަށް ހުކުމް ތަންފީޒުކުރުން

ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ 81 މީހަކަށް އެއްދުވަހާއި ހުކުމް ތަންފީޒުކޮށްފި

13 މާރިޗު 2022 | އާދީއްތަ 02:04

ސަައުދީގައި މީގެކުރިން އެއް ދުވަހާއި މިހާ ގިނަ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 މާރިޗު 2022 | އާދީއްތަ 02:04
ސައުދީ އަރަބިއްޔާގައި އަންނަނީ މަރުގެ ހުކުމް ތަންފީޒުކުރަމުން

ސައުދީ އަރަބިއްޔާގައި އަންނަނީ މަރުގެ ހުކުމް ތަންފީޒުކުރަމުން

ސައުދީ އަރަބިއްޔާގައި މެރުމަށް ހުކުމް އިއްވާފައިވާ 81 މީހެއްގެ މައްޗަށް އެއްދުވަހާއި ހުކުމް ތަންފީޒުކޮށްފިއެވެ.

ފާއިތުވި 24 ގަޑިއިރު ހުކުމް ތަންފީޒުކުރި މީހުންގެ ތެރޭގައި ޔަމަނަށް ނިސްބަތްވާ 7 މީހުންނާއި ސީރިޔާގެ އެކަކު ހިމެނެއެވެ. މިމީހުން މެރުމަށް ހުކުމް އިއްވި ސަބަބުތަކުގެ ތެރޭގައި ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ތަބާވެ އެފަދަ އަމަލުތައް ހިންގަން އުޅުމާއި މުޖުތަމައު ގަބޫލުކުރާ އާންމު ގަބޫލުކުރުންތަކާއި ޚިލާފު ކަމެއް ނުވަތަ ކަންތައްތަކެއް ކުރުން ހިމެނެއެވެ. އެގޮތުން އަލްގައިދާ އާއި އައިސިސް އަދި ހޫތީން ފަދަ ޖަމާއަތްތަކަށް މިމީހުން ވާގިވެރިވެފައިވާކަމަށް ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ބުނެއެވެ. އަދި ބައެއް މީހުން ވަނީ ޓެރަރިސްޓް ޖަމާއަތްތަކުން ހިންގަމުންދާ ހަނގުރާމަ ހިނގާ ސަރަހައްދުތަކަށްވެސް ގޮސްފައިކަމަށް ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މީގެތެރޭގައި މައުސޫމް ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން މެރި މީހުންވެސް ހިމެނެއެވެ.

ސައުދީގެ އިންޓީރިއަރ މިނިސްޓްރީ އާއި ހަވާލާދީ ސައުދީ ޕްރެސް އެޖެންސީން ބުނެފައިވަނީ މިއެންމެންނަށްވެސް ވަކީލަކު އައްޔަނުކުރުމުގެ ހައްގު ލިބިދިން ކަމަށާއި ސައުދީގެ ގާނޫނާއި އެއްގޮތަށް ހުރިހާ ހައްގުތަކެއްވެސް ކަށަވަރުކޮށްދީފައިވާކަމަށެވެ.

މީގެއިތުރުން ކުރިޔަށް އޮތްތަނުގައިވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމުގެ ކަންކަން ކުރާ މީހުންނާއި ދެކޮޅަށް މިފަދަ ހުކުމްތައް ތަންފީޒުކުރަމުންދާނެ ކަމަށް ސައުދީ ޕްރެސްއިން ވަނީ ބުނެފައެވެ.

މެރުމުގެ ހުކުމް ތަންފީޒުކުރި ސައުދީގެ މީހުންގެ ތެރެއިން 37 މީހުންނަކީ ސެކިޔުރިޓީ އޮފިސަރުންތަކަކާއި ޕޮލިސް ސްޓޭޝަންތަކަކާއި ކޮންވޯއިތަކަށް ހަމަލާދީ ފުލުހުންނާއި ސެކުޔިރިޓީ ކަންކަން ބަލަހައްޓާ މީހުން މަރާލުމުގެ ކުށް ސާބިތުވެފައިވާ 37 މީހުންނެވެ.

މިމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ގޮތުގެ ތަފްސީލެއް ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

މިއީ ފަހުގެ ތާރީޚުގައި ސައުދީ އަރަބިއްޔާގައި މިހާ ގިނަ އަދަދެއްގެ ބަޔަކު މަރަން ހުކުމްކޮށް އެކަން ތަންފީޒުކުރި ފުރަތަމަ ފަހަރެވެ. 2021 ވަނަ އަހަރު 67 މީހެއްގެ މައްޗަށް ހުކުމް ތަންފީޒުކުރިއިރު 2020 ވަނަ އަހަރު އެއަދަދު ހުރީ 27 ގައެވެ.

ސަައުދީގައި މީގެކުރިން އެއް ދުވަހާއި މިހާ ގިނަ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެފަހަރު 47 މީހެއްގެ މައްޗަށް ހުކުމް ތަންފީޒުކުރިއެވެ. އޭގެތެރޭގައި ޝީއީންގެ ލީޑަރަކުވެސް ހިމެނުނެވެ. ޝީއީ ލީޑަރު މަރަން ހުކުމް ކުރީ ސައުދީ ސަރުކާރާއި ދެކޮޅު އެއްވުންތަކެއް ބޭއްވިކަމުގެ ކުށުގައެވެ.

2019 ވަނަ އަހަރު ސައުދީން ވަނީ ސައުދީގެ 37 މީހެއްގެ މައްޗަށް މެރުމުގެ ހުކުމް ތަންފީޒުކޮށްފިއެވެ. އޭގެ ތެރޭގައި ގިނައީ ޝީއީންނެވެ. އެމީހުންގެ މައްޗަށް މަރަން ހުކުމްކޮށްފައިވަނީ ޓެރަރިޒަމާއި ގުޅުންހުރި ކުށްތަކުގައެވެ.

ސައުދީން މެރުމުގެ ހުކުމް ތަންފީޒުކުރާތީ މިއީ އިންސާނިއްޔަތާއި ޚިލާފު ކަމެއްކަމަށް ބުނެ ހުޅަނގާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ސައުދީއަށް ފާޑުކިޔަމުންނެވެ. ނަމަވެސް ސައުދީން ބުނަމުން އަންނަނީ އެގައުމުގެ ސަލާމަތީ ކަންކަން ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަމުން އަންނަކަމަށެވެ.

ސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
24 ޖޫން 2024

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
08 ޖޫން 2024

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ
17 މެއި 2024

ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި

17 މެއި 2024
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
15 މެއި 2024

ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

15 މެއި 2024
ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
11 އޮކްޓޯބަރު 2023

އިސްރާއީލު ހަނގުރާމަ: ރިޔާޒާއި ތެލްއަވީވްގެ އެއްބަސްވުން ރޫޅިފައިވާ ދަނޑިވަޅެއްގައި ޗައިނާ އާއި ސައުދީގެ އަސްކަރީ ތަމްރީނުތަކެއް

11 އޮކްޓޯބަރު 2023
އިސްރާއީލު ހަނގުރާމަ: ރިޔާޒާއި ތެލްއަވީވްގެ އެއްބަސްވުން ރޫޅިފައިވާ ދަނޑިވަޅެއްގައި ޗައިނާ އާއި ސައުދީގެ އަސްކަރީ ތަމްރީނުތަކެއް
24 މާރިޗު 2023

އެމްބަސީ ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ އާއި އިރާނުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ

24 މާރިޗު 2023
އެމްބަސީ ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ އާއި އިރާނުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2022

ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި

14 ޑިސެމްބަރު 2022
ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް