Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސައޫދީ - ޗައިނާ

އިސްރާއީލު ހަނގުރާމަ: ރިޔާޒާއި ތެލްއަވީވްގެ އެއްބަސްވުން ރޫޅިފައިވާ ދަނޑިވަޅެއްގައި ޗައިނާ އާއި ސައުދީގެ އަސްކަރީ ތަމްރީނުތަކެއް

11 އޮކްޓޯބަރު 2023 | ބުދަ 02:53

ސައޫދީ ޗައިނާ ޑްރިލްގައި 20 އަށް ވުރެ ގިނަ ޓްރެއިނިން މައުޟޫއު ހިމެނޭ ކަމަށް ޗައިނާއިން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 އޮކްޓޯބަރު 2023 | ބުދަ 02:53
ސައޫދީއާއި ޗައިނާގެ މިތަމްރީނު ތަކުގެ އަސަރު އިސްރާޢިލްގެ ހަނގުރާމައަށް ކޮށްފާނެ ކަމާމެދު ޝައްކު އުފެދޭ

ސައޫދީއާއި ޗައިނާގެ މިތަމްރީނު ތަކުގެ އަސަރު އިސްރާޢިލްގެ ހަނގުރާމައަށް ކޮށްފާނެ ކަމާމެދު ޝައްކު އުފެދޭ

ރިޔާޒާއި ތެލްއަވީވް އެއްބަސްވުން ރޫޅިގެން ދިއުމާއެކު ޗައިނާ އާއި ސައުދީ އަރަބިއްޔާގެ އަސްކަރީ ތަމްރީނުތަކެއް ބާއްވައިފިއެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ޗައިނާ އާއި ސައޫދީ އަރަބިއްޔާ ގުޅިގެން ކުރިއަށް ގެންދާ ނޭވަލް ޑްރިލް ފެށުނީ، ބޭރުގެ ކަނޑުގެ ސަރަހައްދުގެ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކަށް އަމާޒުކޮށްގެން ހިންގާ ފިޔަވަޅުތައް ސިމިއުލޭޓް ކުރުމުގެ މަގްސަދުގަ އެވެ.

ޗައިނާގެ އަސްކަރިއްޔާގެ ރަސްމީ ޕަބްލިކޭޝަން، ޕީއެލްއޭ ޑެއިލީގައި ވާގޮތުން ބްލޫ ސްވޯޑް-2023 ސްޕެޝަލް ވޯފެއާ ޖޮއިންޓް ޓްރެއިނިން އިފްތިތާހުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ގުއާންޑޮންގް ޕްރޮވިންސްގެ ޒަންޖިއާންގްގައި ހުންނަ މެރިން ބްރިގޭޑް ބޭސްއެއްގައެވެ. މި ޑްރިލްތައް ފެށުނީ ޗައިނާގެ ދިފާއީ ވުޒާރާއިން އަލުން އެ ތަމްރީނުތައް ފަށާނެކަން އިއުލާނުކުރިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

އޭރު ޗައިނާގެ ދިފާއީ ވުޒާރާއިން ވަނީ "ބްލޫ ސްވޯޑް 2023" ގެ ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނަކީ މި ޑްރިލްތަކުގެ ދެވަނަ ތަކުރާރުކަން ފާހަގަކޮށްފައެވެ. ފުރަތަމަ ކަމަކީ 2019 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި ބްލޫ ސްވޯޑް 2019 އެވެ. މި ޑްރިލް ފޯމެޓްގެ އެންމެ ފަހުގެ ތަކުރާރު އައިސްފައި މިވަނީ ސައުދީ އަރަބިއްޔާއާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަށް ބެއިޖިންއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ޖޮއިންޓް ޓްރެއިނިން ޔުނިޓްގެ ކޮމާންޑަރަކު ވިދާޅުވި ގޮތުގައި ދެ ކަނޑުގެ އަސްކަރިއްޔާގެ ސްޕެޝަލް ވޯފެއާ ޔުނިޓްތަކުގެ ޖޮއިންޓް ޓްރެއިނިންއަކީ ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ޕްރެގްމެޓިކް އަދި ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށާއި ސިފައިންގެ ހަގީގީ ހަނގުރާމައިގެ ތަމްރީނުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް މުހިންމު ތަމްރީނުތަކެއް ކަމަށެވެ.

ގްލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސަސައިޒްގެ މަގްސަދަކީ ޗައިނާ އާއި ސައުދީ އަރަބިއާގެ ކަނޑުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ އިތުބާރު އަދި ރަހުމަތްތެރި ކަމުގެ ގުޅުން ތައް ބަދަހިކުރުމާއި، ދެ ބައިވެރިންގެ ނޭވަލް ކޮމްބެޓް ސްކިލްސް އިތުރަށް ހަރުދަނާކުރުމާއި، ދެ ގައުމުގެ އާމްޑް ރެސްކިއު ޔުނިޓްތަކުގެ ޖޮއިންޓް އޮޕަރޭޝަނަލް ގާބިލްކަން ވަރަށް ބޮޑަށް އިތުރުކުރުމެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ ރަސްމީ މައުތުޕީސްގައި ޝާއިއުކޮށްފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ތިން ހަފުތާއަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި އެކްސަސައިޒް ތިން ފިޔަވައްސަކަށް ބަހާލާނެ ކަމަށާއި އެއީ ޒަރޫރީ ތަމްރީނު މަރުހަލާއަކާއި ޕްރޮފެޝަނަލް ޓްރެއިނިން މަރުހަލާއަކާއި ލައިވް ފަޔާ ޝޫޓިން، ހެލިކޮޕްޓަރުން އަވަސް ރޯޕިން، ކެބިން ސާޗް، ކަނޑުއަޑީގެ ރިކޮނިސެންސް، ސްނައިޕިން-އޮން-ކޮމާންޑް އަދި ކަނޑުއަޑީގެ އެކްސްޕްލޯސިވްސް ފަދަ 20 އަށް ވުރެ ގިނަ ޓްރެއިނިން މައުޟޫއު ހިމެނޭ ކޮމްޕްރިހެންސިވް ޑްރިލް މަރުހަލާއެއް ކަމަށެވެ.

މި ތަމްރީނުތަކާއެކު ޗައިނާގެ ކަނޑުގެ އަސްކަރިއްޔާގެ ތަޖުރިބާކާރުން ފާޅުކުރި އުއްމީދުތަކާއެކު، މި ބައްދަލުވުމަކީ ދެ ގައުމަށް ވެސް ވިން ވިން ސިޗުއޭޝަނެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.  ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި ކަނޑުފޭރުން ހުއްޓުވުމުގެ އޮޕަރޭޝަންތަކުގެ ސިމިއުލޭޝަންގެ ސަބަބުން، ވަކިން ޚާއްސަކޮށް ޗައިނާއިން މެދުއިރުމަތީގެ ސަރަޙައްދުގައި ބޮޑެތި އިންވެސްޓްމަންޓްތަކާއި، އަސްކަރީ މުދަލާއި، ކަނޑުފޭރުން ހުއްޓުވުމަށް ބޭނުންވާ ޝިޕިންގ ލޭންތަކާއެކު، ދީލަތިކަމާއެކު ވަދެފައިވާތީ، އެފަރާތްތަކުގެ އެއްބާރުލުން އިތުރުވެގެންދެއެވެ.

ނަން ނުޖެހުމަށް އެދި ޗައިނާގެ އަސްކަރީ މާހިރަކު ޗައިނާގެ މީޑިއާއަކަށް ވިދާޅުވި ގޮތުގައި ޗައިނާއަކީ ބޭރުގެ ގިނަ މަސްލަހަތުތަކެއް އޮންނަ ގައުމެއް ކަމަށްވާއިރު، އޭގެ ތެރޭގައި އިންވެސްޓްމަންޓާއި އެއްބާރުލުން ދިނުމުގެ މަޝްރޫއުތަކާއި ބޭރުގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށެވެ. މެދުއިރުމައްޗާއި ޗައިނާ ގުޅުވައިދޭ ކަނޑުމަގުތަކަކީ ވެސް ޗައިނާގެ ވިޔަފާރީގެ އިތުރުން ތެޔޮ އިމްޕޯޓް ކުރުމަށް ވަރަށް މުހިންމު މަގުތަކެކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަމްރީނުތަކަކީ އަސްކަރީ އެއްބާރުލުން ހިމެނޭ ގޮތަށް ސައޫދީ އަރަބިއްޔާއާ ގާތް ގުޅުމެއް ބާއްވަން ޗައިނާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކުރިއަށް ގެންދާ ތަމްރީނުތަކަކަށް ވާތީ މި ތަމްރީނުތައް ފާހަގަކޮށްލެވެއެވެ. އެއާ ޚިލާފަށް، އާދަޔާ ހިލާފު ބައިވެރިން ކަމަށްވާ ސައުދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ދާދި ފަހުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުމަށް ކުރިމަތިވެފައިވާ ހީނަރުކަން ޗައިނާއިން ދެކެމުން ދަނީ ވިންޑޯއެއްގެ ގޮތުގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، ތާރީޚީ ދެކޮޅުވެރި ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ގުޅުން ބަދަހިކޮށް، އެޤައުމުގެ ޑިޕްލޮމެޓިކް މިޝަންތައް އަލުން ހުޅުވުމަށް އެއްބަސްވެފައިވާ އެއްބަސްވުމަކަށް މިއަހަރު މަގުފަހިކޮށްދިނުމަށެވެ.

މިހަފްތާގެ ޖޮއިންޓް އެކްސަސައިޒްގެ ޝެޑިއުލް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާއިރު، މިއީ އިސްރާއީލާއި ފަލަސްތީނާ ދެމެދު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި އަސްކަރީ ހަނގުރާމަ ހޫނުވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ހަމާސްގެ ހަމަލާތަކާ އެކު، ސައުދީ އަރަބިއްޔާ އާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެމެރިކާ އިން ކުރަމުން ދިޔަ މަސައްކަތްތައް ފުނޑުފުނޑުވެފައިވާ ކަމަށް ބެލެވޭ ކަމަށް ބައިނަލް އަގުވާމީ މީދިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސައޫދީ އަރަބިއްޔާޗައިނާ ޑެއިލީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
24 ޖޫން 2024

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
08 ޖޫން 2024

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ
17 މެއި 2024

ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި

17 މެއި 2024
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
15 މެއި 2024

ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

15 މެއި 2024
ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
24 މާރިޗު 2023

އެމްބަސީ ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ އާއި އިރާނުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ

24 މާރިޗު 2023
އެމްބަސީ ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ އާއި އިރާނުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2022

ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި

14 ޑިސެމްބަރު 2022
ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި
06 ޑިސެމްބަރު 2022

ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ޗައިނާގެ ރައީސް ސައުދީއަށް ވަޑައިގަންނަވަނީ

06 ޑިސެމްބަރު 2022
ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ޗައިނާގެ ރައީސް ސައުދީއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް