Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމަ ތަހުގީގުކުރަން ޖެހޭ ކަމަށް އެމެރިކާގެ ނައިބު ރައީސް ވިދާޅުވެއްޖެ

ޚިޔާލަށްވެސް ނުގެނެވޭވަރުގެ ހަނގުރާމައިގެ ޖަރީމާތައް ރަޝިޔާއިން ހިންގަމުންދާކަމަށް ކަމަލާ ހެރިސް ވިދާޅުވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 މާރިޗު 2022 | ހުކުރު 04:20
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި ކަމަލާ ހެރިސް (ކ)

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި ކަމަލާ ހެރިސް (ކ)

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންގެންދާ ހަނގުރާމަ ތަހުގީގުކުރަން ޖެހޭކަމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު ޕޯލަންޑްގެ ވެރިރަށް ވޯސޯއަށް ފެއްޓެވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަލާ ހެރިސް ވިދާޅުވީ ދުނިޔޭގެ އެންމެން ބަލަން ތިއްބައި, ޚިޔާލަށްވެސް ގެންނަން ދަތިވާވަރުގެ ބޮޑެތި, ހަނގުރާމައިގެ ޖަރީމާތައް ރަޝިޔާއިން ހިންގަމުންގެންދާ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

ރަޝިޔާއިން ބުނާ ގޮތުގައި އެޤައުމުން ހިންގަމުންގެންދަނީ, ނުރައްކާތެރި ބައެއްކަމަށް ރަޝިޔާއިން ގަބޫލުކުރާ ވެރިންތަކެއް މަގާމުން ދުރުކުރުމަށް ހިންގާ މިލިޓަރީ އޮޕަރޭޝަނެއްކަމަށެވެ.

ޔޫކްރެއިންގެ މަރިއުޕޯލް ސިޓީގައި ހުރި މެޓަރނިޓީ ހޮސްޕިޓަލަކަށް ރަޝިޔާ ސިފައިން ބޮންއަޅައި ބޮޑެތި ގެއްލުންތައް ދިން ހަމަލާއާއި ގުޅިގެން ޕޮލަންޑްގެ ރައީސް އަންދްރޭ ޑޫޑާ ވިދާޅުވީ, ރަޝިޔާ ސިފައިން ހޮސްޕިޓަލްތަކާއި ހައުސިންގ އެސްޓޭޓްތަކަށް ބޮމާއި މިސައިލްގެ ހަމަލާތައް ދެމުންގެންދަނީ ބަޔަކު ގަސްދުގައި ނައްތާލަން ދޭ ހަމަލާތަކެއްފަދަ ގޮތަކަށް ކަމަށެވެ.

މިލިޓަރީ އެއްވެސް އިމާރާތެއް ނެތް ހިސާބެއްގައި ހުރި, މާބަނޑުމީހުންނާއި ކުޑަކުދިން ތިބޭ ހޮސްޕިޓަލްތަކަށް ބޮމުންނާއި މިސައިލުން ހަމަލާދީ މީހުން މަރަމުންދާ ދިޔުމަކީ ގަސްދުގައި ގިނަ އަދަދެއްގެ އިންސާނުން ތަކެއްމަރާލައި ގައުމެއް ނައްތާލަން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއްކަމާމެދު އެއްވެސް މީހަކު ޝައްކު ނުކުރާނެ ކަމަށް ރައީސް ޑޫޑާ ވިދާޅުވިއެވެ.

މިދެބޭފުޅުންގެ ކުރިން ތުރުކީގައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވަނީ, ރަޝިޔާ ސިފައިން ހަމަލާދިން ހޮސްޕިޓަލަކީ މިހާރު ހޮސްޕިޓަލަކަށް ބޭނުންކުރާ ތަނެއް ނޫންކަމަށާއި އެތަން ބޭނުންކުރަނީ ޔޫކްރެއިން ސިފައިންގެ ބޭނުންތަކަށް ކަމުގައެވެ.

ނަމަވެސް މިހަމަލާއަކީ ކިހިނެއް ހިނގި ކަމެއްތޯ ބަލަމުން ދާކަމުގައި ކްރެމްލިން އިން ވަކިން ބުނެފައިވެއެވެ.

ޕޮލެންޑުރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު