Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ހަނގުރާމައިގެ ތިންވަނަ ހަފުތާ ފެށުނު އިރުވެސް ސުލްހައިގެ ދޮރެއް ނުހުޅުވޭ

ތުރުކީގެ ފޮރިން މިނިސްޓަރު ކަވުސޮލޫ ވަނީ އެއް ފަހަރުން ސުލްހައިގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް އުންމީދުކޮށްގެން ނުވާނެކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 10 މާރިޗު 2022 | ބުރާސްފަތި 14:31
ރަޝިއާ ޔޫކްރެއިން ހަނގުރާމަ: ހަނގުރާމައިގެ ތެރޭގައި ގޮއްވާލާފައިވާ ޔޫކްރެއިންގެ އާންމުން ދިރިއުޅޭ އެޕާޓްމެންޓް ކޮމްޕްލެކްސްއެއް

ރަޝިއާ ޔޫކްރެއިން ހަނގުރާމަ: ހަނގުރާމައިގެ ތެރޭގައި ގޮއްވާލާފައިވާ ޔޫކްރެއިންގެ އާންމުން ދިރިއުޅޭ އެޕާޓްމެންޓް ކޮމްޕްލެކްސްއެއް

ބުރާސްފަތި ދުވަހު ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތިން ވަނަ ހަފުތާ މިވަނީ ފެށިފައެވެ. ހަނގުރާމަ ފެށި ސަބަބުތަކުން ކުރެ އެއްވެސް ސަބަބެއް އަދިވެސް ހާސިލުވެފަ ނުވާއިރު، ދެ މިލިއަނަށްވުރެ ގިނަ ޔޫކްރެއިން ރައްޔިތުން ރެފިއުޖީންނަށްވެ އެތައް ބަޔަކު މިވަނީ ގައުމުގެ އެތެރޭގައި "އިންޓަރނަލީ ޑިސްޕްލޭސްޑް" މީހުންނަށް ވެފައެވެ.

ތިން ފަހަރެއްގެ މަތިން މިހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާއިރު، މާބޮޑު ކުރިއެރުންތަކެއް ނުފެނުނެވެ. ބުރާސްފަތި ދުވަހު ދެ ގައުމުގެ ބޮޑުވަޒީރުން ބައްދަލުކުރައްވާފައިވާއިރު، މިއީ މިހަނގުރާމަ ފެށުނުފަހުން ދެގައުމުގެ ހައިލެވެލް ލީޑަރުން މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ތުރުކީގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮފް އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ކުލެބާގެ އިތުރުން ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސުލޯ ވަނީ މެދުވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ސުލްހައިގެ މަޝްވަރާތަކުގެ ހަވާސާގައި ބެއްވޭ މިބައްދަލުވުމަކީ ތިންގައުމުގެ ރައީސުން ބައްދަލުކުރައްވާ މަޝްވަރާގެ ބައްދަލުވުންތައް ފެށުމަށް މަގުފަހިކުރުމުގެ އުންމީދުގައި ބޭއްވި ބައްދަލުވުމެކެވެ. ނަމަވެސް މި ބައްދަލުވުން ނިންމާލި އިރު ސުލްހައިގެ މަޝްވަރާތަކުގައި މާބޮޑެތި ކުރިއެރުންތަކެއް ފެނިފައިނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިއީ ދެ ގައުމުންވެސް އެއްގައުމު އަނެއް ގައުމުގެ އަޖުމަ ބެލުމުގެ ގޮތުން ކުރިއަށްގެންދިޔަ ބައްދަލުވުމެއް ކަމަށް ދަނީ ބުނަމުންނެވެ.

ބައްދަލުވުން ކުރިއަށްދިޔަ ގޮތަށް ބަލައި ރަޝިއާއިން އޮތީ ގޮތްދޫކުރާނެ ގޮތަކަށް ނޫންކަމަށް ފާހަގަވި ކަމަށާއި ނަމަވެސް ޔޫކްރެއިންގެ ޑިމާންޑްތައް އަޑުއަހަން ދެކޮޅު ހަދާފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ބައްދަލުވުމަކީ ބެލަރޫސްގައި ކުރިއަށްދާނެ ސުލްހައިގެ މަޝްވަރާތަކަށް ފުށުއަރާނެ ބައްދަލުވުމަކަށް ހެދުމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮވް ދެކޮޅުހެއްދެވިއެވެ.

ބައްދަލުވުން ނިންމަވާލައްވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑްމީޓްރީ ކުލޭބާ ވަނީ ދެގައުމުންވެސް އިތުރު ހިއުމެނިޓޭރިއަން ކޮރިޑޯތައް ގާއިމުކުރުމަށް މަސައްކަތްކުރަން އެއްބަސްވެފައިވާކަން ހާމަކުރައްވާފައެވެ. އަދި ވަގުތުން މި ކޮރިޑޯތައް ގާއިމުކޮށް މަރިޕޯލް ގައި ތިބި އާންމު ރައްޔިތުންނަށް ރައްކާތެރި މަންޒިލުތަކަށް ދިއުމުގެ ފުރުސަތު ދިނުމުގެ މަސައްކަތް ފެށުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރު ކުލޭބާ ވަނީ ރަޝިއާއިން 24 ގަޑިއިރަށް ހަމަލާދިނުން މަޑުޖައްސާލައި މި ފުރުސަތު ދޭން އެއްބަސްވެ އެގޮތަށް އެކަން ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިގޮތަށް ބައްދަލުވުންތައް ކުރިއަށްދާނަމަ ކުރިއަށް އޮތްތާގައި މިފަދަ ބައްދަލުވުންތައް ކުރިއަށްގެންދަން ތައްޔާރަށް ހުންނެވިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުން ނިމިގެންދިޔައިރު ރަޝިއާއިން ނިންމި ނިންމުންތައް ވަރަށް ތަފާތެވެ. އެގޮތުން ޔޫރަޕުގެ ގައުމުތަކުން ވަނީ ރަޝިއާއާ ވަރަށް ބޮޑަށް ޖައްސާލާފައި ކަމަށާއި އެގައުމުތަކާއެކު މަސައްކަތްކުރަން ފަސޭހަ ނުވާނެކަމަށް ފާހަގަކޮށް ރަޝިއާއިން ވަނީ ޔޫރަޕިއަން ކައުންސިލުން ވަކިވެފައެވެ.

ބައްދަލުވުން ނިންމަވާލައްވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮވް ވަނީ ގައުމު ދިފާއު ކުރަން ކަމަށް ބުނެ ޔޫކްރެއިންގެ އާންމު ރައްޔިތުން އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ރަޝިއާއިން ހިއުމެނިޓޭރިއަން ކޮރިޑޯތައް ފޯރުކޮށްދެމުން ދާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަޝިއާގެ 'މިލިޓަރީ އޮޕަރޭޝަން' ތާވާލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އިތުރު ގައުމަކަށް ހަމަލާދޭން ރަޝިއާއިން ނޫޅޭ ކަމަށްވެސް ލެވްރޮވް ވަނީ ވިދާޅުވެފައެވެ.

ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުންދާ ދިއުމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އޭނާ ވަނީ އެގައުމުތަކުގެ ބަހާ އަމަލާ ދިމާ ނުވާކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ރަޝިއާއިން ކެރިގެން ކުރިމަތިލާނެ ކަމަށާއި މިފިޔަވަޅުތަކާހެދި ރަޝިއާއިން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެ ލެވްރޮވް ވަނީ ރަޝިއާގެ ތާރީހަށް ބަލާލިޔަސް މިފަދަ އެތައް ގޮންޖެހުންތަކަކާ ކެރިގެން ކުރިމަތިލާފައިވާތަން ފެންނަން އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މަޝްވަރާ ބައްދަލުވުން ނިންމާލުމަށްފަހު ތުރުކީގެ ފޮރިން މިނިސްޓަރު ކަވުސޮލޫ ވަނީ މިއީ ސުލްހަޔަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެއް ފަހަރުން މިފަދަ ބޮޑުކަމެއް ހާސިލުވާނެ ކަމަށް އުންމީދުކޮށްގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ގިނަ ގޮންޖެހުންތަކަކާއެކުވެސް މިއީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ހިއުމެނިޓޭރިއަން ކޮރިޑޯތައް ގާއިމުކުރުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމާއިގެ ސުލްހައިގެ މަޝްވަރާތައް މިހާތަނަށް ތިން ފަހަރަކު ވަނީ ބާއްވާފައެވެ. އަދި ހަތަރު ވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެކަމަށް ދެގައުމުންވެސް އެއްބަސްވެއެވެ. ގިނަ ބައްދަލުވުންތަކެއް ބޭއްވިގެން ގޮސްފައި ވީނަމަވެސް ސުލްހައިގެ ދޮރާ ހިސާބަށް އަދި ނުދެވެއެވެ. އެދޮރު ހުޅުވަން އަދި ދުވަސްކޮޅެއް ނަގާފާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު