Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާ އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި

10 މާރިޗު 2022 | ބުރާސްފަތި 09:20

މިބައްދަލުވުމަކީ މިހަނގުރާމަ އާއި ގުޅިގެން ދެގައުމުގެ ހައިލެވެލް ލީޑަރުންތަކެއް މިގޮތަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 މާރިޗު 2022 | ބުރާސްފަތި 09:20
ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮފް އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑްމޮޓްރީ

ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮފް އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑްމޮޓްރީ

ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ސުލްހައިގެ މަޝްވަރާތައް ކުރުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ފެށިއްޖެއެވެ.

ތުރުކީގައި ކުރިއަށްދާ ފޮރިން މިނިސްޓަރުންގެ މިބައްދަލުވުމަކީ މިހަނގުރާމަ އާއި ގުޅިގެން ދެގައުމުގެ ހައިލެވެލް ލީޑަރުންތަކެއް މިގޮތަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އެގޮތުން މިބައްދަލުވުމުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮފް އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ކުލެބާގެ އިތުރުން ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސުލޯ ބައިވެރުވެވަޑައިގަންނަވައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މިބައްދަަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ މެދުވެރިއެއްގެ ރޯލު އަދާކުރައްވަންށެވެ. ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކުގެ ހަވާސާގައި ބެއްވޭ މިބައްދަލުވުމަކީ ތިންގައުމުގެ ރައީސުން ބައްދަލުކުރައްވާ މަޝްވަރާގެ ބައްދަލުވުންތައް ފެށުމަށް މަގުފަހި ކޮށްދިނުމަށް ބާއްވާ ބައްދަލުވުމެއްކަމަށެވެ. އެއީ ރަޝިއާގެ ރައީސް ޕުޓިނާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަދި ތުރުކީގެ ރައީސް އުރުދުޣާން ބާއްވަވާ ބައްދަލުވުމެވެ.

މިބައްދަލުވުން ކުރިއަށްގެންދަނީ ތުރުކީގެ އަންޓަލްޔާ ސިޓީގައެވެ. ތުރުކީއިން މަސައްކަތްކުރަނީ މެދުވެރިއެއްގެ ރޯލު އަދާކޮށް މައްސަލައަށް ހައްލު ހޯދުމަށެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމާއިގެ ސުލްހައިގެ މަޝްވަރާތައް މިހާތަނަށް ތިން ފަހަރަކު ވަނީ ބާއްވާފައެވެ. އަދި ހަތަރު ވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެކަމަށް ދެގައުމުންވެސް އެއްބަސްވެއެވެ.

ސުލްހައިގެ މަޝްވްރާތަކުގެ ފުރަތަމަ ބުރު މާބޮޑު ކާމިޔާބީތަކެއް ނެތި ނިމުނު ނަމަވެސް، މަޝްވަރާތަކުގެ ދެވަނަ ބުރަކަށް ދިޔުމަށް ދެގައުމުންވެސް ވަނީ އެއްބަސްވެފައެެވެ. އަދި ދެވަނަ ބައްދަލުވުން ނިމުނުއިރު ޔޫކްރެއިންގެ އާންމު ރައްޔިތުން ގައުމުން ފައިބައިގެން ދިޔުމަށް ރައްކާތެރި މަގުތަކެއް ކަނޑައަޅަން ދެގައުމުން އެއްބަސްވިއެވެ. ނަމަވެސް އެ މަގުތަކުން ޔޫކްރެއިންގެ ރައްޔިތުންނަށް ދެވެން އޮތީ ރަޝިއާ ނުވަތަ ބެލަރުސްއަށް ކަމަށް ބުނެ ޔޫކްރެއިނުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

ސުލްހައިގެ މަޝްވަރާތަކުގެ ތިން ވަނަ ބައްދަލުވުން މިހަފުތާގެ ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު މި ބައްދަލުވުމުގައި ވަނީ އާންމު ރައްޔިތުން ގައުމުން ފައިބައިގެން ދިޔުމަށް ކަނޑައަޅާފައިވާ މަގުތައް އަލުން މުރާޖާކޮށްފައެވެ.

މި ބައްދަލުވުން ނިންމުމަށްފަހު ރަޝިއާގެ މަންދޫބުންގެ ޓީމުގެ މެމްބަރެއް ކަމުގައިވާ ރަޝިއާގެ ސްޓޭޓް ޑޫމާ ކޮމިޓީ އޮން އިންޓަނޭޝަނަލް އެފެއަރސްގެ ރައީސް ލިއޮނިޑް ސްލަސްކީ ވަނީ ހަތަރު ވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބެލަރޫސްގައި ބޭއްވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަދި ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް