Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީހުގެ 2021ގެ އަހަރީ ރިޕޯޓު

މިދިޔަ އަހަރު ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ 128 މައްސަލާގައި 1499 މީހުންގެ މައްޗަށް ދައުވާކޮށްފައިވޭ: ޕީޖީ

9 މާރިޗު 2022 | ބުދަ 19:21

282 މީހުންގެ މައްޗަށް ހުށަހަޅާފައިވާ ކުށުގެ ބާވަތަކީ ކެނެބިސް ބޭނުންކުރުމުގެ ދައުވާ

އަމްނާ އިމާދު
އަމްނާ އިމާދު | 9 މާރިޗު 2022 | ބުދަ 19:21
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

މިދިޔަ އަހަރު ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ 128 ބާވަތެއްގެ މައްސަލާގައި 1499 މީހުންގެ މައްޗަށް ދައުވާކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް މައި އޮފީހުން ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެ އަހަރުގެ މައްސަލަތަކުގެ ކުށުގެބާވަތަށް ބަލާއިރު، ޖުމްލަ 128 ބާވަތެއްގެ މައްސަލާގައި 1499 މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. މިބާވަތްތަކުގެ ތަފްސީލަށް ބަލާއިރު، 282 މީހުންގެ މައްޗަށް ހުށަހަޅާފައިވާ ކުށުގެ ބާވަތަކީ ކެނެބިސް ބޭނުންކުރުމުގެ ދައުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލަތަކެވެ. އެއީ، 257 މީހުންގެ މައްޗަށެވެ. މީގެ އިތުރުން 79 މީހުންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައެވެ.

ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ މައްސަލަތަކުގެ ބާވަތަށް ބަލާއިރު, ދައުވާލިބޭ ޖުމްލަ 46 އަންހެނުން ހިމެނޭއިރު ފިރިހެނުންގެ އަދަދަކީ 1453އެވެ. އަދި މިމައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތަކުގެ އުމުރުފުރާއަށް ބަލާއިރު، 18 އަހަރުން ދަށުގެ 10 ކުދިން ހިމެނޭއިރު 1489 މީހުންނަކީ 18 އަހަރުންމަތީ ފަރާތްތަކެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހެޑް އޮފީހުން ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެހެނިހެން އަހަރުތަކުގެ މައްސަލަތަކުގެ ކުށުގެ ބާވަތަށް ބަލާއިރު، ޖުމްލަ 73 ބާވަތެއްގެ ކުށުގެ މައްސަލާގައި 487 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ދައުވާ ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ 100 މީހުންގެ މައްޗަށެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ 94 މީހުންގެ މައްޗަށެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެއީ 34 މީހުންގެ މައްޗަށެވެ.

ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެހެނިހެން އަހަރުތަކުގެ މައްސަލަތަކުގެ ބާވަތަށް ބަލާއިރު, ދައުވާލިބުނު މީހުންނަކީ 19 އަންހެނުންނާއި 478 ފިރިހެނުންނެވެ. ދައުވާލިބޭ މީހުންގެ އުމުރުފުރާއަށް ބަލާއިރު، 18 އަހަރުން ދަށުގެ 61 ކުދިންނާއި 18 އަހަރުން މަތީގެ 426 ބޮޑެތިމީހުން ހިމެނެއެވެ.

2021 ވަނަ އަހަރުގެ މައްސަލަތަކަށް ފިޔަވަޅުއެޅުނުގޮތާ ބެހޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ, މިދިޔަ އަހަރުގެ ނިޔަލަށް ތަހުގީގީ އިދާރާތަކުން ހެޑް އޮފީހަށް ހުށަހަޅާފައިވާ، މި އަހަރުގެ މައްސަލަތަކުގައި ޖުމްލަ 1856 ފިޔަވަޅު އަޅާފައިވާ ކަމަށެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ނިންމައި ކޯޓުތަކަށް 1499 މީހުންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި 61 މީހުންގެ މައްސަލަ ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވާލާފައިވެއެވެ. 72 މީހުންގެ މައްސަލައަކީ އަލުން ހުށަހެޅުމަށް އަނބުރާ ފޮނުވާލާފައިވާ މައްސަލައެވެ. މީގެއިތުރުން، އެކި ސަބަބުތަކާހުރެ އަނބުރާ ފޮނުވާލާފައިވާ, 40 މީހުންގެ މައްސަލައާއި، އިތުރަށް ކުރިއަށްގެންދިޔުމުގެ މަޞްލަޙަތު ނެތިގެން އަނބުރާ ފޮނުވާލި 37 މީހުންގެ މައްސަލަ ވެސް ހިމެނެއެވެ.

އެހެން އަހަރުތަކުގެ މައްސަލަތަކާމެދު ފިޔަވަޅު އަޅާފައިވާގޮތާ ބެހޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ, އެ އޮފީހުގެ ހެޑް އޮފީހުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ނުނިމިހުރި އޭގެ ކުރީގެ އަހަރުތަކުގެ މައްސަލަތަކުގައި ޖުމްލަ 1489 ފިޔަވަޅު އަޅާފައިވާކަމަށެވެ.

މި މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ނިންމައި ކޯޓުތަކަށް 487 މީހުންގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. 46 މީހުންގެ މައްސަލަ ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވައި 196 މީހުންގެ މައްސަލަ އަލުން ހުށަހެޅުމަށް އަނބުރާ ފޮނުވާލާފައިވެއެވެ. މީގެއިތުރުން އެކިސަބަބުތަކާހުރެ އަނބުރާ ފޮނުވާލާފައިވާ 156 މީހުންގެ މައްސަލައާއި، އެކިސަބަބުތަކާ ހުރެ އެ އޮފީހުގައި ހިފަހައްޓާފައި އޮތް 2 މީހެއްގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް އަނބުރާ ފޮނުވާފައިވާ 3 މީހުންގެ މައްސަލައާއި، އިތުރަށް ކުރިއަށްގެން ދިޔުމުގެ މަސްލަހަތު ނެތިގެން 208 މީހުންގެ މައްސަލަ ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
22 ޑިސެމްބަރު 2024

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

22 ޑިސެމްބަރު 2024
ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި
01 އޮކްޓޯބަރު 2024

ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

01 އޮކްޓޯބަރު 2024
ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް