Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ދަތުރުތަކުގެ އަގު ގެ މައްސަލަ

ޓެކްސީ ސެންޓަރުތަކުގެ ޑިމާންޑް: މީޓަރު ހަރުކުރެވެން ދެންވެސް އަގުތައް ބޮޑުކޮށްދީ

މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމާ ބެހޭ ގޮތުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 މާރިޗު 2022 | ބުދަ 13:31
ޓެކްސީ ދަތުރުތައް ކުރާ އަގަށް ސަރުކާރުން ބަދަލު ނުގެންނަ ނަމަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ކުރުން ހުއްޓާލާނެ

ޓެކްސީ ދަތުރުތައް ކުރާ އަގަށް ސަރުކާރުން ބަދަލު ނުގެންނަ ނަމަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ކުރުން ހުއްޓާލާނެ

ޓެކްސީ ސެންޓަރުތަކުގެ އިސްވެރިން ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި އެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިން ބުނީ ތެލުގެ އަގު ބޮޑުވެފައިވާތީ މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމި ނިންމުން މިނިސްޓްރީއަށް ހުށަހެޅުމާއި ގުޅިގެން، އެ މިނިސްޓްރީގެ އެދުމުގެ މަތިން މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމާ ބެހޭ ގޮތުން ކަމަށާއި އަގުތަކާއި ގުޅިގެން އޮތް ހައްލަކީ މީޓަރު ހަރުކުރުން ކަމަށް ގިނަ ސެންޓަރުންތަކުގެ އިސްވެރިން ޤަބޫލު ކުރާ ކަމަށެވެ. އަދި މީޓަރު ހަރުކުރެވެން ދެންވެސް އަގުތައް ބޮޑުކޮށްދިނުމަށް ސެންޓަރުގެ އިސްވެރިން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ޓެކްސީ ދަތުރުތައް ކުރާ އަގަށް ސަރުކާރުން ބަދަލު ނުގެންނަ ނަމަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ކުރުން ހުއްޓާލުމަށް ޓެކްސީތަކުގެ ޑްރައިވަރުން ނިންމާފައިވާ ނިންމުން ދަމަހައްޓާނެ ކަމަށް ސެންޓަރުތަކުގެ އިސްވެރިން ވަނީ ބުނެފައެވެ. އަދި ހުށަހެޅި ކަންބޮޑުވުންތަކަށް މިނިސްޓްރީން ވަރަށް އަވަސް ޖަވާބެއް ދެއްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވާ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށްވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާއެވެ.

މިނިންމުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ބުނީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އާންމުންގެ ބަޔެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖު ތެޔޮ އަގުބޮޑުވުމުގެ ކުރިންވެސް ވަނީ ފަށާފައެވެ.އަދި ޓެކްސީގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި އެންމެންނަށް ބޭނުންޖެހިފައިވާ އާންމު ޚިދުމަތެއް ފޯކޮށް ދިނުމަށް ވުރެ އެފަރާތްތަކުން ބަލަނީ ހަމައެކަނި އަމިއްލަ ފައިދާޔަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.އަދި މިކަމަކީ ސަރުކާރުން އަވަސް ހައްލެއް ހޯދާދޭން ޖެހިފައިވާ ކަމެއް ކަންވެސް އެފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

ޓެކްސީ ޚިދުމަތްމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
10 ޖުލައި 2025

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު