Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލް މެޗަށް އެމްބާޕޭ ފިޓު

މިހާތަނަށް އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި 52 ގޯލު ޖަހާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 މާރިޗު 2022 | ބުދަ 13:16
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗަށް ޕީއެސްޖީގެ ޒުވާންތަރި ކީލިއަން އެމްބާޕޭ ފިޓްކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ޕިއެސްޖީގެ ފަރިތަކުރުމުގައި އެމްބާޕޭއަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ކުޅެވޭނެ ކަމާއިމެދު އޮތީ ސުވާލު އުފެދިފައެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވެ މިހާރު އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވާން ފަށާފައެވެ.

ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ބުރުގައި ރެއާލް އާއި ޕީއެސްޖީ މިރޭ ބައްދަލުކުރާއިރު، މި މެޗަށް އެމްބާޕޭ ފިޓް ވުމަކީ އެޓީމުގެ ކޯޗު ޕޮޗެޓީނޯއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެމްބާޕޭ ނެތި ފްރާންސް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ނީސް އާއި ވާދަކުރި މެޗުންވެސް ވަނީ 1-0 ގެ ނަތީޖާ އަކުން ބަލިވެފައެވެ.

އަނެއްކޮޅުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލްއާއި ބައްދަލުކުރި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެމެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ޕިއެސްޖީއަށް ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ. ޗެމްޕިއަންސް ލީގުގެ މި ސީޒަންގައި މިހާތަނަށް އެމްބާޕޭ ވަނީ ފަސް ލަނޑު ޖަހާ، ހަ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މީގެ ކުރިންވެސް އެމްބާޕޭއަކީ ކާމިޔާބު ކުޅުންތެރިއެކެވެ. ގަދަ 16 ފައި 11 މެޗު ކުޅެފައިވާއިރު، އެމްބާޕޭ ވަނީ އަށް ގޯލު ޖަހާފައެވެ. މިހާތަނަށް އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި 52 ގޯލު ޖަހާފައެވެ.

ޗެމްޕިއަންސް ލީގުކީލިއަން އެމްބާޕޭޕީއެސްޖީރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު