Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރުކަށް އެރުމަށް ސްކޫޓަރެއް

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

ގަނަޕަތީ ބަޓް 20 މީޓަރު ދިގު ފެން ފޯއް ރުއްތަކަށް އެރުމަށް މި ސްކޫޓަރު ބޭނުން ކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 މާރިޗު 2022 | ބުދަ 08:23
މި ސްކޫޓަރަށް ނަންދީފައިވަނީ "ޓްރީ ސްކޫޓަރު" ގެ ނަމުން

މި ސްކޫޓަރަށް ނަންދީފައިވަނީ "ޓްރީ ސްކޫޓަރު" ގެ ނަމުން

އިންޑިއާގެ ރައްޔިތަކު ފެން ފޯއް ރުކަށް އެރުމަށް ސްކޫޓަރެއް އުފައްދައިފިއެވެ.

އުމުރުން 50 އަހަރުގެ ގަނަޕަތީ ބަޓް 20 މީޓަރު ދިގު ފެން ފޯއް ރުއްތަކަށް އެރުމަށް މި ސްކޫޓަރު ބޭނުންކުރާއިރު އޭނާ ބުނީ މިއީ އަމިއްލައަށް އުފެއްދި އެއްޗެއް ކަމަށެވެ. އޭނާ މި ސްކޫޓަރަށް ކިޔަނީ "ޓްރީ ސްކޫޓަރު" އެވެ.

މި ސްކޫޓަރުގައި އިންނަ ފިއްތަށް ފިއްތާލުމުން، އޭތީ މަޑުމަޑުން މައްޗަށް އަރައިގެންދެއެވެ. މި ސްކޫޓަރުގައި ދެ ފުރޮޅު ހުރެއެވެ. އޭނާ މި ސްކޫޓަރު ބޭނުންކުރަނީ މެންގަލޫރުގައި ހުންނަ ފެން ފޯއް ރުއްތަކުން ފެން ފޯއް ނެގުމަށެވެ.

ބަޓް ބުނީ އޭނާ މިފަދަ ސްކޫޓަރެއް ހެދުމުގެ ވިސްނުން އައިސް 2014 ވަނަ އަހަރު އޭގެ މަސައްކަތް ފެށީ އުމުރުން ދުވަސްވުމުންނާއި ހެޔޮ އަގެއްގައި ރުކަށް އަރައިދޭނެ މީހަކު ނުލިބުން ކަމަށެވެ.

މި ސްކޫޓަރު ހެދުމަށާއި ރިސާޗްތައް ހެދުމަށް ބަޓް ވަނީ 4 މިލިއަން އިންޑިއަން ރުޕީސް ހޭދަކޮށްފައެވެ. އޭނާ މި ޑިވައިސް ހެދީ އިންޖީނިއަރިންގ ދަންނަ މީހަކާއެކުގައެވެ.

ބަޓް ބުނީ އޭނާގެ ރަށުގެ މީހުން އޭނާއަކީ މޮޔައެއް ކަމަށް ބުނެ ސުވާލު އުފައްދާފައިވާ ކަމަށެވެ. އެއީ މި ސްކޫޓަރާމެދު އެމީހުންނަށް އިތުބާރު ނެތުމާއި ވިއްސާރަ މޫސުމުގައި މި މަސައްކަތް ކުރާނެ ކަމާމެދު ޝައްކު އުފެދުމުން ކަމަށެވެ. ބަޓްގެ އަންހެނުން ޖަޔަލަކްޝްމީ ވެސް ފުރަތަމަ ހީކުރީ އޭނާ މި ސްކޫޓަރު އުފެއްދުމަށް، ބޭކާރު ފައިސާ ޚަރަދު ކުރާ ކަމަށެވެ.

ބަޓް ބުނީ މި ސްކޫޓަރު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފެން ފޯއް ނެގޭ ކަމަށެވެ. ސްކޫޓަރު ބޭނުންނުކޮށް ކުރިން ދުވާލެއްގެ މައްޗަށް ނެގެނީ 100 ފެން ފޯއް ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޓް ބުނީ މީގެ އެހެން ސްކޫޓަރުތައް ވެސް އޭނާ އުފައްދާފައިވާ ކަމަށެވެ. އަދި މިހާތަނަށް 300ށް ވުރެން ގިނަ ސްކޫޓަރުތައް ވިއްކާފައިވާ ކަމަށެވެ. ކޮންމެ ސްކޫޓަރެއް އޭނާ ވިއްކީ 62،000 އިންޑިއަން ރުޕީސްއަށެވެ.

ބަޓް ބުނީ އޭނާ އަދިވެސް އިތުރު ސްކޫޓަރެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެއީ ރުކަށް އެރުމަށް ބޭނުންކުރާނެ ސްކޫޓަރަކަށްވާއިރު އޭގެ ދިރާސާތައް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. އަދި ވަރަށް އަވަހަށް މި އުފެއްދުން ވެސް ނެރެވޭނެކަމަށް އޭނާ އުންމީދު ކުރެއެވެ.

އިންޑިއާ އަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނައިން ފޯއް އުފައްދާ ޤައުމެވެ. އެގޮތުން 2020 އަދި 2021 ވަނަ އަހަރު 1.2 މިލިއަން ޓަނުގެ ފޯއް ވަނީ އުފައްދާފައެވެ.  

ރޮއިޓަރސްސްކޫޓަރެއް އުފެއްދުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

01 ޖުލައި 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު