Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީހުގެ އަހަރީ ރިޕޯޓް

ޤާނޫނަށް ބަދަލު ގެނެސްގެންވިޔަސް، ޝަރީއަތްތައް އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ: ޕީޖީ ޝަމީމް

9 މާރިޗު 2022 | ބުދަ 06:03

ޝަރީއަތްތައް ނުނިމި ދިގުލައިގެންދާ މައްސަލައަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި އޮތް ކަންބޮޑުވުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2022 | ބުދަ 06:03
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޝަމީމް ވަނީ ވާނުވާގެ މައްސަލަތައް ދިގުލައިގެން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޝަމީމް ވަނީ ވާނުވާގެ މައްސަލަތައް ދިގުލައިގެން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައި

ޤާނޫނަށް ބަދަލު ގެނެސްގެންވިޔަސް، ޝަރީއަތްތައް އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައިވާއިރު، ޕީޖީ ހުސައިން ޝަމީމް ވަނީ އެ އަހަރު ކުރެވިފައިވާ މުހިއްމު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕީޖީގެ މަޤާމާއި ޙަވާލުވެވަޑައިގަތީއްސުރެ އެންމެ އިސްކަމެއް ދެއްވައިގެން ޙައްލު ކުރައްވަން ބޭނުންވި ކަމަކީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތައް އަވަސް ކުރެވޭތޯ ބެލުންކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، އެކަމުގައި ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެންވެސް، ނިމިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ. އެހެންނަމަވެސް، މިހިނގާ 2022 ވަނަ އަހަރު ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްގެން ވިޔަސް، ޝަރީޢަތްތައް އަވަސް ކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި 3 ވަނަ އިސްލާހުގައި، އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގައި ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަންވާނެ ކަމަށެވެ. އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށެވެ.

އެހެންނަމަވެސް، އެފަރާތްތަކުގެ ޝަރީއަތްތައް ނުނިމި ދިގުލައިގެންދާ މައްސަލައަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ. އެގޮތުން މައްސަލަތައް ނުނިމި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭގައި 6 އަހަރު ދުވަހު ބަންދުގައި ތިބި މީހުން އެބަތިބިކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށް، "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އެންމެ އުފެއްދުންތެރި ޙައްލަކީ ދެމިގެންދާ ޝަރީއަތް (ކޮންޓިނިއަސް ހިއަރިން) ކަމަށް ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ނުނިމި ދިގުލައިގެން ދިޔުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި އެކަމަށް ޙައްލެއް ގެނައުމަށްޓަކައި އެކި މަސައްކަތްތައް ކުރެވިފައިވާކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ، މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުން ކަމަށެވެ.

މެދުނުކެނޑި ހިނގާ ޝަރީއަތްތައް ކުރިއަށް ގެންދިޔުމަކީ ޕީޖީ އޮފީހުން މީގެ ކުރިންވެސް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެކެވެ. އެގޮތުން ކުޑަ ކުދިންނާމެދު ޖިންސީ އަމަލުތައް ހިންގާ މީހުން މައްސަލަތައް އަވަސް ކުރުމަށް މެދުނުކެނޑި ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓަށްވެސް ޝަމީމް ހުށައެޅުއްވިއެވެ. އެގޮތުގެ މަތިން ބައެއް މައްސަލަތައް ނިންމައި ޙުކުމްވެސް ކޮށްފައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
29 ސެޕްޓެމްބަރު 2025

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
25 ސެޕްޓެމްބަރު 2025

މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި

25 ސެޕްޓެމްބަރު 2025
މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި
05 ސެޕްޓެމްބަރު 2025

ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން

05 ސެޕްޓެމްބަރު 2025
ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
11 ޖުލައި 2025

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ

11 ޖުލައި 2025
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް