Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަވަހަށް ކޮންޓްރޯލްކުރަން ޖެހޭ: ޝީ ޖިންޕިންގް

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ޗައިނާ، ފްރާންސް އަދި ޖަރުމަން ގުޅިގެން މަސައްކަތްކުރަން ޖެހޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މާރިޗު 2022 | ބުދަ 06:34
ޗައިނާގެ ރައީސް ޝީ ޖިންޕިންގް

ޗައިނާގެ ރައީސް ޝީ ޖިންޕިންގް

ޔޫރަޕުގައި ހަނގުރާމައިގެ އަލިފާންގަނޑު ރޯވަމުންދާ މަންޒަރުބަލަން ފަސޭހަނޫން ކަމަށާއި ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަވަހަށް ކޮންޓްރޯލްކުރަން ޖެހޭކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ އަންގާރަ ދުވަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޮލްޒް އާއެކު ވަރޗުއަލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޝިއާ ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ޖެހޭކަމަށް ޗައިނާގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ޗައިނާ، ފްރާންސް އަދި ޖަރުމަން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިންގެ މިހާރުގެ ހަލާތާމެދު ކަންބޮޑުވާކަމަށް ވިދާޅުވެ ޝީ ޖިންޕިންގ ވަނީ މިމައްސަލަ އިތުރަށް ހޫނުވިޔަ ނުދީ ހައްލުކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ފްރާންސާއި ޖަރުމަނުން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ޝީ ޖިންޕިނގް ވަނީ ވިދާޅުވެފައެވެ.

ޝީ ޖިންޕިންގް ވަނީ ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފައިސާގެ ނިޒާމަށާއި ހަކަތައިގެ ސަޕްލައި އަދި ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޗައިނާ އާއި ރަޝީއާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެފައިވާ މިދަނޑިވަޅުގައި ޔޫކްރެއިނަށް ރަޝިއާއިން ދެމުންދާ ހަމަލާތައް ޗައިނާއިން ކުއްވެރިއެއް ނުކުރެއެވެ. އަދި ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ. ނަމަވެސް ޔޫކްރެއިނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ވަނީ ނިންމާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޗައިނާފްރާންސްޖަރުމަނު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު