Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީ ޖަލުގައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް

ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން ޤައިދީން ރެކްރޫޓް ކުރާ މައްސަލައިގައި ހުށިޔާރުވާން ޖެހޭ: ސީޕީ

8 މާރިޗު 2022 | އަންގާރަ 23:17

މި  ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މާރިޗު 2022 | އަންގާރަ 23:17
 ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު

ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރަމުންދާ ކަމަށާއި، ޖަލު ބަލަހައްޓާ ފަރާތުގެ ހައިޞިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސްއިން ހުށިޔާރު ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން އޮފިސަރުންނަށް ހިންގި "ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާކަމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއްކަމުގައެވެ. 

Advertisement - newsAdvertisement

ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް މުޙާތަބްކުރައްވާ ކޮމޝަނަރ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާޙައުލުގައި މި ޓްރޭނިންގ އިން ލިބުނު ޢިލްމުގެ ޢަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެމެރިކާގެ ޖަސްޓިސް ޑިޕަރޓްމަންޓަށް ޝުކުރު އަދާ ކުރައްވަމުން ސީޕީ ވިދާޅުވީ މުސްތަޤްބަލުގައިވެސް މިފަދަ މުޙިއްމު ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޢުންމީދު ކުރައްވާކަމަށެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވި އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސްގެ އިންޓަނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓަޕް) ގެ ކޮންސަލްޓަންޓްކަމަށްވާ މރ. މައިކް ޕަނެކް ވިދާޅުވީ ދަސްވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަދި ހަރުކަށި ފިކުރުގެ ފަރާތްތައް ރިހެބިލިޓޭޓްކޮށް ބަދަލުކުރުވުމަކީ މިކަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުމެވެ. މިގޮތުން މިފަދަ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ ޤާއިމްކޮށްފައެވެ. މިޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް