Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ނުފިލަން އަދި އެއްވެސް މީހަކު ދެކެ ބިރެއްވެސް ނުގަނޭ – ޒެލެންސްކީ

ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާފައިވެސް ގައުމީ މި ހަނގުރާމަ ކާމިޔާބު ކުރައްވާނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 23:13
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

"އަޅުގަނޑު މިހުރީ ކީވްގައި. ކީވްގެ ބަންކޮވާ މަގުގައި. އަޅުގަނޑު ނުފިލަން އަދި އެއްވެސް މީހަކު ދެކެ ބިރެއް ނުގަނޭ" މިއީ ޒެލެންސްކީ އެމަނިކުފާނު ހުންނެވިތަން ހާމަކުރައްވަމުން އިންސްޓަގްރާމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ވާހަކަފުޅެވެ. އިތުރަށް ވިދާޅުވީ ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާފައިވެސް ގައުމީ މި ހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނުފިއްލަވާ ކަމަށާއި، އަދި އެއްވެސް މީހަކު ދެކެ ބިރުފުޅު ނުގަންނަވާ ކަމަށް ވިދާޅުވެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހުންނެވި ތަނުގެ ލޮކޭޝަން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ގައުމު ދޫކުރައްވާ ފިއްލަވާވަޑައިގެންނެވި ކަމުގެ ވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ދައުރުވާން ފެށި ހިސާބުންނެވެ.

ރަޝިޔާއިން ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ޒެލެންސްކީގެ ފުރާނަފުޅު ދުއްވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޭޒުކޮޅު ކައިރީގައި އިންނަވާ ގައުމީ ދިދަ ފެންނަ ވީޑިއޯގައި ޒެލެންސްކީ ވިދާޅުވީ ކުރިމަތިލުންތަކާއި ކުރިމަތިލައްވަމުން ގެންދަވާތާ 12 ދުވަސް ވެއްޖެ ކަމަށެވެ. އަދި ތިއްބެވީ ބިންމަތީގައި ކަމަށެވެ. މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހުންނެވީ ވެރިރަށް ކީވްގައި ޓީމާއި އެކުގައި ކަމަށެވެ.

ޒެލެންސްކީ ވަނީ ރަޝިޔާ އާއި ދެކޮޅަށް ޔޫކްރޭންގެ ލަޝްކަރު ހަނގުރާ ކުރައްވަމުން ގެންދަވާތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ގަބޫލުކުރައްވަނީ ރަޝިޔާ އިން ކުރަމުން އަންނަ ހަނގުރާމަ ކާމިޔާބުވާނީ ޔޫކްރޭނަށް ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާގެ އަސްކަރިއްޔާ އިން ވަނީ އެތައް ސަތޭކަ މިސައިލް ޔޫކްރެއިނަށް ފޮނުވާލާފައެވެ. މީގެއިތުރުން އެކި ސިޓީތަކަށާއި ތަންތަނަށް ވަނީ ހަމަލާތައް ދީފައެވެ.

މިހާތަނަށް އައި އިރު 300ށް ވުރެ ގިނަ އާންމުން ހަމަލާތަކުގައި މަރުވެފައިވާ އިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެކަމަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހުން ބުނެއެވެ. މީގެ އިތުރުން 1.5 މިލިއަން މީހުން ޔޫކްރެއިން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވާ އިރު، މިއީ ފަހުގެ ތާރީހެއްގައި އުފެދިދާނެ ރެފިއުޖީންގެ މައްސަލަ ކަމުގައި ވަނީ ބެލެވިފައެވެ.

މިއީ އަސްކަރީ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ ރަޝިޔާއިން ހަނގުރާމަ ފަށާފައިވާއިރު، ރަޝިޔާއިން ބުނެފައިވަނީ އަސްކަރީ އޮޕަރޭޝަންނަކީ ޔޫކްރެއިންގައި ތިބި ރަޝިޔާގެ ބަހުން ވާހަކަ ދައްކާ މީހުންނާއި ދެކޮޅަށް އެގައުމުން ކުރަން އުޅޭ ކަންކަން ހުއްޓުވާ ޔޫކްރެއިން އައްޑަނައަކަށް ބޭނުންކޮށްގެން އެމެރިކާއިން ރަޝިޔާއަށް ބިރުދެއްކުން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ނަމަވެސް ހުޅަނގުން ވަނީ ރަޝިޔާގެ ރައީސްގެ މި ވާހަކަތަކަކީ ހަނގުރާމައެއް ކުރައްވަން ވެގެން ދައްކަވާ ‘ހޮޅި’ ވާހަކައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެމެރިކާއިން އިސްވެ ހިންގާ ނޭޓޯއިން ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީފައެވެ. މީގެއިތުރުން ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެގައުމަށް އިގްތިސާދީ ގޮތުން ވަނީ ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު