Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސ

ގިންތިކުރުމަކާ ނުލައި ފަންނީ އުފެއްދުންތައް އާންމުކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާ ބިލުގެ ބަހުސް ފަށައިފި

8 މާރިޗު 2022 | އަންގާރަ 11:25

ގިންތި ކުރުމަށް ޓަކައި ހުށަހަޅާނީ ނޭޝަނަލް ބިއުރޯ އޮފް ކޮލިފިކޭޝަނަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 މާރިޗު 2022 | އަންގާރަ 11:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ގިންތިކުރުމަކާ ނުލައި ފަންނީ އުފެއްދުންތައް އާންމުކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާ ބިލުގެ ބަހުސް ފަށައިފިއެވެ.

ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ.

Advertisement - newsAdvertisement

މި ބިލަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ، އެ އުފެއްދުމެއް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނަ ގޮތަކަށް ގިންތިކުރެވޭނެ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށް ޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް އެކަށައެޅުމާއި، ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ އުފެއްދުންތައް ފާސްކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓުކުރުމުގެ ޗެނަލްތައް ގިންތިކުރުމަށް ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައި ސަރުކާރުން ހުށަހެޅުއްވި ބިލެކެވެ.

ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތައް ގިންތިކުރުމާ ގުޅޭ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރާނީ ނޭޝަނަލް ބިއުރޯ އޮފް ކޮލިފިކޭޝަނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކުގެ ތެރެއިން ފިލްމާއި ސައުންޑް ރެކޯޑިންއާއި، ވީޑިއޯ ގޭމު ނުވަތަ އިލެކްޓްރޯނިކް ގޭމާއި، ފޮޓޯއާއި، ކުރެހުމާއި، ޕަރފޯމަންސް ޢާޓްސްއާއި ޢަދަބީ އުފެއްދުންތައް އާންމުކުރަންވާނީ ގިންތިކުރުމަށްފަހު ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ވިޔަފާރި ބޭނުމަށް ނުވަތަ ވިޔަފާރި ކުރިއަރުވަން ކަމަށް ނުވާ ގޮތަށް މީސްމީޑިއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އާންމު ފަރުދުން އަމިއްލަ ބޭނުމަށް އާންމުކުރާ ފަންނުވެރި އުފެއްދުންތައް އިސްތިސްނާވާނެއެވެ.

ބިލުގައިވާގޮތުން ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ގިންތިކުރުމަށް ޓަކައި ހުށަހަޅާނީ ނޭޝަނަލް ބިއުރޯ އޮފް ކޮލިފިކޭޝަން އަށެވެ.

ރީބްރޯޑްކާސްޓުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ޗެނަލް އާންމުކުރުމުގެ ކުރިން ގިންތިކުރުމުގެ ބިއުރޯއަށް ހުށަހަޅަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވީ ނަމަވެސް، ރީބްރޯޑްކާސްޓުކުރާ ބްރޯޑްކާސްޓިންގ ޚިދުމަތްދޭ ޗެނަލްތަކާއި ދިވެހި ޗެނަލްތައް ގިންތިކުރުމުގައި އިސްތިސްނާވެގެންވެއެވެ.

ދިވެހިރާއްޖޭގައި އުފައްދާ އަދަބީ އުފެއްދުންތައް ޝާއިޢުކުރުމުގެ ކުރިން އެ އުފެއްދުމެއް ބިއުރޯއަށް ހުށަހަޅައި ފާސްކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައި ބަޔާންކޮށްފައިވާ އެއްވެސް އުފެއްދުމެއް ގިންތިކުރުމަކާ ނުލައި ނުވަތަ ގިންތިކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަކާ ނުލައި އާންމުކުރުން ނުވަތަ ޝާއިޢުކުރުމަކީ މަނާ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެފަދަ ޢަމަލެއް ކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް