Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަން

ޕީޖީ އޮފީހުން ކޯޓުތަކަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 634 މައްސަލައެއް މިދިޔަ މަހު ކެންސަލް

8 މާރިޗު 2022 | އަންގާރަ 07:37

ފެބްރުއަރީ މަހު 1688 މައްސަލައެއް ކޯޓުތަކުގައި ތާވަލު ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2022 | އަންގާރަ 07:37
ޕީޖީ އޮފީހުގެ ކުރިއަށްދިޔަ ޝަރީއަތުގެ ސެޝަނެއްގެ ތެރެއިން

ޕީޖީ އޮފީހުގެ ކުރިއަށްދިޔަ ޝަރީއަތުގެ ސެޝަނެއްގެ ތެރެއިން

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 634 މައްސަލައެއް މިދިޔަ މަހު ކެންސަލްވެފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ވަނީ އެ އޮފީހުގެ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން ފެބްރުއަރީ މަހު 1688 މައްސަލައެއް ކޯޓުތަކުގައި ތާވަލު ކޮށްފައިވާއިރު، އޭގެ ތެރެއިން 1054 މައްސަލައެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި 634 މައްސަލައެއް ވަނީ ކެންސަލްވެފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓަށް ބަލާއިރު، އެ ކޯޓުގައި މައްސަލަތައް ކެންސަލްވި ނިސްބަތް ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު ވަަނީ ދަށް ވެފައެވެ. އެގޮތުން ޖެނުއަރީ މަހު 272 މައްސަލަ ކެންސަލްވެފައިވާއިރު، ފެބްރުއަރީ މަހު ކެންސަލްވެފައިވަނީ 223 މައްސަލައެވެ. ޖެނުއަރީ މަހު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ބޭއްވިފައިވަނީ 189 މައްސަލައެއް ނަމަވެސް ފެބްރުއަރީ މަހު އެ އަދަދު ވަނީ 388 އަށް އިތުރުވެފައެވެ.

ޑިއުޓީ ޕްރޮސެކިއުޝަން:

ފެބްރުއަރީ މަހު ޑިއުޓީ ޕްރޮސެކިއުޝަނަށް 144 މައްސަލަ ހުށައެޅިފައިވާއިރު، އޭގެ ތެރެއިން 10 މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައިވެއެވެ. އަދި 60 މައްސަލައެއް އިތުރު މައުލޫމާތު ސާފު ކުރުމަށް އަނބުރާ ފޮނުވާލާފައިވެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 50 މައްސަލައެއް އެ އޮފީހުން ވަނީ ޑިއުޓީ ޕްރޮސެކިއުޝަނަށް ބަލައިގެންފައެވެ. އަދި މިހާރުވެސް 18 މައްސަލައެއް ދިރާސާ ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ހުށައެޅިފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި ގުޅޭ މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 35 މައްސަލައެއް ހުށައެޅިފައިވާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގުޅޭ 28 މައްސަލައަކާއި، ވައްކަމާއި ގުޅޭ 23 މައްސަލައެއްވެސް ހިމެނެއެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ ތަހުގީގީ އިދާރާތަކުން ދައުވާ ކޮށްދިނުން އެދި މައްސަލައެއް ޕީޖީއަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާއި މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާއި ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމާއި މަޝްވަރާކުރުމެވެ.

މިހާރު ކުރިއަށްގެންދާ އުސޫލުން ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފުރަތަމަ ފަށާފައިވަނީ ޕީޖީގެ މަގާމާއި ހުސެއިން ޝަމީމް ހަވާލު ވެވަޑައިގެންނެވި ފަހުންނެވެ. މި މަރުހަލާ ތައާރަފު ކުރަން ނިންމީ އެމްއެމްޕީއާރުސީ މައްސަލައިގައި ޕީޖީ އޮފީހުގައި ކަން ހިނގައި ދިޔަ ގޮތް ބެލުމަށްޓަކައި ހެދި އިންޓަރނަލް އިންކުއަރީގައި، އެއްވެސް ހަމައެއް ނެތި ބައެއް މައްސަލަތައް ބަލައިގަނެފައިވާކަން ހާމަވުމުންނެވެ.

ޑިއުޓީ ޕްރޮސެކިއުޝަންގެ ސަބަބުން ތަހުޤީޤީ އިދާރާތަކާއި ގުޅިގެން ބޮޑެތި މައްސަލަތައްވެސް ދެބަސްވުމެއް ނުވަތަ ޙިޔާލު ތަފާތުވުމެއް ނެތި ކޯޓަށް ހުށައެޅި ޝަރީއަތްތައް ކުރިއަށްދާނެކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
22 ޑިސެމްބަރު 2024

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

22 ޑިސެމްބަރު 2024
ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި
01 އޮކްޓޯބަރު 2024

ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

01 އޮކްޓޯބަރު 2024
ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް