Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ސުންގަޑީގެ ކުރިން މާލީ ބަޔާން ހުށަނާޅައިފިނަމަ ލަސްވި މުއްދަތަށް ބަލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 މާރިޗު 2022 | ހޯމަ 11:44
މި ގާނޫނުގެ ދަށުން ކުށެއްގެ ދައުވާކޮށް ޝަރީއަތަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައ ބަލައި ހުކުމް ކުރަންވާނެ

މި ގާނޫނުގެ ދަށުން ކުށެއްގެ ދައުވާކޮށް ޝަރީއަތަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައ ބަލައި ހުކުމް ކުރަންވާނެ

މާލީ ބަޔާން ހުށަހެޅުމަށް ގާނޫނުއަސާސީގައި ލާޒިމްކޮށްފައިވާ މީހުންގެ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނޭނަމަ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ޖަލަށް ލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ބިލު މަޖިލީހަށް ބަލައިގަތީ 58 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މި ބިލަކީ، މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލެވެ. ބިލުގައިވާ ގޮތުން ދޮގު މާލީ ބަޔާން ހުށަހަޅައިފިނަމަ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 2 އަހަރަށް އެމީހަކު ޖަލަށް ލެވޭނެއެވެ.

ބިލު ހުށަހެޅުމުގެ މަގްސަދަކީ، މާލީ ބަޔާން ހުށަހަޅަންޖެހޭ މީހުންނާއި، ދައުލަތުގެ މަގާމުތައް އަދާކުރާ މީހުންގެ މަލީ އަދި އެހެނިގެން މަސްލަހަތު ހާމަކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއެކު ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލްތަކާއި މިންގަޑުތައް ކަނޑައެޅުމެވެ.

ބިލުގައިވާ ގޮތުން މާލީ ބަޔާންތަކުގެ ސައްޚަކަން ކަށަވަރުކުރާ މުއައްސަސާއަކުން އަންގާ އެންގުމަކާއި ޚިލާފުވެއްޖެނަމަ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެެ.

ސުންގަޑީގެ ކުރިން މާލީ ބަޔާން ހުށަނާޅައިފިނަމަ ލަސްވި މުއްދަތަށް ބަލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެެ.

ދޮގު މާލީ ބަޔާން ހުށަހަޅައިފިނަމަ ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 2 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައިވެއެވެ. އަދި އެމީހަކު ހުރި މަގާމަކުން ވަކިކޮށް ތަހުގީގު ކުރެވޭނެ ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ސިއްރު ޝަކުވާއަކާ ގުޅޭ މައްސަލައެއް އާންމުކޮށް، ބަޔާނެއް ނައްތާލައިފިނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު ގިނަވެގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މި ގާނޫނުގެ ދަށުން ކުށެއްގެ ދައުވާކޮށް ޝަރީއަތަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައ ބަލައި ހުކުމް ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައްބިލުގައި ވަރަށް ތަފްސީލުކޮށް ހިމަނާފައިވާއިރު، އެކަމުގައި އެކިއެކި ޒިންމާތައް އަދާކުރާނެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު