Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުންގެ އޮނިގަނޑު

ޕޮލިސް ކޮމާންޑް ސެންޓަރގެ ލެވެލް މަތިކުރުމަކީ ޖޯކެއް: އެމްސީ ހަމީދު

ކޮމާންޑް ސެންޓަރުގެ ލެވަލް މަތިކުރީ އޭސީޕީ ނަވާޒަށް އެކަށޭނަ ޕޯޓްފޯލިއޯއެއް ދިނުމަށް: ހަމީދު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 14:04
ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު)

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު)

ފުލުހުންގެ ކޮމާންޑް ސެންޓަރގެ ލެވެލް މަތިކޮށްފައިވާ ކަމަށާ، އެގޮތަށް އެކަން ކުރުމަކީ ޖޯކެއް ކަމަށް، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެމްސީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދާދި ފަހުން، ފުލުހުންގެ ކޮމާންޑް ސެންޓަރުގެ އިސްވެރިޔާގެ މަޤާމަށް ބަދަލުކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްގެ ރޭންކާއި އެކަށޭނަ ޕޯޓްފޯލިއޯއެއް އެބޭފުޅާއަށް ދިނުމަށް ފުލުހުންގެ ކޮމާންޑް ސެންޓަރު ކޮމާންޑް/ޑައިރެކްޓްރޭޓް ގެ ލެވެލްއަށް މަތިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްސީ ހަމީދު ވިދާޅުވީ މިފަދަ ބޭނުމަކަށް، މިގޮތަށް ކަންކުރުމަކީ ޖޯކެއް ކަމަށެވެ.

ފުލުހުންގެ އޮނިގަނޑަށް ގެނައި ބަދަލަކާއި ގުޅިގެން އެމްސީ ހަމީދު ފާޑު ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް ހަމީދު ވަނީ ފުލުހުންގެ ކަންކަމާއި ގުޅިގެން ފާޑު ވިދާޅުވެފައެވެ. އެގޮތުން ހަމީދު ވަނީ ފުލުހުންގެ ޚިދުމަތް ދިނުމުގައި ގެންގުލޭ ބައެއް އުސޫލުތަކަށް ފާޑުވިދާޅުވެފައެވެ.

ދާދިފަހުން، ރާއްޖެޓީވީގެ "60 މިނިޓަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްސީ ހަމީދު ވިދާޅުވީ ފުލުހުން މިހާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށާއި، ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުންގެ މުއައްސަސާ މަސައްކަތްތައް ބިނާކުރަން ޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މިއަދު ފުލުހުންގެ މުއައްސަސާއިން ފެންނަމުންދާ މަންޒަރަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހާ ހިލާފް އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގެންގުޅެން ޖެހޭ އަސާސްތަކާ ހިލާފް ކަންތައްތަކެއް ކުރަމުންދާ މަންޒަރުކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގެންގުޅެން ޖެހޭނެ އެންމެ މުހިންމު އެއް އަސާސަކީ މުޖުތަމަޢު ތެރޭގައި ހިންގާ ކުށްތަށް ރައްޔިތުންނާ ހަމައަށް ރިޕޯޓްކޮށް ކުށްތަކަށް އަރައިގަންނަ ފަރާތްތަށް ހޯދައި އެ ފަރާތްތަށް ޝަރީޢަތުގެ ކުރިމަށްޗަށް ގެންގޮސް ކުށްވެރިންނަށް ހައްގު އަދަބު ދިނުން ކަމަށެވެ. ނަމަވެސް އެ ވާޖީބްތައް އަދާކުރުމުގައި ވެސް މިއަދު ފުލުހުން ފަހަތު ފަޔަށް ބަރުވެފައިވާ ކަމަށާއި އެގޮތުން ފުލުހުން މުއައްސަސާ މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ރޫހާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފަހަކަށް އައިސް ފުލުހުންގެ ހަރަކާތްތަކާއި ބަސްތަކާއި ފުލުހުންގެ ފަރާތުން އިވޭ އަޑުތައް މުޅިން ހުންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހާ ހިލާފަށް ކަމަށް ހަމިދު ވަނީ ތުޙުމަތުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު