Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނާއި ނަރުދަމާގެ ބިލު

ފެނާއި ނަރުދަމާގެ ބިލު މަޖިލީހަަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

7 މާރިޗު 2022 | ހޯމަ 07:16

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓްކޮށް ސެޓިފައިކުރާނެ ގަވާއިދުތައް އެކުލަވާލަންޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 މާރިޗު 2022 | ހޯމަ 07:16
ފެނާއި ނަރުދަމާއަަށް ދިމާވާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ބިލަށް ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ފަސޭހަވެގެންދާނެ

ފެނާއި ނަރުދަމާއަަށް ދިމާވާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ބިލަށް ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ފަސޭހަވެގެންދާނެ

ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު އެންވައިރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވައިފިއެވެ.

ބިލު ބަލައިގަތީ 58 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. އޭނާ މި ބިލު ހުށައެޅުއްވީ ފެބްރުއަރީ 2022 ގައެވެ. ބިލް ހުށަހަޅުއްވަމުން ޔާސިރު ވިދާޅުވެފައިވަނީ ފެނާއި ނަރުދަމާއަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީން ކުރަމުންދިޔަ މަސައްކަތުގެ ދަށުން އެކަން ހާސިލު ކުރެވިފައިވާކަމަށެވެ.

2020 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނާއި ނަރުދަމާގެ ގާނޫނު އެކުލަވާލައި މިއަސާސީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެން ދިޔަކަމަށްވެސް މެމްބަރު ޔާސިރު ވަނީ ފާހަގަކުރައްވާފައެވެ.

ބިލަށް ގެނެސްފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓްކޮށް ސެޓިފައިކުރާނެ ގަވާއިދުތައް އެކުލަވާލަންޖެހެއެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުންވެސް ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތާއި އެއްގޮތުގެ މަތިން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ މުއްދަތަކަށް ޕްލޭނެއް އެކުލަވާލައި މިނިސްޓްރީ އަށާއި އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. އަދި ކޮންމެ 5 އަހަރަކުން މިޕްލޭން މުރާޖާކުރަމުން ގެންދަންޖެހެއެވެ.

އިޔާދަކުރަނިވި ހަކަތައާއި ބެހޭގޮތުން އިސްލާހުގައި ބުނެފައިވަނީ ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ގްރިޑް ސެޓެބިލިޓީއަށް ބުރޫނާރާނެ އެންމެ މަތީ މިންވަރަކަށް އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެއެވެ.

އަދި ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޚިލާފަށް އެއްވެސް އަމަލެއްކޮށްފިނަމަ އެކަން ކުރި ފަރާތެއް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް