Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖްކުރުން

ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކާއެކު ކުނީގެ މައްސަލަ ހައުލުވެގެންދާނެ - ޝައުނާ

އައްޑޫގައި 50 ޓަނުގެ ވޭސްޓް އެނަރޖީ ޕްލާންޓެއް މިހާރު ހުންނާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 މާރިޗު 2022 | ހޯމަ 05:10
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި ސުވާލުކުރެއްވުން

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި ސުވާލުކުރެއްވުން

ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކާއެކު ކުނީގެ މައްސަލަ ހައުލުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އޮތީ ކުނި ޖަމާކުރުމުގެ އުސޫލް ކަމަށާއި، ކުނިން އާމްދަނީ ހޯދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ކުނީގެ މައްސަލަ ހައްލު ކުރަމަށް މިހާރު މަސައްކަތް ފެށިގެން ކުރިއަށްދާކަމަށާއި، އެމަސައްކަތުގެ ތެރެއިން ކުނި ވަކިކޮށްފައި ބަހައްޓާނެ ތަނެއް ހުންނާނެ ކަމަށެވެ.

އެގޮތުން 3 ސަރަހައްދެއްގައި ރީޖނަލް ވޭސްޓް މެނެޖްމެންޓް ސެންޓަރު ގާއިމް ކުރެވިގެންދާނެ ކަމަށާއި، ރ. ވަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޖޫން މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. ތިލަފުށީގެ ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާސްޓްރަކޗަރ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އައްޑޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުވެސް މި އަހަރު އޮޕަރޭޓް ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އައްޑޫގައި 50 ޓަނުގެ ވޭސްޓް އެނަރޖީ ޕްލާންޓެއް މިހާރު ހުންނާނެ ކަމަށެެވެ.

ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ފުރިހަމައަށް މަަސައްކަތް ކުރުުގެ ގޮތުން ވޭސްޓް ކަލެކްޝަން ސެންޓަރުތަކެއްވެސް ގާއިމް ކުރެވިގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއާއެކު ކުނީގެ މައްސަލައަށް ހައްލު ލިބގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހއ، ހދ އަދި ށ ގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް އޮފިޑާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ ވޭސްޓް ޓްރާންސްފަރ ސެންޓަރުތައް ޖޫން މަހު އޮޕަރޭޝަނަށް ގެނައުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އެތައް އަހަރެއް ވަންދެން ތިލަފުށިން އަރަމުންދިޔަ ދުން ހުއްޓުމަކަށް ގެނެވިފައިވުން އެއީ ބޮޑު ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވިއެވެ. ރިސޯޓްތަކުންވެސް ގެނެވޭ ކުނިވެސް މެނޭޖް ކުރެވޭނެ އިންތިޒާމްތައް މިހާރު ތިލަފުށީގައި ހުންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އައިމިނަތު ޝައުނާކުނި މެނޭޖްކުރުންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު