Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ފުލުހުންގެ ވަފުދެއް އެމެރިކާއަށް ވަޑައިގަތު

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ގުޅޭގޮތުން އެމެރިކާގެ އެފްބީއައިއާއެކު މަޝްވަރާކޮށްފި

ދިވެހި ފުލުހުންގެ ވަފުދެއް ވަނީ ފެބްރުއަރީ މަހުގެ 27 އިން މާރޗް 5 އަށް އެމެރިކާއަށް ވަޑައިގަންނަވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 6 މާރިޗު 2022 | އާދީއްތަ 10:03
ދިވެހި ފުލުހުންގެ އިސްވެރިން ޔޫއެސް ޖަސްޓިސް ޑިޕާޓްމެންޓާއި ބައްދަލުކުރެއްވުން

ދިވެހި ފުލުހުންގެ އިސްވެރިން ޔޫއެސް ޖަސްޓިސް ޑިޕާޓްމެންޓާއި ބައްދަލުކުރެއްވުން

ދިވެހި ފުލުހުންގެ އެންމެ އިސްވެރިން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގައި ޓެރަރިޒަމާއި، ކުށް ކުރުން ހުއްޓުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ 27 އިން މާރޗް 5 އަށް ދިވެހި ފުލުހުންގެ އެންމެ އިސްވެރިންގެ ޓީމެއްވަނީ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމަށް އެހީވާނެ އެތައް ކަމެއް ކުރައްވާފައިވާކަމަށް ކޮމިޝަނަރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މިގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓާއި، އެފްބީއައި އަދި ނިއު ޔޯރކުގެ ފުލުހުންގެ އިދާރާ (އެންވައިޕީޑީ) އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން މި ބައްދަލުކުރެއްވުމުގައި ޓެރަރިޒަމް ހުއްޓުވުމަށް ޓެރަރިސްޓުން ސްކްރީންކޮށް އެމީހުން ދެނެގަތުމާއި ގުޅޭ މަޝްވަރާތައް ކުރުމާއި، ކުށް މަދުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމާއި، ތަހުގީގީ މަރުހަލާގައި އަމަލުކުރާ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ އިސްވެރިންގެ މި ވަފުދުން ވަނީ ނިއު ޔޯކުގައި ހުންނަވާ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރާވެސް ބައްދަލުކުރައްވައި މުހިންމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާކުރެއްވުން ތަކުގައި މި ދާއިރާއިން އެމެރިކާ އާއި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ވަފްދުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އަދި އެސިސްޓެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ އިތުރުން މައްސަލަތައް ތަހުގީގުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ،

މޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު