Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ އިންސްޓިޓިއުޓްގެ މަސައްކަތް

ފެނަކަ އިންސްޓިޓިއުޓް: އިތުރު ކޯސްތައް ފެށުމަށް ތައްޔާރުވެ، ބައިނަލްއަގުވާމީ ފެންވަރަށް މަސައްކަތް ފުޅާކުރަނީ

އައު ހޯދުންތައް ހޯދުމަށް ފެނައިން ގިނަ މަސައްކަތްތައް ކުރަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2022 | އާދީއްތަ 08:21
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

ފެނަކަ އިނސްޓިޓިއުޓުން ޓެކްނިކަލް ދާއިރާތަކާއި ގުޅޭ އިތުރު ކޯސްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރަށް މަސައްކަތް ކުރުމަށް އަމާޒު ހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާރޗް އިން ކުރިއަށް ގެންދިޔަ ފުނަރު ޕްރޮގްރާމްގެ ދަށުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސްގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އައު ހޯދުންތައް ހޯދުމަށް ފެނައިން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަމުންދަނީ ޓެކްނިކަލް ދާއިރާއިންނާއި، ފެނާއި ކަރަންޓާއި ނަރުދަމާ ނިޒާމު ގާއިމްކުރުމާއި ގުޅޭ އިތުރު ކޯސްތައް ފެށުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ ފެނަކަ އިންސްޓިޓިއުޓް އޮފް ރިސަރޗް އެންޑް ޓެކްނޮލޮޖީ އުފެއްދުމާއި އެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި ކަމަށާއި، ޒުވާނުންތަކެއް ތަމްރީންކޮށް އަމަލީ މައިދާނަށް ނެރެވޭނެ ކަމާއިމެދު ސުވާލު ވެސް އުފެއްދި ކަމަށެވެ. ނަމަވެސް ގިނަ ގޮންޖެހުންތާއެކު މަސައްކަތް ފަށައި، ވަރަށް ކާމިޔާބު ކަމާއެކު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު މި ޕްރޮގްރާމްތަކަށް ރައްޔިތުން އިތުބާރު ކުރާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ 2021 ވަނަ އަހަރު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ މަސައްކަތާއެކު މިހާތަނަށް 113 މީހުން ތަމްރީން ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު ޒުވާނުން މިދާއިރާއަށް ނެރި، ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ގައުމުތަކުން ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކާއި މަޝްވަރާކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކައިގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޒަމާނާ އެއްގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސްގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 23 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ.

ފެނަކަ ކޯޕަރޭޝަން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު