Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލިވަޕޫލް އެއްވަނައާއި ގާތަށް ޖެހިލިއިރު، ޗެލްސީއަށް ބޮޑު މޮޅެއް

6 މާރިޗު 2022 | އާދީއްތަ 08:24

ބާންލީ އަތުން ޗެލްސީ މޮޅުވީ 4-0 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 6 މާރިޗު 2022 | އާދީއްތަ 08:24
ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި ވެސްޓްހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި ވެސްޓްހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި ވެސްޓްހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައާއި ގާތަށް ލިވަޕޫލް ޖެހިލިއިރު، ބޮޑު ތަފާތަކުން ޗެލްސީ ބާންލީ ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ވެސްޓެހޭމް އާއި ބައްދަލުކުރި މެޗުން ލިވަޕޫލް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ލިވަޕޫލްއަށް ލަނޑު ޖަހައިދިނީ ސަޑިއޯ މާނޭއެވެ.

މީގެ އިތުރުންވެސް ލަނޑު ޖެހުމަށް ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ބޯޅަ ވެސްޓްހޭމްގެ ކީޕަރު ލޫކަސް ފަބިއަންސްކީ މަތަކުރިއިރު، ވެސްޓް ހޭމްގެ ފޯވާޑް މިކޭލް އެންޓޯނިއޯ ފޮނުވާލި ދެ ހަމަލާވެސް ދިފާއު ކުރީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއެވެ.

މި ނަތީޖާ އާއެކު ލިވަޕޫލް ތާވަލުގެ ދެވަނައިގައި އޮތީ 27 މެޗު ކުޅެގެން ލިބުނު 63 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 27 މެޗު ކުޅެ 66 ޕޮއިންޓު ހޯދާއިގެންނެވެ.

ޕްރިމިއަރ ލީގުގައި ޗެލްސީއާއި ބާންލީ ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީއަށް ލަނޑު ޖަހައިދިނީ ރީސް ޖޭމްސް، ކައި ހަވާޓްޒް އަދި ކްރިސްޓިއަން ޕުލިސިޗްއެވެ. މި މެޗުގައި ހަވާޓްޒް ދެ ލަނޑު ޖެހިއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 53 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ވެސްޓްހޭމް ފަސްވަނައިގައި އޮތީ 45 ޕޮއިންޓު ލިބިގެންނެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލެސްޓަރ ސިޓީ ވަނީ 1-0 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. ސައުތެމްޓަން އަތުން 4-0 ގެ ނަތީޖާ އަކުން އެސްޓަން ވިލާ ކުރިހޯދިއިރު، ބްރެންޓްފޯޑް ނޯވިޗް ސިޓީ ބަލިކުރީ 3-1 އިންނެވެ. އަދި ނިއުކާސަލް އަތުން 3-1 ން ބްރައިޓަން ބަލިވިއިރު، ކްރިސްޓަލް ޕެލެސް ވަނީ 2-0 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ.

ޕްރިމިއަރ ލީގުޗެލްސީލިވަޕޫލް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް