Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް

ރަޝިޔާއިން ފީފާ އާއި ޔުއެފާގެ މައްސަލަ ހުށަހަޅަނީ

ގިނަ ގައުމުތަކަކުން އަންނަނީ ރަޝިޔާއާއެކު މެޗުތައް ކުޅުމަށް ދެކޮޅު ހަދަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 11:08
ފީފާ އަދި ޔުއެފާއިން ބައިނަލްއަގްވާމީ މެޗުތަކުން ރަޝިޔާ ސަސްޕެންޑް ކުރުން

ފީފާ އަދި ޔުއެފާއިން ބައިނަލްއަގްވާމީ މެޗުތަކުން ރަޝިޔާ ސަސްޕެންޑް ކުރުން

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި ޔުއެފާއިން ރަޝިޔާގެ ފުޓްބޯޅަ ޓީމުތަކަށް އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅާނެކަމަށް ރަޝިޔަން ފުޓްބޯލް ޔޫނިއަން (އާރްޔޫއެފް) އިން ބުނެފިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ރަޝިޔާއަށް ގިނަ ފިއްތުންތަކަކާއި ކުރިމަތިލާން ޖެހިފައި ވާއިރު، ފީފާ އަދި ޔުއެފާއިން ވަނީ ބައިނަލްއަގްވާމީ މެޗުތަކުން ރަޝިޔާ ސަސްޕެންޑް ކޮށްފައެވެ. މީގެ ކުރިން ފީފާ އަދި ޔުއެފާއިން ވަނީ މެޗުތަކުގައި ރަޝިޔާގެ ދިދަ އާއި ގައުމީ ސަލާމް ބޭނުންކުރުންވެސް މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން ރަޝިޔާއިން ވަނީ ފީފާ އަދި ޔުއެފާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، އެގައުމުގެ އަންހެން އަދި ފިރިހެން ޓީމަށްވެސް ބައިނަލްއަގްވާމީ މެޗުތައް ކުޅެވޭ ގޮތަށް ނިންމުމަށް އެދިފައެވެ. އަދި މިއަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕްގެ ކޮލިފައިން މެޗުތަކުގައި ކުޅުމުގެ ފުރުސަތު ރަޝިޔާއަށް ދިނުމަށްވެސް އެގައުމުން އެދިފައިވެއެވެ. މި ސަސްޕެންޝަން އުވާނުލައިފިނަމަ އެމައްސަލަ ސީއޭއެސްއަށް ހުށަހަޅާނެކަމަށްވެސް އާރްއެފްޔޫއިން ނެރުނު ބަޔާނުގައިވެއެވެ.

ވޯލްޑްކަޕްގެ ކޮލިފައިންގައި މި މަހު 24 ވަނަ ދުވަހު ރަޝިޔާގެ ފިރިހެން ޓީމު ޕޮލެންޑާއި ވާދަކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ރަޝިޔާގައެވެ. އަދި މި މެޗުން މޮޅުވާ ޓީމެއް އޭގެ ފަސް ދުވަސް ފަހުން ވާދަކުރަން ޖެހޭނީ ސްވިޑެން ނުވަތަ ޗެކް ރިޕަބްލިކާއެވެ. ނަމަވެސް މި ތިން ޓީމުންވެސް ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެގައުމާއެކު ކުޅުމަށް ދެކޮޅުހަދާފައެވެ.

މީގެ އިތުރުން ހަނގުރާމައިގެ ކަންކަމުގައި ބެލަރޫސްއިން ރަޝިޔާއަށް ތާއިދު ކުރުމާއި ގުޅިގެން ފީފާއިން ވަނީ ބެލަރޫސްއާއި މެދުވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން ބެލަރޫސް ކުޅޭ ބައިނަލްއަގްވާމި މެޗުތަކަށް ސަޕޯޓަރުން ނުވެއްދޭގޮތަށް ފީފާއިން ވަނީ ނިންމާފައެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ވޯލްޑްކަޕް ބާއްވާފައިވަނީ ރަޝިޔާގައެވެ. ރަޝިޔާގެ މޮސްކޯގައި ކުޅުނު ފައިނަލް މެޗަށް އެގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަޑައިގެންފައިވެއެވެ.

ފީފާޔުއެފާރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު