Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނާއި ނަރުދަމާގެ ނިޒާމު

މިހާރު ވެސް 20 ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އެބަދޭ: ޝާހު

ކުރީގެ ސަރުކާރުތަކުން ފަށާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މާރިޗު 2022 | ހުކުރު 08:25
އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު

މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން 20 ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފަރާތުން އެންމެ ފުރަތަމަ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދޭން ފެށީ ގްރޭޓަރ މާލެ ސަރަހައްދަށް ކަމަށެވެ. އެއީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުއްޓައްކަން ޝާހު ފާހަގަކުރެއްވިއެވެ. މިހާރު ޚިދުމަތް ފުޅާކުރަމުންދާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ރ.ދުވާފަރު، ކުޅުދުއްފުށި ސިޓީ، އަދި ކ.މާފުށުއްޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑަބްލިއުއެސްސީގެ ބިޒްނަސް ޕްލޭނަށް އިޝާރާތް ކުރައްވައި ޝާހު ވިދާޅުވީ އެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރުމަށް ބާރު އަޅާ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުގެ އެއްބާރުލުމާއެކު 20 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން ކުރިއަށްދާ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފަށާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރަމުންދާ ކަމަށެވެ.

މިހާރު ވެސް 20 ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ކުރިއަށްދާކަން ޝާހު ފާހަގަކުރައްވާފައިވާއިރު، ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. އެގޮތުން އެ އަމާޒަށް ވާސިލް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

އެމްޑަބްލިއުއެސްސީން މައުލޫމާތު ދޭ ގޮތުގައި ފާއިތުވި 3 އަހަރު ތެރޭގައި އެކުންފުނިން ރާއްޖޭގައި ހިންގާފައިވާ އެކި ޕްރޮޖެކްޓްތަކަށް 1.8 ބިލިއަން ރުފިޔާ އަރައެވެ. މިސަރުކާރުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭއިރު، އެމްޑަބްލިއުއެސްސީގެ އަމާޒަކީ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި ވެށީގެ ރައްކާތެރިކަން ހޯދައިދިނުމެވެ.

އެމްޑަބްލިޔުއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު