Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ދަރިވަރަކު ޔޫކްރެއިންގައި ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައެއްނުވޭ: އިންޑިޔާ

4 މާރިޗު 2022 | ހުކުރު 02:38

އިންޑިޔާގައި ހުންނަ ރަޝިޔާ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޔޫކްރެއިންގެ ސަލާމަތީ ފައުޖުތަކުން އިންޑިޔާގެ ކިޔަވާކުދިން ރަހީނުންގެ ގޮތުގައި ބޭނުންކުރަމުން އަންނަކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މާރިޗު 2022 | ހުކުރު 02:38
ޔޫކްރެއިންގައި ހުރި އިންޑިޔާ ދަރިވަރަކު އިންޑިޔާއަށް އެނބުރި ދިޔުމުން ދަރިވަރުގެ މަންމަ އޭނާގެ ގައިގައި ބައްދާލަނީ

ޔޫކްރެއިންގައި ހުރި އިންޑިޔާ ދަރިވަރަކު އިންޑިޔާއަށް އެނބުރި ދިޔުމުން ދަރިވަރުގެ މަންމަ އޭނާގެ ގައިގައި ބައްދާލަނީ

ޔޫކްރެއިންގައި އިންޑިޔާ ދަރިވަރަކު ރަހީނުކޮށްފައިވާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށް އިންޑިޔާއިން ބުނެފިއެވެ.

އިންޑިޔާއިން މިހެން ބުނީ ޚާރްކީވްގައި ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ގަދަކަމުން ގިނަ އަދަދެއްގެ ބަޔަކު ހިފަހައްޓާފައިވާކަމަށް ރަޝިޔާއިން ތުހުމަތުކުރުމާއި ގުޅިގެންނެވެ. ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި ޔޫކްރެއިން އިން އަންނަނީ އިންސާނުން ހަނގުރާމައިގެ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ.

އިންޑިޔާގައި ހުންނަ ރަޝިޔާ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޔޫކްރެއިންގެ ސަލާމަތީ ފައުޖުތަކުން އިންޑިޔާގެ ކިޔަވާކުދިން ރަހީނުންގެ ގޮތުގައި ބޭނުންކުރަމުން އަންނަކަމަށާއި ނިވާފަތްގަނޑެއްގެ ގޮތުގައި އެކުދިން ބޭނުންކުރަމުން އަންނަކަމަށެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ އެންމެ ބޮޑަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ގެއްލުންވަމުންދާ ސަރަހައްދެވެ. 1.5 މިލިއަން މީހުން ދިރިއުޅެމުން އަންނަ އެސަރަހައްދުގައި އިންޑިޔާގެ ގިނަ އަދަދެއްގެ ކިޔަވާކުދިން ވަނީ ނިކުމެވޭނެ ގޮތެއް ނެތި ތާށިވެފައެވެ. އަދި މެޑިސިން ކިޔަވަމުންދިޔަ އިންޑިޔާ ދަރިވަރަކު އަންގާރަ ދުވަހު ވަނީ ޚާރްކީވްއަށް ރަޝިޔާއިން ދިން ހަމަލާތަކެއްގައި މަރުވެފައެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން އަރިންދަމް ބަގްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޚާރްކީވްގައި ތިބި ގިނަ އަދަދެއްގެ ކިޔަވާކުދިންނަށް އެސަރަހައްދުން ބޭރަށް ނިކުތުމުގައި ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވަކަމަށެވެ. ނަމަވެސް އެއްވެސް ދަރިވަރަކު ރަހީނުކުރި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބުދަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ޔޫކްރެއިންގައި ތިބި އިންޑިޔާ ކިޔަވާކުދިން އަމާން ރައްކާތެރި ގޮތަކަށް ޔޫކްރެއިން އިން ނިކުމެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑިޔާގައި ހުންނަ ރަޝިޔާ އެމްބަސީން ބުނެފައިވަނީ ޚާރްކީވްގައި ތިބި އިންޑިޔާ ކުދިން އެތަނުން ރައްކާތެރިކަމާއެކު ނެރެވޭނެ ގޮތެއް އިންތިޒާމުކުރަމުންދާކަމަށެވެ.

ޔޫކްރެއިން ސަރުކާރާގެ ތަފާސްހިސާބުތައް ދައްކާގޮތަށް ޔޫކްރެއިންގައި އެކި ގައުމުތަކުގެ ކިޔަވާކުދިންގެ ގޮތުގައި 76،000 ކުދިން އުޅެއެވެ. އޭގެތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ އިންޑިޔާ ދަރިވަރުންނެވެ.

އިންޑިޔާއިން ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުމަށް ދެކޮޅުހަދާފައެވެ. ނަމަވެސް ހަމަލާ ބަދަލުކުރުން ހުއްޓާލާ ސުލްހައިގެ މަގު ޚިޔާރުކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިންޑިއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް