Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތައް

ރަޝިއާ - ޔޫކްރެއިން ސުލްހައިގެ ވާހަކަތައް: ދެވަނަ ބުރު ބުރާސްފަތި ދުވަހު

ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށްދާނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 މާރިޗު 2022 | ބުރާސްފަތި 00:55
ރަޝިއާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދިޔަ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބުރު

ރަޝިއާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދިޔަ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބުރު

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށްދާނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައެވެ. ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ޔޫކްރެއިންގެ ޓީމު ބެލަރޫސް އަށް ދިޔުމަށް ޔޫކްރެއިން އިން ފުރާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީގެ އެންމެ އިސް އެޑްވައިޒަރ މަކައިލޯ ޕޮޑޯލްޔަކް ރޮއިޓަރސް އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މީގެކުރިން ރަޝިޔާގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވަނީ ރަޝީޔާގެ ވަފުދު ޔޫކްރެއިންގެ ވަފުދު ބެލަރޫސް އަށް އަންނާނެކަމަށް އުންމީދުކުރާކަމަށެވެ.

ހަނގުރާމައަށް 7 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އަންގާރަ ދުވަހު ވަނީ ސުލްހައިގެވާހަކަތަކުގެ ފުރަތަމަ ބުރު ބާއްވާފައެވެ. ފުރަތަމަ ބުރުގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބެލަރޫސް އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ. އެވާހަކަތައް ނިމުނީ ވަކިކޮޅެއްގައި ނުޖެހިއެވެ. ނަމަވެސް ވާހަކަތައް އިތުރަށް ކުރިޔަށް ގެންދިޔުމަށް ދެފަރާތުންވެސް އެއްބަސްވެފައިވެއެވެ.

ދެފަރާތަށްވެސް ވާހަކަދެކެވި އެއްބަސްވުމަކާއި ހަމައަށް އާދެވޭނެ މުހިންމު ކަންތައްތަކެއް ފުރަތަމަ ބުރުގައި ވަނީ ކަނޑައެޅިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ދެފަރާތުން އެއްބަސްވުމަކާއި ހަމައަށް އަންނަން ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ޔޫކްރެއިންގެ ފަރާތުން ބޭނުންވަނީ ވަގުތުން ވަގުތަށް ހަމަލާ ދިނުން ހުއްޓާލުމާއި ރަޝިޔާގެ ފައުޖުތައް މިހާރުން މިހާރަށް ޔޫކްރެއިން އިން ފޭބުމަށެވެ. ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިން ދުވަހަކުވެސް ނޭޓޯ އާއި ނުގުޅޭނެ ކަމުގެ ޔަގީންކަން ދިނުމާއި ރަޝިޔާގެ ސަލާމަތަށްޓަކައި ޔޫކްރެއިން ވަކިކޮޅަކަށް ނުޖެހި އޮތުމަށެވެ. މީގެއިތުރުން ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ކްރައިމިޔާ އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ރަޝިޔާއިން ހުށަހަޅާފައިވެއެވެ.

ރަޝިޔާ-ޔޫކްރެއިން ސުލްހައިގެ ވާހަކަތައް

އިތުރަށް ކިޔާލަން

24 ޖުލައި 2024

ރަޝިއާ އާ ވާހަކަ ދައްކަން ތައްޔާރު ކަމަށް ޔޫކްރެއިން އިން ބުނެފި

24 ޖުލައި 2024
ރަޝިއާ އާ ވާހަކަ ދައްކަން ތައްޔާރު ކަމަށް ޔޫކްރެއިން އިން ބުނެފި
21 ނޮވެމްބަރު 2022

ޔޫކްރެއިން ދިފާޢު ނުކުރެވިއްޖެނަމަ އަނިޔާވެރިކަމާ ދިމާއަށް ދުނިޔޭގެ މިޞްރާބު ބަދަލުވެދާނެ: އެމެރިކާ

21 ނޮވެމްބަރު 2022
ޔޫކްރެއިން ދިފާޢު ނުކުރެވިއްޖެނަމަ އަނިޔާވެރިކަމާ ދިމާއަށް ދުނިޔޭގެ މިޞްރާބު ބަދަލުވެދާނެ: އެމެރިކާ
18 އޯގަސްޓު 2022

ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓަށް ގެއްލުންދިނުމަކީ އަމިއްލައަށް މަރުވުން: ގުޓަރެސް

18 އޯގަސްޓު 2022
ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓަށް ގެއްލުންދިނުމަކީ އަމިއްލައަށް މަރުވުން: ގުޓަރެސް
30 މާރިޗު 2022

އަބްރަމޯވިޗަށް ވިހަދިން ވާހަކަ ފެންމަތިވެފައި ވަނިކޮށް ތުރުކީގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެއްޖެ

30 މާރިޗު 2022
އަބްރަމޯވިޗަށް ވިހަދިން ވާހަކަ ފެންމަތިވެފައި ވަނިކޮށް ތުރުކީގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެއްޖެ
30 މާރިޗު 2022

ކިޔެވް އާއި އުތުރު ސަރަހައްދުތަކަށްދޭ ހަމަލާތައް މަދުކުރުމަށް ރަޝިޔާއިން ވައުދުވެއްޖެ

30 މާރިޗު 2022
ކިޔެވް އާއި އުތުރު ސަރަހައްދުތަކަށްދޭ ހަމަލާތައް މަދުކުރުމަށް ރަޝިޔާއިން ވައުދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު