Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރޭން - ރަޝިއާ ސުލްހައިގެ ވާހަކަތައް

ރަޝިއާ އާ ވާހަކަ ދައްކަން ތައްޔާރު ކަމަށް ޔޫކްރެއިން އިން ބުނެފި

ޔޫކްރެއިންގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ރަޝިއާ އާ އެކު ވާހަކަ ދައްކަން ޔޫކްރެއިން އިން ތައްޔާރަށް އޮތް ކަމަށް ބުނި ނަމަވެސް ރަޝިއާގެ ފުށުން އެކަމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 24 ޖުލައި 2024 | ބުދަ 18:16
ޔޫކްރޭން ގެ ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ

ޔޫކްރޭން ގެ ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ

ރަނގަޅު ނިޔަތުގައި މަޝްވަރާ ކުރަން ރަޝިއާ އިން ބޭނުންވާ ނަމަ ޔޫކްރެއިނުން ރަޝިއާ އާ އެކު ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ޓޮޕް ޑިޕްލޮމަޓް މިހެން ވިދާޅުވީ، ބުދަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ވޯންގ ޔީ އާ އެކު ގުއާންޒޯ ގައި ބޭއްވި މަޝްވަރާ ތަކަށް ފަހުގައެވެ.

ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ އަކީ 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ޒިޔާރަތް ކުރެއްވި ޔޫކްރެއިންގެ އެންމެ އިސް އޮފިޝަލް އެވެ.

މި ދަތުރުފުޅުގައި ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޗައިނާގެ ޚާރިޖީ ވަޒީރު އާ އެކު ތިން ގަޑީ އިރުގެ މަޝްވަރާ ކުރިއަށް ގެންދެވި ކަމަށް ޔޫކްރެއިންގެ ވަފްދުގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޔޫކްރެއިންގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ރަޝިއާ އާ އެކު ވާހަކަ ދައްކަން ޔޫކްރެއިން އިން ތައްޔާރަށް އޮތް ކަމަށް ބުނި ނަމަވެސް ރަޝިއާގެ ފުށުން އެކަމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

29 މަސް ދުވަސް ހޭދަވެފައިވާ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން ގެ އިރުމަތީ ސަރަހައްދުގައި ރަޝިއާ އިން މަޑުމަޑުން ކުރި ހޯދަމުން ދާއިރު، ޔޫކްރެއިން އަށް ހަނގުރާމައިގައި އެންމެ ބޮޑު އެހީތެރި ކަމެއް ވެދޭ އެމެރިކާގެ ރައީސް ބައިޑްން ރިޔާސީ އިންތިޚާބުން ވަކިވެ ވަޑައިގެންފައި ވުމާއި، އަނެއްކޮޅުން ޑޮނަލްޑް ޓްރަމްޕް އަލުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންފި ނަމަ ޔޫކްރެއިނަށް އެމެރިކާ އިން ލިބެމުންދާ އެހީތެރިކަމަށް ނިމުމެއް އަންނާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ އަށް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ޔޫކްރެއިންނަށް ދެމުންދާ އަސްކަރީ އެހީ ހުއްޓާލައްވާނެ ކަމުގައެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އޮތް ޗައިނާ އިން މިހާތަނަށް ދުނިޔޭގެ ކުރިމަތީގައި ދައްކަމުން އައިސްފައިވަނީ ޗައިނާ އަކީ ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ރަޝިއާ އަށް މި ހަނގުރާމައިގައި މަދަދު ވެރިވެ ދޭ ކަމަށް ހުޅަނގުގެ ގައުމުތަކުން ޗައިނާ އަށް ތުހުމަތު ކުރަމުން ދާއިރު، އެކަމާ ޗައިނާ އިން އިންކާރު ކުރި ނަމަވެސް ރަޝިއާ އާއެކު އޮންނަނީ "ވަކި ހައްދެއް ނެތް" ގުޅުމެއް ކަމަށް ޗައިނާ އިން ވަނީ 2022 ގެ ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސް ކޮޅެއް ކުރިން ބުނެފައެވެ. އޭގެ އިތުރުން ހުސްވި މެއި މަހު ޗައިނާ އަށް ވަނީ ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާއޯ ނިންގ ނޫސް ކޮންފަރެންސް އެއްގައި ރަޝިއާ އިންނާ ޔޫކްރެއިނުންވެސް މަޝްވަރާ ކުރުމުގެ ސިގްނަލް އެކި މިންވަރަށް ޗައިނާ އަށް ދީފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް އަދި އެކަމަށް ހާލަތު މުޅިން ފައްކާވެފައިވާ ކަމަށް ނުދެކޭ ކަމަށާއި، ޗައިނާ އިން މަސައްކަތް ކުރާނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ ވާހަކަ ތައް ބޭއްވޭނެ ގޮތަކަށް މަގު ފަހި ކުރުމަށް ކަމަށްވެސް ތަރުޖަމާނު ބުނެފައިވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ސުލްހައިގެ ވާހަކަތައްޔުކްރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު