Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގުތީ ދެ މާރުކޭޓު އެޅުން

ރޯދައަށް ޚާއްސަ ކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ 2 މާރުކޭޓު އަޅަނީ

މާރުކޭޓު ހިންގަންވާނީ ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 2 މާރިޗު 2022 | ބުދަ 19:14
ލޯކަލް މާރުކޭޓު

ލޯކަލް މާރުކޭޓު

ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ ދެ މާރުކޭޓު އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޖަލްސާގައެވެ.

މި ޖަލްސާގައި މާރުކޭޓުތައް އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާއި, ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ތޮއްޖެހިފައިވާތީ އެކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އެހެންކަމުން ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށް އިތުރު ދެ ވަގުތީ މާރުކޭޓާއެކު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ބެލެވޭކަމަށް ކައުންސިލުން ބުނެއެވެ.

ރަމަޟާން މަހާ ގުޅިގެން އަޅާ މި މާރުކޭޓު ހިންގަންވާނީ ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

ރަމަޟާން މަހާ ގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި، މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން, މާލެ ސިޓީ ކައުންސިލުން މާލޭ ދެ ސަރަހައްދެއްގައި އަޅާ މި މާރުކޭޓުތަކުން ގޮޅިދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިގޮޅިތައް ދޫކުރަން ހަމަޖެހިފައިވަނީ 2 މަސް ދުވަހުގެ މުއްދަތަށެވެ. ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ގޮޅިއަށް އެދޭ ފޯމް ތައިސޭކޮށީގައި ހުންނަ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިން ލިބެން ހުންނާނެއެވެ.

ގޮޅިއަށް އެދޭ ފޯމް ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ 10 މާރޗް 2022 ވަނަ ދުވަހުގެ 12:00ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭބަޔަށެވެ. މި މާރުކޭޓާގުޅޭ އިއުލާން ގެޒެޓު ކުރެވިފައިވާއިރު، އިއުލާނާއެކު ވަގުތީ މާރުކޭޓުތަކުން ގޮޅި ދޫކުރުމުގެ އުސޫލުވެސް ވަނީ ގެޒެޓްކޮށްފައެވެ.

މާރުކޭޓް

އިތުރަށް ކިޔާލަން

21 އޯގަސްޓު 2025

ރޯމަސްމާރުކޭޓުގައި އެއްބަސްވުމެއް ނެތި ބައެއް ފިހާރަތަކާއި ގުދަންތައް ދަނީ ހިންގަމުން، އެތަންތަން ހުއްޓުވާނަން: ކައުންސިލް

21 އޯގަސްޓު 2025
ރޯމަސްމާރުކޭޓުގައި އެއްބަސްވުމެއް ނެތި ބައެއް ފިހާރަތަކާއި ގުދަންތައް ދަނީ ހިންގަމުން، އެތަންތަން ހުއްޓުވާނަން: ކައުންސިލް
02 ނޮވެމްބަރު 2021

އެންމެފަހުން ރޯމަސް މާރުކޭޓުންވެސް ވައްކަން؟

02 ނޮވެމްބަރު 2021
އެންމެފަހުން ރޯމަސް މާރުކޭޓުންވެސް ވައްކަން؟
05 ޖޫން 2021

މާލޭ ރޯމަސް މާރުކޭޓުގައި މަސްވިއްކަން އެދޭ މީހުންނަށް ފުރުސަތު ހުޅުވާލައިފި

05 ޖޫން 2021
މާލޭ ރޯމަސް މާރުކޭޓުގައި މަސްވިއްކަން އެދޭ މީހުންނަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު