Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލެޑްމިއަރ ޕުޓިން

ލެޑްމިއަރ ޕުޓިން: ޖާސޫސީ އިދާރާއިން ރައީސްކަމުގެ ގޮނޑިއަށް

މިއަހަރަކީ ރަޝިއާގެ ވެރިކަން ޕުޓިން ކުރައްވަމުން ގެންދަވާތާ 23 ވަނަ އަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 މާރިޗު 2022 | ބުދަ 15:03
ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން

ނަވާރަ ސަތޭކަ ފަންސާސް ދެވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ލެޑްމިއަރ ޕުޓިންއަކީ ރަޝިއާގެ މިހާރުގެ ރައީސެވެ.

ޕުޓިންގެ ގައުމީ ޚިދުމަތް ފެށިގެން ދިޔައީ 1975 އަހަރުއެވެ. އެއީ އޭނާ ރަޝިއާގެ ސްޓޭޓް ސެކިއުރިޓީ ކޮމިޓީ (ކޭޖީބީ)އާ ގުޅުނު ހިސާބުންނެވެ.

ކޭޖީބީގެ ފޮރިން އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި ޕުޓިން ވަނީ 15 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. 1990 ވަނަ އަހަރު ކޭޖީބީން ރިޓަޔަރ ކުރެއްވި އިރު ޕުޓިން ހުންނެވީ ލިއުޓެނެންޓް ކާނަލްގެ މަގާމުގައެވެ.

ކޭޖީބީން ރިޓަޔަރ ކުރެއްވުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ ޕުޓިން ވަނީ އެނަޓޮލީ ސޮބްޗެކް; ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގްގެ ފުރަތަމަ ޑިމޮކްރަޓިކް މޭޔަރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފައްޓަވާފައެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ, ޕުޓިންއަކީ ކޮންމެ ކަމެއްވެސް ކާމިޔާބުކަމާއެކު ހާސިލްކުރެއްވޭނެ ބޭފުޅެއްގެ ގޮތުގައި މަގުބޫލު ވެގެންދިޔައެވެ.

ދެން ފެނިގެން ދިޔައީ 1994 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސިޔާސީ މަގާމަކަށް ޕުޓިން ހޮވިވަޑައިގަތް މަންޒަރެވެ. އެއީ ސެއިންޓް ޕީޓަރސްބަރގްގެ ޑެޕިއުޓީ މޭޔަރެއްގެ މަގާމެވެ.

އޭގެ ދެ އަހަރު ފަހުން، 1996 ވަނަ އަހަރު ޕުޓިން މޮސްކޯއަށް ބަދަލުވެވަޑައިވެން ރައީސް އޮފީހުގައި ކްރެމްލިންގެ ޑެޕިއުޓީ އެޑްމިނިސްޓޭޓަރެއްގެ މަގާމު ފުރުއްވަން ފެއްޓެވިއެވެ. ދެ އަހަރުގެ ތެރޭގައި އޭރުގެ ރައީސް ބޮރިސް ޔެލްސިންގެ ތާއީދު ހޯއްދަވައި, 1998 ވަނަ އަހަރު ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސަރވިސްގެ ޑިރެކްޓަރުގެ މަގާމު ހޯއްދެވިއެވެ.

އޭގެމާ ގިނަ ދުވަސްތަކެއް ނުވެ ރަޝިއާގައި ނުފޫޒު ގަދަ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓެރީގެ މަގާމު ޕުޓިންއަށް ލިބިވަޑައިގަތެވެ.

1999 ވަނަ އަހަރު ރަޝިއާގެ އޭރުގެ ރައީސް ބޮރިސް ޔެލްސިން، އޭނާގެ ވެރިކަން ވާރުތަވާނެ ބޭފުޅަކަށް ޕުޓިން ހަމަޖެއްސެވިއެވެ. އޭރު ރައްޔިތުންގެ މެދުގައި އާންމު މޫނަކަށް ނުވިނަމަވެސް، މާގިނަ ދުވަސްތަކެއް ނުވަނީސް ރައްޔިތުންގެ ލޯބި ޕުޓިންއަށް ލިބިވަޑައިގަތެވެ.

ޔެލްސިންގެ ވެރިކަންދެކެ ފޫހިވެފަތިބި އެތައް ރައްޔިތުންނެއް ޕުޓިންގެ ތޫނުފިލިކަމާއި އަވަސް ވިސްނުން ވަރަށް ބޮޑަށް ކަމުދިޔައެވެ. ރަޝިއާގެ ވެރިކަމާ ދެކޮޅަށް ޗެޗްނިޔާގައި އޭރު ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިންނާ ދެކޮޅަށް ޕުޓިން ހިންގެވި ކާމިޔާބު އަސްކަރީ އޮޕަރޭޝަނަށްފަހު ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރުވެގެންދިޔައެވެ.

އެހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ބޮރިސް ޔެލްސިން ވަރަށް ކުއްލިގޮތަކަށް ވެރިކަމުން އިސްތިއުފާދެއްވިއެވެ. އަދި އެމަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޕުޓިންއާ ހަވާލުކުރެއްވިއެވެ. މިއާއެކު ޕުޓިންގެ ވެރިކަން ފެށުނެވެ.

ރަޝިއާގެ ނަން އަލުން އަނބުރާ ރީތި ކުރައްވާނެކަމަށް ވިދާޅުވެ ކުރެއްވި ވައުދުތަކާއެކު 2000 ވަނަ އަހަރުގެ އިންތިހާބު 53 އިންސައްތައިގެ ވޯޓާއެކު ފަސޭހަކަމާއެކު ޕުޓިން ކާމިޔާބުކުރެއްވިއެވެ.

ރަސްމީކޮށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޕުޓިން ވަނީ ކޮރަޕްޝަން ނައްތާލައި ހަރުދަނާ މާކެޓް އިކޮނޮމީއެއް ރަޝިއާގައި ގާއިމުކުރުމުގެ މަސައްކަތްތައް ފައްޓަވާފައެވެ. އަދި ބައިބައިވެފައިވާ ރަޝިއާގެ 89 ރީޖަން ސަރުކާރާ އެއްބައިކުރައްވައި ހަތް ފެޑެރަލް ޑިސްޓްރިކްޓް ގާއިމުކުރެއްވިއެވެ.

ގައުމުގައި ހިނގަމުންދިތަ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެވުމަށް ޚާއްސަ މިލިޓަރީ ކެމްޕެއިނެއް ކުރިއަށް ގެންދަވައި, އެތައް ވިޔަފާރިވެރިންނަކާއި މީޑިއާތަކެއްގެ މައްޗަށް ފިޔަވަޅުތައް އެޅުއްވިއެވެ. އެތައް ބަޔަކު ހައްޔަރުކުރެއްވިއިރު، ކުރިމަތިލުންތަކުގައި ގިނަބައެއްގެ ފުރާނަވެސް ގެއްލިގެންދިޔައެވެ. މި މިލިޓަރީ އޮޕަރޭޝަނަށް ނިމުމެއް ގެންނެވީ 2002 ވަނަ އަހަރުއެވެ.

1990ގެ އަހަރުތަކުގައި ރަޝިއާ އޮތް އިގުތިސާދީ ވަޅުގަނޑުން ގައުމު ނަންގަވައިދެއްވި ހިސާބުން ފެށިގެން ރައްޔިތުންގެ ތާއީދު ޕުޓިންއަށް ވަނީ ޔަގީންވެވަޑައިގެންފައެވެ. އެއްވެސް އުނދަގުލަކާ ނުލައި 2004 ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރެއް ފުރިހަމަކުރެއްވުމުގެ ފުރުސަތު ޕުޓިންއަށް ލިބިވަޑައިގެންނެވިއެވެ.

2007 ވަނަ އަހަރު ކުރިއަށްދިޔަ މަޖިލިސް އިންތިޚާބުގައި ޕުޓިންގެ ޕާޓީ، ޔުނައިޓެޑް ރަޝިއާ ބޮޑު ކާމިޔާބީއެއް ހޯދިއެވެ. ނަމަވެސް 2008 ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރު ނިމުމުން، ރަޝިއާގެ ގާނޫނުގެ ސަބަބުން ރިޔާސީ ތިންވަނަ ދައުރެއް ފުރިހަމަކުރުމުގެ ފުރުސަތު ޕުޓިންއަށް ލިބިވަޑައެއް ނުގެންނެވިއެވެ.

ޕުޓިންގެ މަގާމު ހަވާލުކުރެއްވީ ޑިމިޓްރީ މެޑްވިޑެވް އާއެވެ. އެހަރުގެ މާޗު މަހު އޮތް އިންތިޚާބުން މެޑްވިޑެވްއަށް ތަފާތުބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވުމަށްފަހު ޔުނައިޓެޑް ރަޝިއާ ޕާޓީގެ ޗެއަރމަންކަމާ ޕުޓިން ހަވާލުވެވަޑައިގެންނެވެ.

އެއަހަރުގެ މެއި މަހު ރަސްމީކޮށް ރައީސްކަމާ ހަވާލުވެވަޑައިގެންތާ ގަޑިއިރުތަކެއްގެ ތެރޭގައި މެޑްވިޑެވް ވަނީ ރަޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޕުޓިން އައްޔަން ކުރެއްވުމަށް ނަން ހުށަހަޅުއްވާފައެވެ. މެޑްވިޑެވްގެ ރައީސްކަމުގެ ދުވަސްވަރުވެސް ރަޝިއާގެ އެންމެ ބާރުގަދަ ވެރިއެއްގެ ގޮތުގައި ފެނިވަޑައިގަތީ ޕުޓިންއެވެ.

2012 ވަނަ އަހަރުގެ އިންތިޚާބާ ގާތްވުމާއެކު ޕުޓިންއާ މެޑްވިޑެވް، ކުރިއަށް އޮތް ދައުރަށް ދެބޭފުޅުންގެ މަގާމު ބަދަލުކުރައްވަން ނިންމަވައި އެކަން އިއުލާނުކުރެއްވިއެވެ. އެއާއެކު ޕުޓިން އަލުން ގައުމުގެ ރައީސްކަމަށް ވަޑައިގަތުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލިއެވެ.

ނަމަވަސް އެއަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕުޓިން ޕާޓީގެ ޗެއާޕަރސަންގެ މަގާމު މެޑްވިޑެވްއާ ހަވާލުކުރެއްވިއެވެ. އަދި އިންތިޚާބު ކާމިޔާބުކުރައްވައި ތިން ވަނަ ފަހަރަށް ރަޝިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވެވިކަމަކީ ބޮޑުވަޒީރު ކަމުގެ މަގާމަށް މެޑްވިޑެވްގެ ނަން ފޮނުންވުމެވެ. އަދި ޕުޓިންގެ ސަރުކާރާ ދެކޮޅު މީހުންނާމެދު ފިޔަވަޅުއަޅައި އިދިކޮޅު ލީޑަރުންތައް ހައްޔަރުކުރެއްވިއެވެ.

ރައީސްކަމުގެ ތިން ވަނަ ދައުރު ވެގެންގޮސްފައި ވަނީ ގިނަ ކަންތައްތަކަކާ ޕުޓިން ކުރިމަތިލައްވަން ޖެހިވަޑައިގެން ދައުރަކަށެވެ. މިދައުރުގެ ތެރޭގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ ރަޝިއާއާ ދެމެދު އޮތް ގުޅުން ގޯހުން ގޯހަށް ދާން ފެށިއެވެ.

2018 ވަނަ އަހަރު، ވެރިކަމުގެ ހަތަރުވަނަ ދައުރު ޕުޓިން ކާމިޔާބުކުރެއްވީ ވަރަށް ފަސޭހަކަމާއެކުއެވެ. ޕުޓިންއާ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނެއްހެން ތިއްބެވީ ޖަލު ބަންދުގައެވެ. އަދި ބަންދުގައި ނެތް ބޭފުޅެއްނަމަ މީޑިއާތައް މެދުވެރިކޮށް ގިނަ އިލްޒާމްތަކާއެކު ރައްޔިތުންގެ ނުރުހުން އެބަޔަކަށް އަމާޒުކޮށްލިއެވެ.

2022 ވަނަ އަހަރު މިއީ ރަޝިއާގެ ވެރިކަން ޕުޓިން ކުރައްވާތާ 23 ވަނަ އަހަރެވެ.

ވްލަޑިމިއަރ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު