Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ޑްރަގް ބޮޑުން ސަލާމަތްވެ، ޑްރަގް ބޭނުންކުރާ ކުދިން ގިނަވާ މައްސަލައިގެ އިންކުއަރީއެއް

2 މާރިޗު 2022 | ބުދަ 06:18

މިއީ މަޖިލީހުގެ ރިޔާސަތުން ހުށައަޅާފައިވާ ހުށައެޅުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2022 | ބުދަ 06:18
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައި ހުރި މައްސަލަތައް ބަލައިދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއިން ދިރާސާކުރުން

މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައި ހުރި މައްސަލަތައް ބަލައިދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއިން ދިރާސާކުރުން

ޑްރަގް އެތެރެކުރާ މީހުން ސަލާމަތްވެ، އެ ބޭނުންކުރާ ކުދިންނަށް އެ ވަބާއިން އަރައިނުގަނެވޭ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ޚާއްސަ އިންކުއަރީއެއް ހެދުމަށް ނިންމައި، އެ މަސައްކަތް ފަށައިފިއެވެ.

ބުދަ ދުވަހު އިޖުތިމާއީ ކޮމިޓީން ދިރާސާ ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައި ހުރި މައްސަލަތައް ބަލައިދިނުމަށް އެދި މަޖިލީހުގެ ރިޔާސަތުން ހުށައަޅާފައިވާ ހުށައެޅުމަށެވެ.

Advertisement - newsAdvertisement

ކޮމިޓީގެ ނާއިބް މުޤައްރިރު ހުސައިން ފިރުޝާން ވިދާޅުވީ، މި ހުށައެޅުމާއި ގުޅިގެން ތަފްސީލީ އިންކުއަރީއެއް ހިންގުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އެއަށްފަހު އިންކުއަރީގެ ހޯދުންތައް ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށައެޅުމަށް ކޮމިޓީން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމިޓީގެ މެމްބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަކީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ނަމަވެސް، އެތަކެތި އެތެރެކުރާ މީހުން ކޯޓުތަކުން ދޫވާ މައްސަލައަކީވެސް ބޮޑު މައްސަލައެއްކަން ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުވެސް ވަނީ ބޮޑެތި އަދަދުތަކުން ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުން ސަލާމަތްވެގެންދާއިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި ކުދި މައްސަލަތަކުގައި ހައްޔަރު ކުރެވޭ ކުދިން މުޖުތަމައަށް ނެރެވޭނެ ގޮތެއް ނެތި، އެކަމުން އަރައިނުގަނެވޭ ފަހަރުތައް ގިނަކަމަށް ވިދާޅުވެފައެވެ.

މެމްބަރު ވަނީ ޑްރަގް ވަބާއަށް ދާ ކުޑަކުދިންވެސް މުޖުތަމައަށް ނެރެވޭނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތްކަން ފާހަގަކުރައްވައިި، އިންކުއަރީ ނިމިގެންދާއިރު އެކަމަށް މުހިއްމު ޙައްލުތަކެއް އަންނާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މެމްބަރުން ވަނީ ޑްރަގް ފަރުވާގެ ނިޒާމުވެސް މިހާރަށްވުރެ ހަރުދަނާ ވާންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ކޮމިޓީގައި ކޮންސަލްޓެންޓެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި އިބްރާހިމް ރިޔާޒް ވަނީ މި މައްސަލަ އާއި ގުޅިގެން ފާހަގަވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފައެވެ. ރިޔާޒް ވިދާޅުވީ، ސިއްޙީ ނިޒާމު ލާމަރުކަޒުވެފައި ނުވުމަކީވެސް މަސްތުވާތަކެތީގެ ފަރުވާ އާއި ގުޅުންހުރި ކަންކަން ފެންމަތިވާ ސަބަބެއް ކަމަށެވެ. އެގޮތުން ރަށްރަށުގައިވެސް ރިހެބިލިޓޭޝަނާއި ކައުންސެލިންގ ލިބެން ހުންނަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ، 2011 ގެ ފަހުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މަސްތުވާތަކެއްޗާއި ބެހޭ އެއްވެސް ތަފާސްހިސާބެއް އެއްކޮށްފައިވާ ނުވާ ކަމަށެވެ. ވީއިރު، ޑްރަގްގެ ޙާލަތު މިހާ ހިސާބަށް އައިއިރު ދައުލަތަށް އެކަން އެނގިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ވުމާއެކު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ލަފަޔާއެކު ހެލްތް މިނިސްޓްރީން އެކަމާއި ގުޅޭ ދިރާސާއެއް އެމްއެންޔޫގެ ދަރިވަރުންގެ އެހީގައި ކުރިއަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، އެ ދިރާސާއިން ރާއްޖޭގެ ޙާލަތާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރެކޯޑުތަކަށް ބަލާއިރު، އުމުރުން 8 އަހަރުނުވާ ކުޑަކުދިންނާއި، 67 އަހަރުވީ މީހުންވެސް މި ވަބާގައި ޖެހިފައިވާކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓުގައި, ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން ވަނީ, ކުޑަކުދިން ކުށަށް އަރައިގަންނަމުންދާ މިންވަރާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ބައެއް މިސާލުތައްވެސް ކިޔައިދީފައެވެ.

ފުލުހުން ބުނާ ގޮތުގައި މާލެ ސަރަހައްދުން ކުޑަކުދިންނާއި ގުޅޭ ޑްރަގްގެ މައްސަލަތައް 10،000 އަށްވުރެ ގިނައެވެ. އޭގެ ތެރޭގައި ޑްރަގް ބޭނުން ކުރުމާއި، ވިއްކުމާއި، ވިޔަފާރި ކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ. ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި, ގަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެއެވެ. ޑްރަގް ވިއްކާ ވިޔަފާރީގައި 10 އަހަރުގެ ކުޑަކުދިންވެސް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތިރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް