Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު ކިޓް ހަދިޔާކުރުން

އުރީދޫއިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަނީ

އެކި ހިސާބުތަކުގައިވާ 167 ހެލްތު ސެންޓަރާއި ހެލްތު ޕޯސްޓް ތަަކަށް މި ކިޓްތައް ހަދިޔާކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2022 | އަންގާރަ 13:38
އުރީދޫއިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

އުރީދޫއިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ދުޅަހެޔޮ ސިއްހަތެއް ރާާއްޖޭގައި ދެމެހެއްޓުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް, މުހިންމު ހެލްތު ކިޓްތަކެއް ހަދިޔާކުރުމަށް އެކުންްްފުނިން ނިންމައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތު ސެންޓަރާއި ހެލްތު ޕޯސްޓްތަަކަށް މި ކިޓްތައް ހަދިޔާކުރާކަަަން ހާމަކޮށްފަައި ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ޚާލިދު އަލް-ހަމާދީއާއި ކުންފުނީގެ އިސް އޮފިޝަަަލުން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމެއްގައެވެ.

Advertisement - newsAdvertisement

މި ބަައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫއާއި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާ ބެހޭގޮތުން ވެސްްްް ވަނީ މަޝްވަރާކޮށްްްފަައެވެ. ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތަރމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭހެން ތައްޔާރުކުރެވިފައިވާ މި ކިޓްތައް މިއަހަރު ކުރީކޮޅުގައި ހެލްތު ސެންޓަަރުތަކަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑި ("ގްލޯބަލް ގޯލްސް") ކަމަށް ވާ "ގުޑް ހެލްތު އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރުމަަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް ވެސް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބޭއްވޭ އުރީދޫ ކަލަރރަންއަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވާ އެންމެ ބޮޑު އިވެންޓްް ކަމަށް އުރީދޫއިން ބުނެއެވެ.

2018 ވަނަ އަހަރު އުރީދޫއިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން, ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ޚިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫއިން ފޯރުކޮށްދީފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައެވެ.

މުޖުތަމައު ތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުރީދޫއަކީ ކާރިސާގެ ވަގުތުތަކުގައި، ޑިޖިޓަލް ޒަރީއާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކާ ގުޅުވާލަދޭ، މުހިންމު މައުލޫމާތުތައް ލިބިގަތުމަށް މަގުފަހިކޮށްދީ، ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭ ގާތް ބައިވެރިއެކެވެ. ޑެންގީ، ހިމަބިހި ފަދަ ބަލިމަޑުކަމުގެ ވަގުތުތަކުގައި އުރީދޫ މޯލްޑިވްސްގެ ޕްލެޓްފޯމް ތަކުގެ އެހީގައި, ބަލިން ރައްކާތެރިކަން ހޯދާނެ ގޮތުގެ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފައެވެ.

އުރީދޫހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު