އަންހެނަކަށް އަނިޔާކޮށްގެން ފިރިހެނަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2022 | ހޯމަ 22:47އަނިޔާކުރި ކަމަށް ބެލެވޭ ދިވެހި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

އާއިޝަތު ޝިއުރާ | 28 ފެބުރުއަރީ 2022 | ހޯމަ 22:47

ގެވެށި އަނިޔާގެ މައްސަލަތައް އަންނަނީ އިތުރުވަމުން
އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނީ ހެންވޭރު ގެޔެއްގައި އަންހެނަކަށް އަނިޔާކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ގޮސްފައިވާކަމަށެވެ. އަދި އަނިޔާކުރި ކަމަށް ބެލެވޭ ދިވެހި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމައްސަލަ ބަލަމުންދާކަމަށެވެ.




