Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޝިޕްމަންޓް ބަނދަރު

ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މިނިސްޓަރު ފައްޔާޒު

މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ޖޮންއިންޓް ވެންޗަރއެއް ތެރެއިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 މާރިޗު 2022 | އަންގާރަ 02:20
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިޤްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިޤްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަނީ

އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ޤަރާރަށް ހޯމަ ދުވަހު އިޤްތިސާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެންމެ ފުރަތަމަ މި މިސައްކަތް ޓެންޑަރ ކޮށްގެން ހަ ޕާޓީއަކުން ކުރިމަތިލިއިރު އެއީ އެކަން ކުރާ އަދި ފައިނޭންޝަލް ކެޕޭސިޓީ ހުރި ކުންފުނިތަކެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ވިޔަފާރީގެ ގޮތުން ބަލާއިރު މި ޕްރޮޖެކްޓަށް އިންވެސްޓް ކުރުމަކީ އެފަރާތަކަށް ފައިދާ ނެތްކަމަކަށް ވިޔަސް، މިއީ ޤައުމެއްގެ ހަސިއްޔަތުން ބަލާނަމަ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ފައްޔާޒު ވިދާޅުވީ އިންވެސްޓަރަށް ވެސް އިންވެސްޓް ކުރާ މިންވަރުގެ ފައިދާ ލިބުމަށް 15 ވަރަކަށް އަހަރު ނަގާނެ ކަމަށާއި އިންޓާނަލް ރިޓާން އަކީ 7 ޕަސަންޓް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ނެތް ކަމަށެވެ.

އެހެންކަމުން މިހާރު ސަރުކާރުން ވިސްނާފައިވަނީ ދިގު މުއްދަތަކަށް މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސް މަޑުމަޑުން ތަރައްޤީކޮށްގެން ވިޔަސް މި މަސައްކަތް ފެށުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ޓްރާންސްޝިޕްމަންޓް ޕޯޓަކީ ފޭސްތަކަކަށް ބެހިގެންދާ ޕްރޮޖެކްޓެއް ކަމަށާއި އެ ތަނަށް ގެންނަން އުޅޭ ޑިވަލޮޕްމަންޓަކީ ލޯކަލް ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަކި ކޮމްޕޮނަންޓްތައް ހުންނާނެ ކަމަށް ވެސް ފާހަގަކުރެވިއެވެ.

އެގޮތުން މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ޖޮންއިންޓް ވެންޗަރއެއްގެ ތެރެއިން ޑިވަލޮޕަރެއްގެ ހަސިއްޔަތުން ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީ އާއި އެސްޓީއޯ ފަދަ ކުންފުނިތައް މި ޖޮންއިންޓް ވެންޗަރގައި ބައިވެރިވާނެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހިސާބުތައް ހަދަމުންދާ ކަމަށާއި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިފަދަ ބަނދަރެއް ހެދުން މާބޮޑަށްވެސް ލަސްވެގެން ހިނގައްޖެ ކަމަށާއި އެހެން ޤައުމުތަކުގައި އެކަން ފަށައިގެން ކުރިއަށްދާތީ ދަތިތައް އެބަހުރި ކަމަށެވެ. ޝިޕިންގ ލައިނާއެކު ޕާޓްނަރޝިޕް ހެދުމުން ފައިދާވާނެ ކަމަށާއި އެގޮތަށް ކުރިއަށް ގެންދަވަން ވިސްނަވާކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ސެކިއުޓީ ކްލިއަރެންސް އަދި ބަންކަރިންގެ ޚިދުމަތް ދިނުމަށް ޤަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެންޑީއެފާއި ވާހަކަ ދައްކަމުންދާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ވީއެލްސީސީގެ ބަންކަރިންގ ސަރވިސް ދޭން އެސްޓީއޯ އިން މިއަހަރު ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.

މެމްބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ޤަރާރުގައި ކްރޫ ޗޭންޖަށް މިހާރުން މިހާރަށް ފުރުސަތު ދިނުމަށް އެބައޮތްކަމަށާއި އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން، ކްރޫ ޗޭންޖުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރާ ކަމަށާއި ޤަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިހާރު އޮތް ގޮތުން މީހުން ފޮނުވައިގެން މި ޚިދުމަތްދޭނަމަ ޚަރަދު ބޮޑުވެގެންދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ ސެކިއުރިޓީ ސަރވިސްގެ ޚިދުމަތް ދިނުމަށް ވެސް ޤަރާރުގައި އެބައޮތް ކަމަށާއި އާމަރީއެއް ބެލެހެއްޓޭނެ ގޮތްތަކެއް ހުރިތޯ ބަލަން ޑިފެންސް މިނިސްޓްރީއާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެކަން ކުރެވޭނެ މަގެއް ފަހިވެއްޖެނަމަ ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިޤްތިސާދީ ހަބުގެ މައިގަނޑު މަސައްކަތް ކުރިއަށްދާނީ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ތެރެއިން ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު