Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުއީ ދާއިރާ އިސްލާހުކުރުން

ޝަރުއީ ދާއިރާ ރަނގަޅު ވެގެން ނޫނީ އިގުތިސާދީގޮތުން އަޅުގަނޑުމެންނަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދެވޭކަށް ނެތް – ސަލީމް

އެއްބާރުލުން ލިބޭ ގޮތަށް، ކޯޓުތަކުން އެ ކޮމިޓްމަންޓް، ޝަރުއީ ދާއިރާ ރަނގަޅުކުރުމަށް އެބަ ދޭތޯ މެންބަރު ސުވާލު އުފެއްދެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ފެބުރުއަރީ 2022 | ހޯމަ 13:58
އަހުމަދު ސަލީމް - ހޯރަފުށީ ދާއިރާގެ މެންބަރު

އަހުމަދު ސަލީމް - ހޯރަފުށީ ދާއިރާގެ މެންބަރު

ދިވެހިރާއްޖެ މިހާރު ކުރިއަރަމުން މިދާ ސްޕީޑުގައި، ދިވެހިރާއްޖެ މިހާރު ހޯދަމުން މިދާ ކާމިޔާބީތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ޝަރުއީ ދާއިރާ ރަނގަޅުވެގެން ނޫނީ އިގުތިސާދީގޮތުން އަޅުގަނޑުމެންނަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދެވޭކަށް ނެތް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު ސަލީމް ވިދާޅުވީ, ހައިކޯޓުގެ ގޮފިތައް އުވާލުން އެއީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ގޮފިތައް އުވާލި ކަމުގައި ވީނަމަވެސް ކޮންމެ ރަށަކަށް ވެސް ހައި ކޯޓަށް ދިޔުމުގެ ފުރުސަތު އެބަ ލިބޭކަމަށާއި، ބޭނުން މައްސަލައެއް ބެލޭކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ, ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިސްލާހެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ އިސްލާހުތަކާއި އަދި ކޯޓުތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުން ފަދަ ކިތަންމެ ކަމެއްގައި ޝަރުއީ ނިޒާމު ރަނގަޅުކުރުމަށް އެއްބާރުލުން ދޭ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، މިދެންނެވި އެއްބާރުލުން ލިބޭ ގޮތަށް ކޯޓުތަކުން އެ ކޮމިޓްމަންޓް, ޝަރުއީ ދާއިރާ ރަނގަޅުކުރުމަށް އެބަ ދޭތޯ ސަލީމް ސުވާލު އުފެއްދެވިއެވެ.

މެންބަރު ސަލީމް ވިދާޅުވީ ރަނގަޅު، ހަރުދަނާ، އެފިޝަންޓް ޝަރުއީ ނިޒާމު ހުންނަ ތަންތަނުގެ އިގުތިސާދު މާ ބާރަށް ކުރިއަށްދާކަން ފެންނަން އެބައޮތް ކަމަށެވެ. މި ހަގީގަތްތައް މިހެން ފެންނަން އޮތްއިރު, ސަލީމް ދެކެވަޑައިގަންނަވަނީ ހަމައެކަނި ދޭދޭ ފަރުދުންގެ ލެވަލްގައި އޮތް ކަމެއް ކަމަށް މިކަން ދެކިގެން ނުވާނެކަމަށެވެ.

މިއީ ގައުމީ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައި އޮތް މައްސަލައެއް ކަމަށާއި، ތަޖުރިބާކާރުން ވިދާޅުވަނީ، ގައުމެއްގެ ޝަރުއީ ނިޒާމު ރަނގަޅުވުމަކީ، އެފިޝެންޓް އަދި ވަކިފަރާތަކަށް ނުޖެހޭ ޢަދުލުއިންސާފުގެ ނިޒާމެއް އެތާނގައި އޮތުން ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ އަދި ކޮލިޓީއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެއީ މައްސަލަތައް ހަމަ ޖެހޭތަނުން ނިންމާ ވާހަކައެއް ވެސް ނޫން ކަމަށެވެ.

ސަލީމް ވިދާޅުވީ ޝަރުއީ ނިޒާމަށް އިތުބާރު ބޮޑުވުމަކީ ގައުމުގެ ކުރިއެރުމަށް ހަމަ ކޮންމެހެން ވެސް މިހިނދުން މިހިނދަށް ބޭނުންވާ ކަމެއް ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ޝަރުއީ ނިޒާމުގެ ކަންކަން ރަނގަޅުކުރުމަށާއި، ހަލުވިކުރުމަށް، އެފިޝެންޓްކުރުމަށް މިހާރު ސްކޯރ ކާޑުތައް ތައާރަފުކޮށްފައިވާ ކަމަށެވެ. މިއީ ވިސްނާލުން މުހިންމު ކަމެއް ކަމަށާއި، ނިޒާމެއްގެ ތެރެއިން ނަމަވެސް، ކޮންމެ ކޯޓެއްގެ ޕަރފޯމަންސް، ސްކޯރ ކާޑެއް އާންމުންނަށް ފެންނާނެ ގޮތަށް މިހާރު ތައާރަފްވާން ޖެހޭ ކަމަށެވެ.

މައްސަލަތަކުގައި ކުރިއަށްދާ މިންވަރާއި، އެ ކަންކަން ނިމެމުންދާ ގޮތާއި، އަދި ނިންމޭނެ ކަމަށް ލަފާކުރެވޭ މުއްދަތުތައް, މައްސަލަ ހުށަހަޅާއިރު އެނގިފައި އޮތުމަކީ، ސަލީމް ދެކެވަޑައިގަންނަވާގޮތުގައި ޝަރުއީ ނިޒާމުގެ އިތުބާރު ވަރަށް ބޮޑަށް ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ގަބޫލުކުރަނީ، މި އިސްލާހުތަކުގެ ސަބަބުން ވެސް ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާވެގެން ދިޔުން ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު