Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށުގެ ތާރީޚު ހޯދުން

އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި، މައުލޫމާތު ރައްކާކުރުމަށް ކައުންސިލްތަކަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

28 ފެބުރުއަރީ 2022 | ހޯމަ 14:13

ދިވެހިންގެ ތާރީޚާއި ސަގާފަތުގެ މުހިންމުކަން އަދުގެ ޖީލުތަކަށް ހާމަކޮށްދިނުން މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2022 | ހޯމަ 14:13
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫން

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫން

ރާއްޖޭގެ ކޮންމެ ރަށަކީ މުއްސަނދި ތާރީޚެއް އޮތް ރަށެއް ކަމަށާއި، އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި މައުލޫމާތު ރައްކާކުރުމަށް ލޯކަލް ކައުންސިލްތަކަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

ދިވެހި ތާރީޚު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިނިސްޓަރު ޔުމްނާ ވިދާޅުވީ, ރާއްޖެއަކީ ވަރަށް ދިގު އަދި މުއްސަނދި ތާރީޚެއް އޮތް ގައުމެއް ކަމަށާއި، ކާބަފައިންގެ ކިބައިން ވާރުތަވެގެން އައިސްފައިވާ އާދަކާދަތަކާއި ހުނަރުވެރި މަސައްކަތްތެރިކަމުގެ ހެކިތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށެވެ. ދިވެހި ތާރީޚު ދުވަސް ފާހަގަކުރުމުގެ މުހިންމުކަމަކީ ދުވަސްވީ ލިޔުންތަކާއި، ތަންތަނާއި, އިސް ރަށްވެހިންގެ ވާހަކަތަކުން ތާރީޚީ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ދިރާސާކޮށް, ދިވެހީންގެ ޙަޟާރަތާއި ކާބަފައިންގެ މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށް އެކަމުން އިބުރަތް ހާސިލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ މުހިންމުކަން އަދުގެ ޖީލުތަކަށް ހާމަކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން ގޮސްފައިވާ ގޮތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ, ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާވެގެން ގޮސްފައިވަނީ ރަށްފުށުގެ ދިރިއުޅުމާ ދުރު، އެކަހެރި ތަޖުރިބާއެއްގެ ގޮތުގައި ކަމަށާއި، ގެސްޓް ހައުސް ޓުއަރިޒަމާއެކު އެކަން ބަދަލުވެ، ރަށްރަށަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށި ނަމަވެސް، ވަރަށް ފަހަކާޖެހެންދެންވެސް ދިވެހިންގެ ސަގާފަތާއި، ތާރީޚާއި، ތަރިކަ ވަނީ އެ ފަތުރުވެރިންގެ ތަޖުރިބާގެ ބައެއްގެ ގޮތުގައި ނުހިމެނި ކަމަށެވެ. އަލަށް ފެށުނު ހޯމްސްޓޭ ޓުއަރިޒަމާއި، ދާދި ފަހުން ސަވާދީއްތަ ދަތުރުގެ ނަމުގައި ބޭއްވި ޔޮޓު ރެލީ ފަދަ ހަރަކާތްތަކާއެކު މިކަން ބަދަލުވާންފަށާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީޚު އޮޅުންފިލުވައި، ރާއްޖޭގައި ހުރި އާސާރީ ތަންތަން ބަލައި، ދިވެހީންގެ ސަގާފަތް ތަޖުރިބާ ކުރުމަށް, ފަތުރުވެރިން ރާއްޖެ އަންނން ފެށުމަކީ މިއަދު ދެކޭ ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ހުވަފެނުގައި ކުލަޖެހި، ރައްޔިތުންނަށް އެއިން އިގުތިސާދީ އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އަދި ނަފާ ހޯދިފައިނެތް އެތައް ގޮތަކުން ފަތުރުވެރިކަމުގެ ނަފާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަން ކާމިޔާބުކަމާއެކު ހަގީގަތަކަށް ހެދުމަށް, ފަރުދީ ފެންވަރުގައާއި އަތޮޅާއި ރަށާއި އަދި ގައުމީ ފެންވަރުގައި ވެސް ކުރުން މުހިއްމު މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، އަދި ކޮންމެ ރަށަކީވެސް ޝައުގުވެރިކުރުވަނިވި މުއްސަނދި ތާރީޚެއް އޮތް ރަށެއްކަމަށެވެ.

އެހެންކަމުން އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި އެއްކޮށް, ފަސޭހައިން ބޭނުންކުރެވޭ ޒަމާނީ މަންސަތަކުގައި އެ މައުލޫމާތު ރައްކާކުރުމަށް ލޯކަލް ކައުންސިލްތަކަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. އެގޮތުން އަތޮޅާއި ރަށްރަށާގުޅޭ ކުރީގެ ލިޔެކިޔުންތައް އަރުޝީފު ކުރުމާއި، އިސް ރަށްވެހިންގެ ފުށުން ރަށުގެ ތާރީޚާއި، ޒަމާންވީ ފޯކުލޯރު އޮޅުންފިލުވައި ރައްކާކުރުމަކީ ކުރުން މުހިއްމުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްކުރެވޭ މައުލޫމާތަކީ ސަގާފީ ފަތުރުވެރިކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި

21 ފެބުރުއަރީ 2017
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް